ތަފާތު ލޯތްބެއް (39)

ބޭރުތެރޭގައި އަޑުގަދަވެގެން މާކަސް ދުވެފައި ނުކުތްއިރު ފެނުނީ ހީނުކުރާފަދަ މަންޒަރެކެވެ. ނާޔަލްއާއި ބޮޑީ ގާޑުންނާއިއެކު ކެމީލާވެސް ފެންޑާގައި ހުރިއިރު ބިރުންގޮސް އެކުއްޖާގެ މޫނުވަނީ ކަފަކޮޅަކަށް ވެފައެވެ. ދެފައި ބިންމަތީގައި ހަރުނުލައެވެ. ދެލޮލުގައި ގިނަވެގަތް ކަރުނަތައް ކޯތާފަތް މަތިން ދެމެންފެށިއެވެ.

"ވަޓް ދަ ހެލް އިޒް ގޮއިންގް އޮން......" މާކަސް ސުވާލުގެ ނަޒަރަކުން ބަލައިލީ ނާޔަލްގެ ބޮޑީ ގާޑަކަށެވެ. "އިޒް ހީ ޑެޑް؟ " ފަތްތަރުތަކާއި ދެތިން ފޫޓުދުރުގައި ހަރަކާތެއްނެތި އުއްޑުން އޮތް ޒުވާނާ މަރުވެފައިވާކަމުގައި ހީކުރެވުނެވެ. އޭނައަށް އޮތީ އެހާވަރުކޮށްލާފައެވެ. ލެޔާ ތަތްތެޅިފައެވެ. ނާޔަލް ގެ ބޮޑީގާޑު ޑެނިއަލް އެ ހާދިސާ ހިނގިގޮތް ކިޔައިދިނެވެ. އަރީން ނާޔަލްއަށް ބަޑިން ހަމަލާދޭން އުޅުނުވަގުތު އިއްތިފާގުން ކެމީލާއަށްވެސް ނުކުމެވުނީއެވެ. ކެމީލާއަށް އަރީންގެ ނިޔަތް އެނގުމާއިއެކު ނާޔަލްގެ ކުރިމައްޗަށް އެރީއެވެ. އަރީން ބުނީ ކެމީލާވެސް މަރާލާނެކަމުގައެވެ. ދެމީހުން އެއްކޮށް ނައްތާލަންވެސް ފަހެއް ނުޖެހޭނެކަމުގައެވެ. ޑެނިއަލް ފިސްތޯލަ ވިއްސާލީ އެންމެ އެކަށީގެންވި ދަނޑިވަޅުގައެވެ. އެއަށްފަހު ގޮތެއްފޮތެއް ނުބަލާ ގޮށްމުށުގެ ހޫނު ހަމަލާތަކެއް އަރީންގެ މޫނަށާއި ގަޔަށް އަރައިގެން ދިޔައީ ޑެނިއަލް ހޫނުވެފައި ހުރިވަރުންނެވެ. ނޭފަތް ފަޅައިގެން ގޮސް ލޭތައް އޮހުނެވެ. އެހާ ވަރަށް ޒަޚަމްވުމުންވެސް އެއްވެސް މީހެއްގެ ހަމްދަރުދީއެއް އަރީންއަކަށް ނުލިބުނެވެ. އޭނަ ކުރަން އުޅުނު ކުށުގެ ހައްގު އަދަބެވެ. މާކަސް ހަނދާންވިއެވެ. މި އަރީންއަކީ އެއް އިރެއްގައި މާލޭގައި ކައިޒާންއަށްވެސް ހަމަލާދިން ގޭންގެއްގެ ވެރިޔެކެވެ. ނާޔަލް ޑެނިއަލްއަށް އެންގީ އަރީން ހޮސްޕިޓަލަށްގެންގޮސް ފަރުވާދީފައި ފުލުހުންނާއި ހަވާލުކޮށްލުމަށެވެ.

ޑެނިއަލް އަރީންއަށް ހަރުކަށި އިންޒާރެއް ދިނެވެ.

ދެން ނާޔަލްގެ ދިރިއުޅުމަށް ހިޔަނި އެޅިލިޔަސް އޭނަގެ ފިސްތޯލައިގެ ޝިކާރައަކަށްވެ އަބަދަށްޓަކާ ނިދާލަން ޖެހިދާނެކަމުގައެވެ. ދެވަނަފަހަރަށް މިވަރުގެ ރަހުމެއް ނުބަހައްޓާނެކަމަށް އެންގީ އޭނަގެ ބަރު ބޫޓުން ފަޔަށް އަރާފައެވެ. އަރީންއަށް ލިބުނު ނިކަމެތިކަމާއެކު އެތާ ތިބި އެންމެންގެ މޫނަށް ބަލައިލާފާ ގަދަކޮށްލާކަށް ނުކެރުނެވެ. ޖަވާބެއް ދޭންވެސް ފަސްޖެހުނެވެ. މާލޭގައި ގޭންގެއް ހަދައިގެން ގަދަކޮށްލާފައި ޖެހިލުންކުޑަކަމާއެކު އުޅުނަސް އެމެރިކާ ތަންތާ އުޅޭ ހަށިފާރަވެރިންތަކާއި ޖެހުމުން ކުޑަކަކޫ ޖަހަން މަޖުބޫރުވީއެވެ. އަތެއް ފަހެއް ހަލުވައިލާނެ ވަރެއްވެސް ނެތެވެ. އެމީހުންގެ އިސްކޮޅާއި ބިޔަކަން ފެނުނު މީހަކުވެސް ޖެހިލުންވާނެއެވެ. އަރީންގެ "އިގޯ" އާއި އޭނަގެ ބޮޑާކަން ވެއްޔާއި މޮޑެވިގެން ހިގައްޖެއެވެ.

