ގްލަޓް އިންވެސްޓުމެންޓުން ހުޅުމާލޭގައި އެޅި އެޕާޓްމެންޓު ބިލްޑިން ހުޅުވައިފިއެވެ.
ހުޅުމާލެ ރީތިގަސްހިނގުން ލޮޓް 11498 ގައި އަޅާފައިވާ މި އެޕާޓްމެންޓު ބިލްޑިން ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް، މުހައްމަދު ނަޝީދެވެ.
ނުވަ ފަންގިފިލާގެ މި އިމާރާތުގައި ސާދަ އެޕާޓުމެންޓު ހުރެއެވެ.
ގްލަޓް އިންވެސްޓުމެންޓުގެ "ގްލެމާ ރެޒިޑެންސް" އަކީ ސެމީ ލަގްޒަރީ ފެންވަރަށް އިމާރަތްކޮށްފައިވާ އެޕާޓްމެންޓު ތަކެކެވެ. ހަންނާނު ޔޫސުފް އާކިޓެކްޓުން ޑިޒައިންކޮށްފައިވާ އެ އިމާރާތުގެ މަސައްކަތުގައި ކޮންސަލްޓެންސީ ދީފައިވަނީ ހުސެން ކޮންސަލްޓެންސީ އިންނެވެ.
ގްލަޓް އިންވެސްޓުމެންޓުން ބުނީ އެޕާޓްމެންޓު އިމާރާތް މިރޭ ރަސްމީކޮށް ހުޅުވި އިރު އެތަނުގެ ހުރިހާ އެޕާޓުމެންޓެއްވެސް ވިކި ހުސްވެފައިވާ ކަމަށެވެ.
ދެހާސް ސަތާރަވަނަ އަހަރު މަސައްކަތްފެށި މި އިމާރާތުގެ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުއެވެ.
މި ޕްރޮޖެކްޓުގެ އަގެއް އެކުންފުނިން ހާމައެއް ނުކުރެއެވެ.