އަޔުޝްމަންއާއި ބޫމީ އެކުގައި އަނެއްކާވެސް ފިލްމަކަށް!

އަޔުޝްމަން އަދި ބޫމީ....

މިދިޔަ އަހަރު ރިލީޒްކުރި "ޝުބް މަންގަން ސާވްދާން" އިން އެކުގައި ފެނިގެންދިޔަ ދެ އެކްޓަރުން ކަމަށްވާ އަޔުޝްމަން ކުރާނާ އާއި ބޫމި ޕެޑްނޭކަރް އަނެއްކާވެސް ފިލްމަކަށް ސޮއިކޮށްފިއެވެ.

މިދަތަރިން ދެން އެކުގައި ފެންނާނީ "ބަލާ" އިންނެވެ. އެ ފިލްމު ޑައިރެކްޓްކުރަނީ އަމަރް ކައުޝިކް އެވެ.

"ބަލާ"ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

އަޔުޝްމަން އެ ފިލްމުގައި ފެންނާނީ ބޮލުން އިސްތަށި ފައިބާތީ އުޅޭ މީހެއްގެ ރޯލުންނެވެ. އަދި ބޫމީ ފެންނާނީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ކަޅު ކުއްޖެއްގެ ރޯލުންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ނެރުނު ފިލްމު ''ދަމް ލަގާ ކެ ހައިޝާ" އިން އަޔުޝްމަން އާއި ބޫމީ އެކުގައި ފެނިގެންދިޔަ މި ދެތަރިންގެ ފިލްމުތަކެއް ރިލީޒް ވާން ތައްޔާރުވަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް