ލީގުގެ އެއްވަނައިގައި ޔުވެންޓަސް ލީޑު ފުޅާކޮށްފި

މެޗުގެ ތެރެއިން---

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން އިންޓަ މިލާން 1-0 އިން ބަލިކޮށް ޔުވެންޓަސް ލީގުގެ އެއް ވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ލީގުގެ އެއްވަނައިގައި ޔުވެންޓަސް ހިމެނެނީ ދެވަނައިގައި އޮތް ނަޕޯލީއަށްވުރެ 11 ޕޮއިންޓް ގިނަވެގެންނެވެ.

ތިން ވަނައިގައި އިންޓަ އޮތީ 15 މެޗުން 29 ޕޮއިންޓާ އެކުއެވެ.

ރޭގެ މެޗުގައި ދެ ޓީމު ވެސް ހަމަހަމަ ކުޅުމެއް ދެއްކިއިރު ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު، އަދި ހަމައެކަނި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މާރިއޯ މަންޒުކިޗް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔާއޯ ކަންސޭލޯ ނަގައިދިން ބޯޅައަކުންނެވެ.

ރޭގެ މެޗު ވާދަވެރިކޮށް ފެނުއިރު އިންޓަ މިލާނުން ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

ނަޕޯލީ މިއަދު ކުޅޭނީ ރެލިގޭޝަނުގައި އޮތް ފްރޮސިނޯނޭއާ ދެކޮޅަށެވެ.

comment ކޮމެންޓް