އެއްލައިދޫގައި ވަޅި ހެރި މީހާގެ ބަންދަށް 15 ދުވަސް

އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން ރިސޯޓު ހިންގާ އއ. އެއްލައިދޫ ---

އއ. އެއްލައިދޫގައި ހިންގާ އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން ރިސޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ މާރާމާރީ ހިންގައި، މީހަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެ ރިސޯޓުގައި މާރާމާރީ ހިނގީ، އެ ރިސޯޓުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް އައިސް އުޅުނު ސްރީލަންކާގެ ދެ ރައްޔިތެއްގެ ދެމެދުއެވެ.

އެ މާރާމާރީގައި މަރުވީ 24 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާގެ ގަޔަށް ވަޅިން ހަމަލާ ދިނީ 39 އަހަރުގެ ފިރިހެނެކެވެ.

ވަޅިން ހަމަލާ ދިން މީހާ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި އިރު، ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މަރުވި މީހާގެ ހަށިގަނޑު ބުރާސްފަތި ދުވަހުގެ ރޭ މާލެ ގެނައެވެ. އެހެން ނަމަވެސް އޭނާގެ ހަށިގަނޑު ވަޅުލީތޯ ނުވަތަ ގައުމަށް ފޮނުވާލީކަމެއް އެނގިފައެއް ނުވެއެވެ.

އެއްލައިދޫ ރިސޯޓު ހިންގަނީ ސްރީލަންކާގެ އެންމެ ބޮޑު ވިޔަފާރި ކޮންގްލޮމަރޭޓް ކަމުގައިވާ ޖޯން ކީލްސް ހޯލްޑިންގްސް (ޖޭކޭއެޗް)ގެ ހޮޓެލް ޗެއިން ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސްއިންނެވެ.

comment ކޮމެންޓް