"ކެދާނަތު" ރިލީޒްނުކުރުމަށް ގޮވާލައިފި

ފިލްމުގައި ފެނިގެންދާ ދެ ލީޑް ތަރިންނާ އެކު ޑައިރެކްޓަރު އަބީޝޭކް

ސުޝާންތު ސިންގް ރާޖްޕުތު އަދި ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ކޭދާނަތު' ރިލީޒްނުކުރުމަށް ހިންދޫންގެ ބަޔަކު ގޮވާލައިފި އެވެ.

އަންނަ މަހު ހަތެއްގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ އަބީޝޭކް ޝަރްމާ އެވެ.

"ލަވް ޖިހާދު"، ލޯތްބަށް ޓައި ދީން ގުރުބާން ކުރުން ޕްރޮމޯޓްކޮށްދޭ ފިލްމެއް ކަމަށް ބުނެ ފިލްމާ ދެކޮޅަށް ހިންދޫ ބަޔަކު ނުކުތުމަކީ ފިލްމުގެ ޕްރޮމޯޝަނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ.

ފިލްމު ހުއްޓުވަން މަސައްކަތްކުރާ ޖަމިއްޔާ އިން ބުނީ އެ ފިލްމަކީ ރިލީޒްނުކުރެވޭނެ ފިލްމެއް ކަމަށާއި އެ ފިލްމު ރިލީޒްކުރުމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"މިއީ ހިންދޫންނަށް ފުރައްސަވާ ގޮތަށް ތައްޔާރުކޮށްފައިވާ ފިލްމެއް. ގައިގޯޅިވުން ގިނަ ފިލްމެއް. ނެށުން ގިނަ ފިލްމެއް،" އެ ޖަމިއްޔާ އިން ބުންޏެވެ.

މި ފިލްމުގައި ދައްކަނީ އިންޑިއާގެ ހިސާބެއްގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާއެކެވެ.

ސާރާ މި ފިލްމުގައި ކުޅެނީ ވަރަށް މުއްސަނދި ފަތުރުވެރިއެއްގެ ރޯލެވެ. އަދި ފިލްމުގައި ސުޝާންތު ކުޅެނީ ދަތުރުވެރިންގެ ފޮށިތަންމަތި އުފުލައިދޭ މީހެއްގެ ރޯލެވެ.

މި އަހަރުގެ ގިނަ ފިލްމުތަކަށް މިފަދަ މައްސަލަތައް ދަނީ ދިމާވަމުންނެވެ. އެގޮތުން ދީޕިކާ ޕަދުކޯންގެ "ޕަދުމާވަތު" ހިމެނެ އެވެ.

comment ކޮމެންޓް