އީމް ނިޒާމްގެ މޭކަޕް ކްލާސް ތޮއްޑޫގައި ބާއްވައިފި

އީމް ނިޒާމް ތޮއްޑޫގައި ކުރިއަށް ގެންދިޔަ މޭކަޕް ކްލާސް -- ފޮޓޯ: އީމް ނިޒާމް

އއ. ތޮއްޑޫގައި މޭކަޕް ކުރަން ދަސްކޮށްދޭ ކްލާހެއް ކުރިއަށް ގެންގޮސްފިއެވެ.

އީމް ނިޒާމް، ޒައި އާޓް އެތިކްސް އަދި އަމާން ނިޒާމް ގުޅިގެން ބޭއްވި މި ކްލާސްތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާ ބަންދުގައެވެ.

އީމް ބުނި ގޮތުގައި މި ކްލާސް ތޮއްޑޫގައި ކުރިއަށް ގެންދިޔައީ އެ ރަށުގެ ޒުވާން އަންހެން ކުދިން އެކަމަށް އެދުމުންނެވެ.

މި ކްލާސްތައް ކުރިއަށް ގެންދިޔައިރު ސްޓްރެސް މެނޭޖު ކުރާނެ ގޮތްތައްވެސް ކުދިންނަށް ދަސްކޮށްދިން ކަމަށް އީމް ބުންޏެވެ. މީގެ އިތުރުން މޭކަޕް ކުރާނެ ގޮތް ދަސްކޮށްދީ އެކަން ވިޔަފާރިއެއްގެ ގޮތުގައި ކުރާނެ ގޮތުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

ތިން ދުވަހަށް ކުރިއަށް ގެންދިޔަ ކްލާސްތަކުގައި، ކޮންމެ ދުވަހެއްގެ ވެސް އެންމެ މޮޅު ބައިވެރިޔާ ހޮވައި، ހާއްސަ އިނާމެއް ދިނެވެ. އަދި ފްލައިމީގެ ފަރާތުން ވަނީ ޓްރެވަލް ވައުޗާވެސް ބައިވެރިންނަށް ހަދިޔާކޮށްފައެވެ.

މޭކަޕް ކްލާސްތައް ކުރިއަށް ގެންދިއުމުގައި ތޮއްޑޫ ކައުންސިލުގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އީމް ވަނީ އއ. ތޮއްޑޫ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.

"އެކޮޅުގައި އެކޮމޮޑޭޝަން ހަމަޖައްސައިދިން ސެރެން ގެސްޓްހައުސް އަށްވެސް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،"

އީމް ބުނީ ތޮއްޑޫ ދަތުރުގެ ކަންތައް ހަމަޖައްސައިދިނީ ވިލާ އެއާގެ ފްލައިމީއިން ކަމަށާއި އެ އެއާލައިނަށްވެސް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

comment ކޮމެންޓް