2000ގެ ކުރީކޮޅު މަގުބޫލުވި މޮޓޮރޮލާ ފޯނު އެނބުރި އަންނަަނީ

މިއީ އޭރު އެންމެ މަގުބޫލު އެއް ފޯނެވެ. އޭރުގެ އައިފޯނެވެ. 2000ގެ ކުރީކޮޅު މަގުބޫލުވި މޮޓޮރޮލާގެ މި ފޯނު ގެންގުޅުނު މީހުންނަކީ އޭރުގެ އެންމެ ހިޓު މީހުންނޭ ބުނެވިދާނެއެވެ.

ފޯލްޑަބަލް، ތުނި މި ފޯނަކީ ލެޖެންޑަރީ އުފެއްދުމެކެވެ. ކަޅު ކުލައާއި ހޮޓް ޕިންކް އަދި މެރޫން އާއި އަޅި ކުލަ ފަދަ ރީތި ކުލަތަކުން ގަންނަން ލިބުނު މި ފޯނު އެނބުރި ބާޒާރަށް އަންނަން އުޅޭކަމަށް ރިޕޯޓު ކޮށްފައިވާއިރު، އަގު އުޅޭނީ 1500 ޑޮލަރަށެވެ.

މި ފޯނު އެނނބުރި ބާޒާރަށް އަންނަނީ އޭރުގެ އެ ލެޖެންޑްރީ ޑިޒައިނަށް އިން ނަމަވެސް މި ފޯނު ވާނީ މިހާރު ބާޒާރުގައި ހުރި އެންމެ ވަރުގަދަ ސްމާޓް ފޯނުތަކުގެ ތެރޭގައި ގުނާލެވޭނެ އުފެއްދުމަކަށެވެ.

ސެމްސަންގުންވެސް ދަނީ ފަތްޖަހާލެވޭ ނުވަތަ ފޯލްޑަބަލް މޯބައިލް ފޯނެއް ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިންވެސް މޮޓޮރޮލާ އިން ވަނީ މި ފޯނުގެ އަޕްގްރޭޑެޑް ވާޝަން އެއް ބާޒާރަށް ނެރެފައެވެ.

މޮޓޮރޮލާގެ އިތުރުން ނޮކިއާ އިންވެސް ވަނީ އެމީހުންގެ އެންމެ އައިކޮނިކް ފޯނުތައް އަލުން އުފައްދައިގެން ބާޒާރަށް ނެރެފައެވެ. ބޮޑު ފައިދާ އެއް ހޯދުމަށްވުރެ، މި އުފެއްދުންތައް ބާޒާރަށް ނެރެފައިވަނީ ކުރީގެ ހަނދާންތައް އާކޮށްލުމަށެވެ.

comment ކޮމެންޓް