އައިސީޔޫގައި ފަރުވާ ދިނުމަށްފަހު ލަވަކިޔުންތެރިޔާ ލަތާ ގެއަށް!

ބޮލީވުޑްގެ ރަން އަޑު ލަތާ މަންގޭޝްކަރު--

މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އިއްޔެ އައިސީޔޫގައި ފަރުވާދިނުމަށްފަހު ގެއަށް ފޮނުވާލައިފިކަމަށް ހަބަރުތައް ބުނެފި އެވެ.

ލަތާއަށް ފަރުވާ ދިނުމަށްފަހު އޭނާ ގެއަށް ފޮނުވާލީ ރޭގެ ވަގުތެއްގަ އެވެ.

މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އާޝާ ބޯސްލޭ އާއި އޫޝާ ބޯސްލޭގެ ދައްތަ ލަތާ އަށް މިއަހަރު ވަނީ 90 އަހަރުފުރިފައެވެ. އިންޑިއާގެ މުމްބާއީގައި ހުންނަ ބްރީޗް ކެންޑީ ހޮސްޕިޓަލަށް ލަތާ ގެންދިޔައީ ނޭވާލުމަށް އުނދަގޫތަކެއްވާތީ ކަމަށް ހަބަރުތައް ބުނެ އެވެ.

އިންޑިއާގެ ރައްޔިތުންނަށްދޭ އެންމެ ޝަރަފްވެރި އިނާމް ބާރަތު ރަތުނާގެ އެވޯޑް 2001 ވަނަ އަހަރު ލަތާއަށް ވަނީ ލިބިފަ އެވެ. އަދި އޭނާއަށް ވަނީ "ޑޯޓާ އޮފް ދަ ނޭޝަން" ގެ ލަގަބު އަރުވާފަ އެވެ.

ބޮލީވުޑްގެ ރަން އަޑުގެ ނަމުން ލަތާ މަޝްހޫރުވެފައިވާއިރު އޭނާ ވަނީ 1000 އަށްވުރެ ގިނަ ފިލްމުތަކަށް ލަވަކިޔައިދީފަ އެވެ.

comment ކޮމެންޓް