އިމާރާތްތަކަށް ބޭނުންވާ ހުރިހާ ޓެކްނޮލޮޖީއެއް ލިންކްސާވްގެ އެއް ޕެކޭޖަކުން

ލިންކް ސާވްގެ ލިންކް ބިލްޑް އިފްތިތާޙު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ލިންކްސާވްއިން އިމާރާތްތަކަށް ބޭނުންވާ ހުރިހާ ޓެކްނޮލޮޖީއާ ގުޅޭ ހިދުމަތްތަކެއް ލިބޭ "ލިންކްބިލްޑް" ޕެކޭޖް ތައާރަފް ކޮށްފިއެވެ.

ލިންކްސާވްގެ މި މެކޭޖް ތައާރަފް ކުރީ މިއަދު ދަ ކިޗެންގައި ބެއްވި ހާއްސަ ހަފްލާއެގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރެވެ.

"ލިންކްބިލްޑް" ތައާރަފް ކުރުމަށް ފަހު "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ކުންފުނީގެ ހެޑް އޮފް ޕްރޮޖެކްޓްސް އެންޑް އެންޓަޕްރައިޒް ސޮލިއުޝަން، ހަސަން އިކްރާމް ވިދާޅުވީ، "ލިންކް ބިލްޑް" ގެ ދަށުން ލިންކް ސާވްއާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު ވެވޭ ސަބަބުން އެކުންފުނިތަކުން ހަދާ އިމާރާތްތައް ނިމިގެންދާއިރު އެންމެ ފަހުގެ ޓެކްނޮލޮޖީއާ ހަމައަށް އެ އިމާރާތްތައް ފުރިހަމަ ވެގެން ދާނެ ކަމަށެވެ. ލިންކް ބިލްޑްގެ ދަށުން ހާއްސަ އޮފާތަކެއް ލިބިގެން ދާނެ ކަމަށެވެ.

"އޭގެ ތެރޭގައި ވައިފައި ސޮލިއުޝަން ފޯރުކޮށްދިނުމާއި، ސްމާޓްސް ސޮލިއުޝަން ޕްރޮވައިޑް ކޮށްދިނުމާއި، ސެކުއރިޓީ އެލާމް ތެރޭގައި ފަޔާ ސޮލިއުޝަންގެ އެންމެ ފަހުގެ ފަޔާ އެލާމް ސިސްޓަމްއާއި އެކްސެސް ކޮންޓްރޯލާއި ޑޯ ފޯން ސިސްޓަމް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ،" ހަސަން އިކްރާމް ވިދާޅުވިއެވެ.

ލިންކް ސާވްގެ ލިންކް ބިލްޑް އިފްތިތާޙު ކުރުމަށް ބޭއްި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހަސަން އިކްރާމް ވިދާޅުވީ، ލިންކްސް ބިލްޑް ތެރެއިން ލިންކްސާވްގެ ޕްރޮޑަކްޓްސްތަކުން ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެ ކަމަށެވެ. އަދި "އޭގެ އިތުރުން މި އޮފާގެ ތެރެއިން އަޅުގަނޑުމެން ކުންފުނިތަކަށް އެއްވެސް އަގަކާނުލާ އަޓީ ކޮންސަލްޓެންސީ އަދި އިތުރު ސޮލިއުޝަންތައް އިތުރުވެގެން ދާނެ،" ކަމަށް ހަސަން އިކުރާމް ވިދާޅުވިއެވެ.

ހަސަން އިކުރާމް ވިދާޅުވީ، ލިންކްބިލްޑްގެ ދަށުން އިމާރާތް ކުރާ ފަރާތްތަކަށް އިމާރާތް، އިމާރާތް ކުރަމުންދާއިރު ޓެކްނޮލޮލޮޖީގެ ގޮތުން އެ އިމާރާތުގައި ހުންނަން ޖެހޭ ހުރިހާ ކަމެއްގެ ކޮންސަލްޓެންސީ ހަދާ ޑިޒައިންތައް ހަދާ އަދި ޕްރޮޑަކްޓްސް އިންސްޓޯލްކުރުމުގެ ހިދުމަތް ލިންކްސާވްއިން ދޭނެ ކަމެވެ.

ލިންކް ބިލްޑާ ގުޅޭ ގޮތުން ހަސަން އިކްރާމް ސަން އަށް އިންޓަވިއު ދެއްވަނީ -- -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"މީގެ ސަބަބުން އިމާރާތް ނިމޭއިރު، އިމާރާތް ހުންނާނީ ފިއުޗާ ބިލްޑިންގްސް ތަކަށް ތައްޔާރުވެ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އިންޓެލިޖެންޓް ބިލްޑިންއަކަށް ތައްޔާރުވެފައ،." ހަސަން އިކުރާމް ވިދާޅުވިއެވެ

އޭނާ ވިދާޅުވީ، ލިންކްސާވްގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ކަމެއް އެއްބަސްވުންވާ ފަރާތްތަކުން ނިންމަން ބޭނުންވާ ތާރީހަކަށް ނިންމުމުގެ ޔަގީންކަންވެސް އެ ކުންފުނިން ދޭނެ ކަމަށެވެ. އަދި އެ ފަރާތަކުން މަސައްކަތް ނިންމަން ބޭނުންވާ ތާރީހެއްގައި އެކުންފުނިން ނިންމައިދޭނެ ކަމަށް ހަސަން އިކްރާމް ވިދާޅުވިއެވެ.

"ލިންކްބިލްޑް" ތައާރަފް ކުރުމަށް ބޭއްވި ހަފްލާގައި ކުންފުނީގެ އިސްވެރިންނާއި ކޮންސްޓްރަކްޝަން ދާއިރާގެ އިސްބޭފުޅުން އަދި ކޮންސްޓްރަކްޝަން ކުންފުނިތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް