މިނިސްޓަރު މަހުލޫފުގެ އެކައުންޓަށް އެމްއެމްޕީއާރުސީ ފައިސާ ޖަމާވި: އޭސީސީ ރިޕޯޓް

ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހްލޫފު --- ސަންފޮޓޯ/

މި ސަރުކާރުގެ ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހުލޫފުގެ އެކައުންނަށް އެސްއޯއެފްގެ އެކައުންޓުން ޑޮލަރު ޖަމާވިކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުން ދައްކައިފި އެވެ.

އޭސީސީ އިން މިއަދު އާންމުކޮށްފައިވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓުގައި އެސްއޯއެފް އެކައުންޓުން ފައިސާ ޖަމާވި އެކައުންޓުގެ ވެރި ފަރާތްތައް ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު (508،860) ރުފިޔާ ޖަމާކޮށްފައިވާކަން އެ ރިޕޯޓުން ހާމަވެ އެވެ. އެފައިސާ ޖަމާކޮށްފައި ވަނީ ކޮން ތާރީހެއްގައި ކަމެއް އެނގޭކަށް ނެތެވެ.

ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށްފައިވާ އެސްއޯއެފްގެ އެކައުޓުން ވަނީ 80 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެކި އެކައުންޓުގެ މެދުގައި ޖަމާކޮށްފަ އެވެ.

މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވެސް ވަނީ 30،000 ޑޮލަރު (462،600) ޖަމާކޮށްފައިކަން އޭސީސީގެ ތަހުގީގު ރިޕޯޓުން ހާމަވެ އެވެ.

އޭގެ އިތުރުން އެފްއޭއެމްގެ ސެކެޓްރީ ޖެނެރަލް ބައްސާމް އަދީލް ޖަލީލްގެ އެކައުންޓަށް ވެސް އެމްއެމްޕީއާރުސީގެ ފައިސާ ޖަމާވި ކަމަށް ރިޕޯޓުން ދައްކަ އެވެ. ރިޕޯޓުގައި ވާގޮތުން އޭނާގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 29،000 ޑޮލަރު (447،180 ރުފިޔާ) އެވެ.

comment ކޮމެންޓް