އެމްއެންޑީއެފްއިން ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ޕޯޓްސް ސެކިއުރިޓީ ކޯހެއް ފަށައިފި

އެމްއެންޑީއެފްއިން ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ޕޯޓްސް ސެކިއުރިޓީ ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: އެމްއެންޑީއެފް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ކޯސްޓްގާޑުން ޕޯޓްސް ސެކިއުރިޓީ ކޯހެއް ފަށައިފި އެވެ.

މިއަދު ގިރިފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "ސެޓިފިކެޓް 1 އިން ޕޯޓް ސެކިއުރިޓީ ޓްރެއިނިންގް" ކޯސް ފެށުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

އެމްއެންޑީއެފްއިން ބުނީ އެއީ ސީ ޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދީ ޕްރައިވެޓް ސެކްޓާގައި ހަރުދަނާ ސެކިއުރިޓީ އޮފިސަރުން އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ. އެ ތަމްރީނު ޕްރޮގްރާމްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ 30 މުވައްޒަފަކު ވަނީ ބައިވެރިވެފަ އެވެ.

އެމްއެންޑީއެފްއިން ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ޕޯޓްސް ސެކިއުރިޓީ ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: އެމްއެންޑީއެފް

ތިން ހަފުތާގެ މުއްދަތައް ކުރިއަށްގެންދާ އެ ކޯހުގައި ބައިވެރިންނަށް އުނގަންނައިދޭ ބައިތަކުގެ ތެރޭގައި ފަޔާ ސޭފްޓީ އެންޑް އިމަޖެންސީ މެނޭޖްމަންޓް، ސެލްފް ޑިފެންސް ޓެކްނިކްސް، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑް، ސޭފްޓީ އިން ވޯކިންގް އެންވައިރަމަންޓް، ފަސްޓް އެއިޑް، ސެކިއުރިޓީ އިކުއިޕްމަންޓް، ފިޒިކަލް ޓްރެއިނިންގް އެންޑް ވޯޓަރމަންޝިޕް، ރޭޑިއޯ ކޮމިއުނިކޭޝަން، ސެކިއުރިޓީ ޓެކްނިކްސް އެންޑް ޕްރޮސީޖަރސް އަދި ކޯޕަރޭޓް އެންވަޔަރމަންޓް ހިމެނެ އެވެ.

comment ކޮމެންޓް