އަލަށް ގްރޭޑް އެކަކަށް ވަންނަ ކުދިންނަށް ރީ ޔޫސަބްލް ފެން އަޅާ ފުޅި ބަހަނީ

މިނިސްޓްރީ އޮފް އެންވަޔަރަމެންޓުން އިސްނަގައިގެން އަންނަ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި ގްރޭޑު އެކެއްގައި ކިޔަވާ ދަރިވަރުންނަށް ރީޔޫސަބަލް ފެންފުޅި ބަހަން ނިންމައިފި އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީ އިން މިއަދު ބުނީ ފެންފުޅި ބެހުމުގެ ޕްރޮގްރާމް އަންނަ ބުރާސްފަތީގައި އިފްތިތާހު ކުރާނެ ކަމަށާއި ކިޔެވުން ފެށޭ އިރު ހުރިހާ ސްކޫލުތަކަށް ފެންފުޅި ބަހާ ނިންމާނެ ކަމަށެވެ.

މިއީ އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ޔުނިސެފް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ސްކޫލު ދަރިވަރުންނަށް ބަހާނީ ބީއެފްއޭ ފްރީ ފެންފުޅި އެވެ.

މިއީ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކޮށް ޕްލާސްޓިކް ޕޮލިއުޝަން މަދުކުރުުމަށް ހިންގާ ޕްރޮގްރާމެކެވެ.

ސްކޫލުތަކުގައި ސިންގަލްޔޫސް ޕްލާސްޓިކް ބޭނުންކުރުން މިހާރު އޮންނަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް