"ބާރަތު"ޝޫޓިންގެ ތެރެއިން ސަލްމާނަށް އަނިޔާވެއްޖެ

ސަލްމާން ވަނީ "ބާރަތު" ގެ ޝޫޓިން ވަގުތީ ގޮތުން މެދުކަނޑާލާފައި...

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމު "ބާރަތު" ގެ މަންޒަރެއް ނަގަން އުޅުމުގެ ތެރެއިން ފިލްމުގެ ލީޑު ތަރި ސަލްމާން ޚާނަށް އަނިޔާތަކެއް ވެއްޖެއެވެ.

ސަލްމާނަށް ލިބުނު އަނިޔާގެ ތަފްސީލްތަކެއް މީޑިއާތަކަށް އާންމުކޮށްފައެއް ނުވެއެވެ.

ހަބަރުތައް ލިބޭ ގޮތުގައި އޭނާއަށް އަނިޔާވީ ޕަންޖާބުގެ ލޫދިއާނާގައި ފިލްމުގެ މަންޒަރުތައް ނަގަމުން ދަނިކޮށެވެ. އަދި މިހާރު އިތުރު ފަރުވާ ހޯދުމަށް މުމްބައީއަށް ސަލްމާން ގެންގޮސްފައިވާކަމަށް ވެސް ހަބަރުތައް ލިބެއެވެ.

އެ ފިލްމުގެ މަންޒަރުތަކެއް އިންޑިއާގެ އިތުރުން އަބޫދާބީއާއި މޯލްޓާގައިވެސް މީގެ ކުރީން ވަނީ ނަގާފައެވެ.

އެ ފިލްމުގައި ސަލްމާން އާއެކު ލީޑު ރޯލުން ފެންނާނީ ކެޓްރީނާ ކައިފެވެ. އަދި އެ ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ޖެކީ ޝްރޮފް، ތައްބޫ، ޑިޝާ ޕަޓްނީ، އަދި "ދިލްބަރް" ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި ނޯރާ ފަތުހީ ހިމެނެއެވެ. އަދި ވަރަށް ހާއްސަ ފެނިލުމަކުން ވަރުން ދަވަން ފެންނާނެ އެވެ. ޖެކީ ޝްރޮޕް "ބާރަތު"ގައި ކުޅެނީ ސަލްމާންގެ ބައްޕަގެ ރޯލެވެ.

ބާރަތު"ގެ ހުރިހާ މަސައްކަތްތަކެއް ނިމި ބެލުންތެރިންނާ ހަމަޔަށް އަންނާނީ އަންނަ އަހަރުގެ ފިތުރު އީދުގައެވެ.

comment ކޮމެންޓް