އެކްޓަރު ބްރޫނޯ މަރުވެއްޖެ

އެކްޓަރު ބްރޫނޯ---

ޖަރުމަނުވިލާތުގެ މަޝްހޫރު އެކްޓަރު ބްރޫނޯ ގަންޒް މަރުވެއްޖެއެވެ.

އޭނާ މަރުވިއިރު އުމުރަކީ 77 އަހަރެވެ. މަރުވި ސަބަބެއް ހާމަކޮށްފައިނުވާއިރު ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި އޭނާ މަރުވީ އޭނާ ދިރިއުޅެމުން ގެންދާ ގޭގައެވެ.

"ދަ ހައުސް ދެޓް ޖެކް ބިލްޑް"އިން ބަތަލު އެންމެ ފަހުން ފެނިގެންދިޔަ ބަތަލަށް މިދިޔަ އަހަރު ވަނީ ކެންސަރު ބަލި ޖެހިފައެވެ.

ބްރޫނޯ މަރުވިއިރު އޭނާގެ ފިރިހެން ދަރިއަކު ދުނިޔޭގައި އެބަ ހުއްޓެވެ.

ބްރޫނޯގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހިޓްލާ"، "ދަ އެމެރިކަން ފްރެއިންޑް"އަދި "އަންނޮއުން" ހިމެނެއެވެ.

comment ކޮމެންޓް