އެއާޕޮޑްސް ޕްރޯ ދައްކާލައިފި، މިހުރީ މީމްތައް!

އެޕަލް ކުންފުނީގެ ވަޔަލެސް ހެޑްސެޓް ކަމަށްވާ "އެއާޕޮޑް" ސީރީޒްގެ ޕްރޯ މޮޑެލް އެއާޕޮޑްތައް ރޭގައި ދައްކާލައިފި އެވެ.

"އެއާޕޮޑް ޕްރޯ" ކިޔާ މި އުފެއްދުމަކީ ނޮއިސް ކެންސެލިން އަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެއާޕޮޑް އެކެވެ.

އެޕަލް އިން ބުނެފައި ވަނީ އަލަށް ނެރޭ އެއާޕޮޑްސް ޕްރޯ އަކީ އެއް ޗާޖުން ފަސް ގަޑިއިރު ބޭނުންކުރެވޭނެ އެއްޗެއް ކަަމަށެވެ. އަދި އެ ގަންނަން ލިބޭނީ 249 ޑޮލަރަށް ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ.

އެއާޕޮޑްސް ޕްރޯ މާދަމާއިން ފެށިގެން ގަންނަން ލިބޭނެ ކަމަށް އެޕަލް އިން ބުނެ އެވެ. ޕްލާސްޓިކްގެ ބަދަލުގައި އެއާޕޮޑް ޕްރޯ ތައްޔާރުކޮށްފައި ހުންނާނީ ދަގަނޑު މެޓީރިއަލްއިންނެވެ. އަދި ކަންފަތަށް ލައްވާ ބައިގައި މިފަހަރު ސިލިކޯން ކޮޅެއްވެސް އާ އައިޕޮޑްސްގައި ހުންނާނެއެވެ.

އެޕަލް އިން އެ ޕްރޮޑަކްޓް ހަމަ ދައްކާލުމާ އެކު މުޅި އިންޓަނެޓު އެއްވެފައި ވަނީ އެއާޕޮޑްސް ޕްރޯއަށް ހަޖޫ ޖަހައި މީމްތައް ހަދާށެވެ.

އެކި މީހުން ވަނީ އެއާޕޮޑްސްގެ ޑިޒައިން އެކި ކަހަލަ އެއްޗެއްސާ އަޅާ ކިޔައިފަ އެވެ. އެހެންނަމަވެސް އެންމެ ގިނަ ބަޔަކު ބުނާ ގޮތުގައި އާ އެއާޕޮޑްސް އެންމެ ވައްތަރީ "ޕޮކިމޯން"ގެ ކެރެކްޓަރެއް ކަމަށްވާ "ބެލްސްޕްރައުޓް" އާ އެވެ.

comment ކޮމެންޓް