މެލެފިސެންޓް އަށްވެސް ޖޯކަރު ވައްޓައެއް ނުލެވުނު!

ޖޯކަރ (ކ) އާއި މެލެފިސެންޓް 2 (ވ)ގެ ޕޯސްޓަރެއް

ޑީސީ ކޮމިކްސްގެ މަޝްހޫރު ކެރެކްޓާ ކަމަށްވާ "ޖޯކަރ" ފިލްމު ކުޑަ ވަގުތުކޮޅަކަށް ދެވަނައަށް ވެއްޓުމަށްފަހު އަނެއްކާވެސް ބޮކްސް އޮފީހުގެ އެއްވަނައަށް އަރައިފި އެވެ.

ޑީސީގެ ޖޯކަރު ސިނަމާތަކަށް ނެރެފައިވަނީ މިމަހުގެ ކުރީކޮޅުގަ އެވެ. އެއާއެކު ޖޯކަރު ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި ރަސްކަން ކުރަން ފަށާފަ އެވެ. އެ ފިލްމު ދެވަނައަށް ވެއްޓުނީ އެންޖެލީނާ ޖޯލީ ލީޑް ރޯލުން ފެނިގެންދާ ޑިޒްނީގެ "މެލެފިސެންޓް 2" ރިލީޒުކުރުމާއެކުގައެވެ.

މެލެފިސެންޓަށް ބޮކްސް އޮފީހުގެ އެއްވަނައިގައި ހިފަހައްޓާލެވުނީ އެންމެ ހަފްތާއެއްގައެވެ. ޑިޒްނީއިން އުއްމީދުކުރި ވަރުގެ ތަރުހީބެއް އެ ފިލްމަކަށް ނުލިބެއެވެ. ފިނި ތަރުހީބަކާއެކު މެލެފިސެންޓް ދައްކަމުން ދަނިކޮށް ޖޯކަރު އަރައި މެލެފިސެންޓް އަނެއްކާވެސް ވަނީ އެއްވަނައަށް އަރާފައެވެ.

މިދިޔަ ހަފްތާ ބަންދުގައި ލިބުނު އާމްދަނީއަށް ބަލާއިރު ޖޯކަރަށް ވަނީ 18.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މެލެފިސެންޓަށް މިދިޔަ ހަފްތާ ބަންދުގައި ލިބިފައިވަނީ 18.6 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިހާތަނަށް ޖޯކަރަށް ވަނީ 850 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މެލެފިސެންޓަށް މިހާތަނަށް ލިބިފައިވަނީ 290 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

ޖޯކަރަކީ މިއަހަރު ނެރުނު އެން،މެ ވަރުގަދަ އެއް ފިލްމު ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ވާކީން ފީނިކްސް ލީޑް ރޯލުން ފެނިގެންދާ ފިލްމަކީ މިއަހަރުގެ އެންމެ "ކޮންޓްރޮވާޝަލް" ފިލްމު ކަމަށްވެސް ގިނަ ފަރާތްތަކުން ބުނެ އެވެ.

comment ކޮމެންޓް