ޓްރާންސްފިއުޝަން ބޭހާ ގުޅޭ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

ޓްރާންސްފިއުޝަން މެޑިސިންއާ ގުޅޭ އެންމެ ފަހުގެ ތަމްރީނާއި މައުލޫމާތު ދިނުމަށް ބޭއްވި ސެޝަން -- ފޮޓޯ: އެސްޓީއޯ

ޓްރާންސްފިއުޝަން މެޑިސިންއާ ގުޅޭ އެންމެ ފަހުގެ ތަމްރީނާއި މައުލޫމާތު ދިނުމަށް ބޭއްވި ސެޝަން ނިންމާލައިފި އެވެ.

އެސްޓީއޯ އިން ސްޕޮންސާކޮށްގެން މިމަހުގެ 19 އިން 21 އަށް ކުރިއަށްގެންދިޔަ މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗްގެ އޯކިޑް ހޯލުގަ އާއި ހޮޓެލް ޖެންގެ ބޯލް ރޫމްގަ އެވެ.

ޓްރޭނިންގ އާއި ސީއެމްއީ ހިމެނޭގޮތަށް ކުރިއަށްގެންދިޔަ މި ސެޝަންތަކަކީ އައިޖީއެމްއެޗުގެ ލެބޯޓްރީ މެޑިސިން، ނޭޝަނަލް ހެލްތު ކެއާ އެކެޑެމީ އަދި އޭޝިއަން އެސޯސިއޭޝަން އޮފް ޓްރާންސްފިއުޝަން މެޑިސިންގެ އިތުރުން އެސްޓީއޯ ގުޅިގެން ކުރިއަށްގެންދިޔަ ސެޝަންތަކެކެވެ.

މި ސެޝަންތަކުގައި އައިޖީއެމްއެޗާއި، އެހޮސްޕިޓަލުގެ ދަށުން ހިންގް ސިއްހީ ހިދުމަތްދޭ އެހެން ހޮސްޕިޓަލުތަކުގެ އިތުރުން މޯލްޑިވިއަން ބްލަޑް ޑޯނާސް، ހުޅުމާލެ ހޮސްޕިޓަލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ފުވައްމުލަކު ހޮސްޕިޓަލް، އޭޑީކޭ އަދި ޓްރީޓޮޕްގެ ޑޮކްޓަރުންނާއި ލެބް ޓެކްނޮލަޖިސްޓުން އަދި ނަރުހުން ހިމެނޭގޮތަށް 150 އެއްހައި މީހުން ބައިވެރިވެ އެވެ.

މި ސެޝަންތަކުގައި ލެބޯޓްރީ ޓެކްނޮލަޖިސްޓުންނަށް ހާއްސަ ސެޝަންތަކަކާއި ޓްރާނސްފިއުޝަން ޕްރެކްޓިސްތަކުގެ އަޕްޑޭޓުތަކާއި ބެހޭގޮތުން ސެޝަންތައް ކުރިއަށްގެންދިޔައެވެ.

މީގެ އިތުރުން ޓްރާންސްފިއުޝަން އެންޑް ޕޭޝަންޓް ކެއާ ގައި ނަރުހުންނަށް ކޮންމެހެން އެނގެންޖެހޭނޭ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

comment ކޮމެންޓް