ސްކޫބީ ޑޫ އާއި ޝެގީ ދިމާވި ގޮތް މިއޮތީ!

ސްކޫބީ ޑޫގެ އާ ފިލްމުގެ ޓްރެއިލަރުން މަންޒަރެއް ---

އެތައް ޒަމާނެއްވަންދެއް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކާޓޫން ކަމަށްވާ "ސްކޫބީ ޑޫ"ގެ އާ ފިލްމެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ. ސްކޫބީ ޑޫ އާއި ޝެގީގެ އެކުވެރިކަމަކީ އެންމެންވެސް އެއަށް ލޯބިކުރާ ކަމެކެވެ. ނަމަވެސް މިހާތަނަށް ދަން ދެންވެސް ސްކޫބީ އާއި ޝެގީ ދިމާވި ގޮތް އެނގިފައެއް ނުވެއެވެ. އަލަށް ނެރުމަށް ތައްޔާރުވާ ފިލްމުން އެ ސުވާލަށް ޖަވާބު ލިބިގެންދާނެއެވެ.

ވޯނާ ބްރޮސް (ޑަބްލިއުބީ) އިން ވަނީ ސްކޫބީ ޑޫ އާއި އެކުވެރިންގެ އާ އެނިމޭޓެޑް ފިލްމެއް ކަމަށްވާ "ސްކޫބް!"ގެ ޓީޒަރެއް އާންމުކޮށްފައެވެ.

އަލަށް އާންމުކޮށްފައިވާ ޓީޒަރުން ފެނިގެންދާގޮތުގައި ސްކޫބީ އާއި ޝެގީ ފުރަތަމަ ފަހަރަށް ދިމާވަނީ އަތިރިމަތީންނެވެ. އަދި ޝެގީ ކާން ގެންގުޅުނު ސޭންޑްވިޗުން ބައެއް ސްކޫބީއަށް ދިނުމުން ވަގުތުން އެކުވެރީންނަށް ވަނީއެވެ.

ސްކޫބީ ބަލާނެ ވެރިއަކު ނެތުމުން ޝޭގީ ގެއަށް ދަނީ ސްކޫބީ ގޮވައިގެންނެވެ.

އެ ޓީޒަރުން ސްކޫބީ ޑޫއާއި "މިސްޓްރީ ގޭންގު" އެއްކޮށް ފެނިގެންދެއެވެ. އެގޮތުން ފްރެޑް އާއި ޑެފްނީ އަދި ވެލްމާވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ސްކޫބީ އާއި ޝެގީގެ ރޯލަށް އަޑު އަޅާފައިވަނީ އެ ރޯލަށް އެންމެ ފުރަތަމަވެސް އަޑު އަޅާފައިވާ ފްރޭންކް ވެލްކާ އާއި ވިލް ފޯޓެވެ. ފްރެޑްގެ ރޯލަށް ޒެކް އެފްރޯން އަޑު އަޅާފައިވާއިރު ޑެފްނީގެ ރޯލަށް އަޑު އަޅާފައިވަނީ އެމެންޑާ ސޭފީލްޑް އެވެ. އަދި ވެލްމާގެ ރޯލަށް އަޑު އަޅާފައިވަނީ ޖީނާ ރޮޑްރީގޭޒް އެވެ.

އެ ފިލްމު ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 15ގައެވެ.

comment ކޮމެންޓް