އަނީސްގެ ފިލްމަކަށް ކާތިކް ސޮއިކޮށްފި

ކާތިކް އާއި އަނީސް ބަޒްމީ....

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އަނީސް ބަޒްމީގެ ކުރިޔަަށް އޮތް ފިލްމު ކުޅެން ޒުވާން ތަރި ކާތިކް އަރިޔަން ސޮއިކޮށްފި އެވެ.

އެ ފިލްމުގެ ނަން އަދި ވަނީ ސިއްރުކޮށްފައެވެ. ހަބަރުތައް ލިބޭ ގޮތުގައި އެ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.

އަނީސްގެ ކުރިޔަށް އޮތް ފިލްމަށް ބަތަލާއެއް ހޯދަމުން އަންނަ އިރު ސިނަމާތަކަށް ފިލްމު އަންނާނެ ތާރީހެއްވެސް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

އެ ފިލްމުގެ ޝޫޓިން ކުރިޔަށް ގެންދަން ރާވަމުން އަންނަނީ އިންޑިއާގެ އިތުރުން އިންޑިއާ އިން ބޭރުގައެވެ.

އަނީސް އަކީ ލޯބީގެ އަދި ހެއްވާ މަޖާ އެތައް ފިލްމެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. މިހާރު އޭނާ އަންނަނީ "ޕާގަލްޕަންތީ" ފަށަން ތައްޔާރުވަމުންނެވެ.

comment ކޮމެންޓް