މާލޭގެ މަގުތަކުގައި ތާރުއަޅާކަށް ނުނިންމަން: ސިޓީ ކައުންސިލް

މާލޭގެ މަގެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ހުރިހާ މަގެއްގައި ތާރުއަޅަން ނިންމާފައިނުވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހަދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް "މަގުތައް ހަދާނީ ތާރު އަޅައިގެންތޯ، ގާ ޖަހައިގެންތޯ އަދި ނުނިންމާ" ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާއު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މާލޭގެ ދެމަގެއް ފިޔަވައި ހުރިހާ މަގެއް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

މާލޭގެ މަގުތަކުގެ ހާލަތު ދެނެގަތުމަށް ބޭރުގެ ކޮންސަލްޓެންޓަކު މި ހަފުތާގައި ރާއްޖެ އަންނާނެ ކަމަށާއި އެ މަސައްކަތް ނިމުމުން މާލޭގެ މަގުތަކަށް ގެންނަން ޖެހޭ ބަދަލުތައް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

https://sun.mv/116912

ޝަމާއު ވިދާޅުވީ މާލޭގެ މަގުތައް ރީ ޑިޒައިން ކުރުމަށް ޕްލޭންތައް އެކުލަވާލާނި ކޮންސަލްޓެންތުގެ ލަފަޔާ އެކު ކަމަށެވެ.

ކުރީ ސަރުކާރުގައި މަޖީދީމަގު މަރާމާތުކޮށް، ބޮޑުތަކުރުފާނު މަގުން ބަޔަކާއި އިއްޒުއްދީނު މަގު ވަނީ ތާރު އަޅައިގެން ތަރައްގީ ކޮށްފަ އެވެ.

comment ކޮމެންޓް