ބިދޭސީއަކު ރަހީނުކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ބަންގްލަދޭޝް މީހަކު ރަހީނުކޮށް އޭނާގެ އަތުން ފައިސާ ހޯދަން އުޅޭ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަންގްލަދޭޝް މީހަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 1714 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެމީހާ ރަހީނުކޮށް ބަހައްޓާފައިވަނީ ބިދޭސީން ދިރިއުޅޭ ގެއެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ގެއަށް ގޮސް އެމީހާ ސަލާމަތްކޮށްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންނަކީވެސް ބަންގްލަދޭޝް ދެމީހުން ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް