މަހޭޝްގެ "ސަޅަކް 2"އަށް ލޮކޭޝަނެއް ހޯދަނީ!

މަހޭޝް އާއި ޕޫޖާ "ސަޅަކް 2" އަށް ލޮކޭޝަން ހޯދަނީ...

ގިނަ ފިލްމު ތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު/ ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ކުރިޔަށް އޮތް ފިލްމު "ސަޅަކް 2" ގެ މަންޒަރުތައް ޝޫޓް ކުރާނެ ތަނެއް ހޯދަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ރިޕޯޓް ތަކުން ބުނާ ގޮތުގައި މަހޭޝް އާއި އޭނާގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ މިހާރު އަންނަނީ އިންޑިއާގެ އެކި ހިސާބުތަކަށް ދަތުރު ކުރަމުންނެވެ.

ލޮކޭޝަނެއް ހޯދުމަށް ކުރުމުން އަންނަ މަސައްކަތުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވަނީ ދެ މީހުން ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

މަހޭޝް އާއި ޕޫޖާ "ސަޅަކް 2" އަށް ލޮކޭޝަން ހޯދަނީ...

"ސަޅަކް" އަކީ މަހޭޝް ޑައިރެކްޓްކޮށް 1991 އަހަރު ރިލީޒް ކުރި ފިލެމެކެވެ. ހަބަރުތައް ލިބޭ ގޮތުގައި އެ ފިލްމުގެ ދެވަނަ ބައި ވެސް "ސަޅަކް" ގައި ފެނުނު ތަރިން ފެންނާނެއެވެ.

"ސަޅަކް 2" ގެ ވާހަކަ ބިނާވެފައިވަނީ ޅައުމުރުގެ އަންހެން ކުއްޖެއްގެ ހަޔާތުގައި ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ. އެ ފިލްމު ވާނީ ވަރަށް އިމޯޝަނަލް ފިލްމަކަށެވެ.

"ސަޅަކް 2" ވާނީ ބައްޕަގެ ފިލްމެއްގައި އާލިއާ ބަޓް މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ. އެ ފިލްމުގައި "ސަޅަކް" އިން ފެނުނު ސަންޖޭ ދަތާއި ޕޫޖާ ބަޓް ވެސް ފެންނާނެ އެވެ. އެ ފިލްމުގައި އާލިއާ ފެންނާނީ ކޮން ރޯލަކުން ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެ ފިލްމުގެ ހުރިހާ މަސައްކަތްތެއް ނިންމައި ބެލުންތެރިންނާ ހަމަޔަށް ގެންނަން ނިންމާފައި ވަނީ 25 މާޗް 2020ގައެވެ.

comment ކޮމެންޓް