ޝިމާޒު އަށް ޓްރާންސްޕޯޓް މިނިސްޓަރުގެ ނާއިބުކަން ދެއްވައިފި

ޝިމާޒް އަލީ --- ފޮޓޯ: ފޭސްބުކް

ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބުގެ މަގާމަށް ސ. ހުޅުދޫ ބްލޫބެލް ޝިމާޛު ޢަލީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޢައްޔަން ކުރައްވައިފި އެވެ.

ޝިމާޛު ޢަލީއަކީ ކޮމަންވެލްތު މީޑިއާ ޑެވެލޮޕްމަންޓް ވަރކްޝޮޕްގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗާ އަދި މެރިން ރިސޯސްގައި ޕްރޮގްރާމް އޮފިސަރގެ މަގާމް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.

މީގެ އިތުރުން ޝިމާޛް ވަނީ ފުޓްބޯލް އެސޯސިއޭޝަންގެ މީޑިއާ އޮފިސަރގެ މަޤާމް ވެސް ފުރުއްވައިފަ އެވެ.

comment ކޮމެންޓް