ހައިކޯޓު ވެސް އެއް މަސް ދުވަހުގެ ރިސެސްއަކަށް

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ހައިކޯޓު އެއް މަސް ދުވަހުގެ ރިސެސް އަކަށް ހިނގަޖެއް އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގައި ވާގޮތުގެ މަތީން، ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖެނުއަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާއި ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓު އޮންނާނީ ރިސެސްގައެވެ.

އެހެން ކަމުން މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ ދެ ވަނަ ދުވަހާ ހަމައަށް ހައިކޯޓު އޮންނާނީ ރިސެސްގައެވެ.

ހައިކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވިކަމުގައިވީނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް މެދުކެނޑިގެންނުދާނެ އެވެ.

ހައިކޯޓު އެއް މަސް ދުވަހުގެ ރިސެސަކަށް ގޮސްފައިވާ އިރު މިއަދު ސުޕްރީމް ކޯޓު ވެސް ވަނީ ރިސެސްއަށް ގޮސްފަ އެވެ. ސުޕްރީމް ކޯޓުގެ ރިސެސް ވެސް ނިމޭނީ ޖެނުއަރީ ދޭއްގަ އެވެ.

ސިވިލް ކޯޓުވެސް އިއްޔެ ވަނީ ރިސެސްއަށް ގޮސްފަ އެވެ. އެ ކޯޓުގެ ރިސެސް ނިމުމަކަށް އަންނާނީ މިމަހުގެ 20 ދުވަހު އެވެ.

comment ކޮމެންޓް