މާއެނބޫގެ "ކާކު؟" މިރޭ އޮލިމްޕަހަށް!

ކާކުގެ ޕޯސްޓަރެއް---

މީ ޕްރޮޑަކްޝަނުން ތައްޔާރުކުރާ ފިލްމު "ކާކު؟" މިރޭ އޮލިމްޕަސް ސްކްރީނުގައި ޕްރިމިއާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މުނިފޫހިފިލުވުމުގެ ހަރަކާތްތަކަކާ އެކު މިރޭ ފިލްމު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ އިރު އެ ފިލްމަކީ އެކުގައި އުޅޭ ފަސް ރަހުމަތްތެރިން ރަށަކަށް ގޮސް ދިރިއުޅޭ ގޭތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެއް ކުރިމަތިވާ ފިލްމެކެވެ.

ފިލްމުގައި ޖުމްލަ ތިން ލަވަ ހިމެނޭ އިރު ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ހދ. ކުޅުދުއްފުށީގަ އެވެ.

އެ ފިލްމުން އިބްރާހީމް ސޮބާހް (ކުޑަ ސޮބާ) ގިނަ ދުވަސްތަކަކަށް ފަހު ފެންނާނެ އެވެ. މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ހާމިދު އަލީ، އިބްރާހީމް ސޮބާހް، ޝާފިއު މުހައްމަދު، އިރްފާނާ އިބްރާހީމް އަދި އައިޝަތު ޔާސިރާއެވެ.

ފިލްމުގެ ސްކްރީން ޕްލޭ ތައްޔާރުކުރީ މަހުދީ އެވެ. ފިލްމު ޕްރިމިއާކުރާނީ ރެޑް ކާޕެޓް ހަފްލާއަކާއެކުގަ އެވެ.

"މި ފިލްމުގެ ކޮންމެ ކެރެކްޓާއެއްގެ އެކްޓިން ވެސް ވަރަށް ސަޅި. އެމީހެއްގެ އެންމެ ބެސްޓް ދީފައި ހުރީ. ބެލުންތެރިންނަށް ކަމުދާނެ މަސައްކަތެއް މިއީ،"

މިރޭ ފިލްމު ދެއްކުމުން "ކާކު؟" އަކީ ކާކުކަން އެނގިގެންދާނެ އެވެ.

comment ކޮމެންޓް