"ހަނާ" އަންނަނީ ޖަނަވަރީ މަހު

ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް ކާމިޔާބު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރާ ޑްރާމާ ސިލްސިލާ "ހަނާ" އަންނަ މަހު ދައްކަން ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ހުސައިން މުނައްވަރު ބުނެފިއެވެ.

ސަން އާ ވާހަކަ ދައްކަމުން އޭނާ ބުނީ އުންމީދަކީ އެ ޑްރާމާ އަންނަ މަހު ދައްކަން ފެށޭވަރުވާނެ ކަމަށާއި އެ ޑްރާމާ އަކީ ޖުމްލަ 13 އެޕިސޯޑުގެ ޑްރާމާ އެއް ކަމަށެވެ.

ކިޑް ޕްރޮޑަޑްޝަނުން އުފައްދާ އެ ޑްރާމާ ގެނެސްދޭނީ ބައިސްކޯފުންނެވެ. ޝުޓިން މިހާރު ނިމުނުއިރު މިހާރު ކުރިއަށްދާ މަސައްކަތްތަކީ ބެކް މިއުޒިކްގެ މަސައްކަތެވެ.

‘ބެލުންތެރިން ބަލާހިތްވާ ކަހަލަ ޑްރާމާ އަކަށް ވުން އުންމީދަކީ އަދި ބައިސްކޯފުން ގެނެސްދޭ ޑްރާމާތަކުގެ ތެރެެއިން އެންމެ ވާދަވެރި ޑްރާމާ އަކަށް ހަނާ ވެގެންދާނެ ކަމަށް އުންމީދުކުރަނީ،’ ހުސައިން މުނައްވަރު ބުންޏެވެ.

"ހަނާ" ޑްރާމާގައި ދޮން އައްޔަގެ އިތުރުން ނޫރާ، ޝަމީލް، ނިޝާ އަދި ޖިމީ ވެސް ހަރަކާތްތެރިވާނެއެވެ.

ހަނާ ޑްރާމާގެ ސްކްރިޕްޓް ތައްޔާރުކުރީ އައިމިނަތު ރިނާޒާ (ރިނާ)އެވެ.

comment ކޮމެންޓް