އަކްޝޭގެ "2.0" ޗައިނާގައި އަޅުވަނީ

"2.0" ގެ ޕޯސްޓަރެއް...

ޝަންކަރު ޑައިރެކްޓު ކޮށްފައިވާ ފިލްމު "2.0" ޗައިނާގައި އަޅުވަން ނިންމައިފިއެވެ.

ފިލްމަށް 100 ކުރޯޑުގެ އާމްދަނީއެއް މިހާރު ލިބިފައިވާއިރު މި ފިލްމު ޗައިނާގައި އަޅުވަނާ އަންމަ މެއި މަހުގެ ތެރޭގައެވެ.

އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޗައިނާގެ 47 ސްކްރީނެއްގައި އަޅުވަން ވަނީ ނިންމާފައެވެ. އަދި އެ ފިލްމު އަޅުވާނީ 3D ކޮށެވެ.

އަކްޝޭ އާއެކު ރަޖްނީކާންތު އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ އިރު ބަތަލާގެ ރޯލުން ފެންނާނީ އަމީ ޖެކްޝަނެވެ. "2.0" ގައި އަކްޝޭ ކުޅެފައިވަނީ ނެގެޓިވް ރޯލެކެވެ.

"2.0" އަކީ އިންޑިއާގެ ސިނަމާ ތަކަށް އަންނާނެ އެންމެ އަގު ބޮޑު ފިލްމަށް ވާނެއެވެ. މި ފިލްމު ހަދަން 543 ކްރޯޑް ރުޕީސް (75 މިލިއަން ޑޮލަރު) ހަރަދުކޮށްފައިވާ ކަމަށް ފިލްމުގެ ވިކިޕީޑިއާ ޕޭޖްގައި ބުނެއެވެ.

comment ކޮމެންޓް