ރިނބުދޫ ބަނދަރުގެ މަސައްކަތް އަވަސްކޮށްދިނުމަށް ރައީސަށް ވާނީ ދަންނަވާފައި: ސިޔާމް

ސިޔާމް ދ. ރިނބުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދ. ރިނބުދޫގެ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދ. ރިނބުދޫގައި މިއަދު ބޭއްވި ސިޔާމްގެ ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރިނބުދުއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބަނދަރެއް ނެތުމުގެ މައްސަލަ ކަމަށެވެ.

ސިޔާމް ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމަނާފައިވާ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ރިނބުދޫގެ ރައްޔިތރުންގެ މި ބަނދަރަކީ ރައްޔިތުންނަށް ކޮންމެހެން މުހިއްމު ބަނދަރެއް ކަމަށާއި މި ބަނދަރު ލަސްނުކޮށް މިކަން ފެށިގެން ކުރިއަށްގެންދިއުމަކީ ރިނބުދޫގެ ރައްޔިތުންގެ އިތުރުން އަޅުގަނޑުގެ އެހާމެ އިންތިހާއަށް ބޭނުންވާކަމެއް ކަމުގައި. އެ ހިސާބުން ބަޖެޓުގައި ޖެހިގެން ދިޔައީ. އިރާދަކުރެއްވިއްޔާ މި ރަށުގެ ބަނދަރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މާލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެންދާނެކަމީ އެބޭފުޅާ އަޅުގަނޑަށް ދެންނެވި ދެންނެވުމެއް،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ދާއިރާގެ ރައްޔިތުން ނޭދޭ ފަދަ ގޮތަކަށް ދުވަހަކު ވެސް އަމަލު ނުކުރައްވާ ކަމަށާއި ރިނބުދޫ ރައްޔިތުން އެދޭ ކަންތައްތައް އަބަދު ވެސް ކޮށްދެއްވާނެ ކަމަށެވެ.

"އެ މަސައްކަތް އެ ރަށުގެ ރައްޔިތުންނަށް ފޫހިކަމެއް ނެތި މުޅި ރަށުގެ އާބާދީއަކަށް ޓަކައި މުޅި ރަށުގެ އިންސާނިއްޔަތަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް އަޅުގަނޑުކޮށްދޭނަން،" ސިޔާމް ވިދާޅުވި އެވެ.

comment ކޮމެންޓް