ރޮބިންސަން ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިޔަކު މަރުވެއްޖެ

ރޮބިންސަން ރިސޯޓު --

ނ އަތޮޅުގައި ހިންގާ ރޮބިންސަން ރިސޯޓަށް މޫދަށް އެރިއުޅުނު ޗައިނާ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

އޭނާގެ ހަށިގަނޑު ނ. މަނަދޫ ގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

މަރުވި ފަތުރުވެރިޔައީ 45 އަހަރުގެ ފިރިހެނެއްކަމަށްވެސް ފުލުހުން ބުންޏެވެ.

ރޮބިންސަން ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މަރުވެފައިވާއިރު ބ. އަތޮޅު ފަރަކަށް ފީނަން ގޮސް އުޅުނު ދިވެހި ޒުވާނަކުވެސް މިއަދު ވަނީ މަރުވެފައެވެ.

މި ފަހަކަށް އައިސް ގެނބިގެން މަރުވާ ފަތުރުވެރިންގެއަދަދު ގިނަވެފައިވާއިރު ފަތުރުވެރިންގެ ސަލާމަށް ތިސޯޓުތަކުން އިސްކަންދޭ މިންވަރު ބެލުމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އިންސްޕެކްޝަނެއް ފަށައިފައެވެ.

comment ކޮމެންޓް