ކައިޒާންއަށް އެގެއާއި ހަމަޔަށް އާދެވުނީ އެ ހާދިސާ ހިނގިތާ އިރުކޮޅެއްފަހުންނެވެ. ނާޔަލްއާއި ކެމީލާގެ ދިރިއުޅުމާއި ވީހާވެސް ދުރުން އުޅެން ނިންމައިގެން ހުއްޓަސް ނާޔަލްގެ އެންމެ ފަހު ދުވަސްކޮޅުކަމުން ދެކެން ދާން މަޖުބޫރުވިއެވެ. ހިތާއި ދެކޮޅަށް ނަމަވެސް ހެވެވެ. މަގުމަތިން ދިމާވީ މާކަސްއާއެވެ. ކައިޒާންގެ ބޮޑީގާޑުކަމުން މާކަސް ވަކިކުރުމަށްފަހު ގެނައި ޒުވާނާއާއިއެކު އުޅޭކަށް ކައިޒާންއަށް ފަސޭހައެއް ނުވިއެވެ. ދެދުވަސްތެރޭ އޭނަ ކަނޑާލައިފިއެވެ. މާކަސް ނޫން އެހެން މީހަކަށް އޭނަގެ އަނދިރިފަރާތް އެނގެން ބޭނުންނުވީއެވެ. އޭނަ ހަގުރާމަކުރަމުންދާ ޖޯންފަދަ ޝައިތާނުންތަކުގެ ހަގީގަތް މާކަސް ނޫން އެހެން މީހަކަށް އަންގާކަށް ހިތް ގަބޫލެއްނުކުރިއެވެ.

"ކައި......އާ ޔޫ އޯކޭ؟ ޑިޑް ޔޫ މިސް މީ؟ " މާކަސް ކައިޒާންގެ ކޮނޑުގައި އަތް ބޭއްވިއެވެ.

"އައި ހޭވް ފަޔާޑް މައި ބޮޑީގާޑް....ބިކޯޒް. ހީ ޑަޒަންޓް ނޯ މީ. ހީ ކާންޓް އަންޑަސްޓޭންޑްމީ........" ކައިޒާން މާކަސް ފިޔަވާ އެހެން މީހަކަށް އޭނަ އިތުބާރުނުކުރާކަމަށް ނުސީދާކޮށް ބުނެލިއެވެ.

"އައި ނޯ ބްރޯ. ކައިއަކަށް އެހެން މީހަކަށް ޓްރަސްޓް ނުކުރެވޭނެ. އަބަދަށް އެކީ އުޅުނުމީހާއަށް ނޫނީ ޖޯންމެންނާއި ޑީލެއް ނުކުރެވޭނެ. އަހަންނަށްވެސް އެހެން ޖޮބެއްގައި ހުންނާކަށް ފަސޭހައެއްނޫން. ކައިގެ އާންޓްއާއި ރިލޭޝަނަކަށް ދިޔައީމަ ކައިގެ ޖޮބުން ވަކިވާން ޖެހުނީ. އާންޓް މިހާރު އަހަންނާއި ވާހަކައެއް ނުދައްކާ. ޖަސްޓް ލައިކް ދެޓް އަހަރެމެން ބްރޭކް ވެއްޖައިން. އައިމް ފްރީ ނައު. ކައި. ޓޭކް މީ ބެކް. އަހަންނަށް މިވަގުތުވެސް ޖޮބެއް މުހިއްމު. އޭޒް އެ ސަން ފާދާ އެންޑް އެ ބްރަދާ ރެސްޕޯންޒިބިލިޓީސް ތަކެއް ހުންނާނެކަމަށް އަހަރެން ދެކެން......." މާކަސް އާއި ކައިޒާން އެކީގައި ހިނގަމުންގޮސް ގޭގެ ފެންޑާއާއި އަރާހަމަވިއެވެ. ކައިޒާން އިސްތަށިގަނޑުގައި ހަރުލާފައިވާ ސްނޯކޮޅުތައް ފޮޅާލިއެވެ. ފިނިކަން ގަދަކަމުން އަނގައިން އާވި އަރައެވެ.

"މާކް. އައި ވިލް ގިވް ޔޫ އެ ޗާންސް. އެކަމަކު ބައެއް ކަންތައްތަކުގައި އިތުބާރުކުރަން ފަސޭހައެއް ނޫން. އެނގޭތަ؟ ފުރަތަމަ ލީސާ ޖޫލް ގެނެއްސަ އަހަރެންގެ ދަރިއެކޭ ބުނީ. ޑީއެންއޭ ޓެސްޓްގެ ރިޒަލްޓް ދެއްކީމަވެސް އަހަންނަށް ޖޫލްއާއިއެކު ދަރިއެއްގެ ލޯތްބެއް ނުއުފެދުނު. ދަރިއެއްކަމަށް ބަލައިގަންނާކަށް ފަސޭހައެއްނުވި. އަދި ފުރަތަމަ ފަހަރަށްވެސް ލީސާއާއި މާކްއާއިމެދު ޝައްކެއްކުރެވުނު. ދެމީހުންގެ ސިއްރު ނަޒަރެއް ފާހަގަކުރެވުނު. އަހަރެންވެސް އެހާ ގަމާރެއްނޫން. އެހެންވެ މާކްއާއި އަހަރެންގެ ޑީއެންއޭ އިން ޖޫލްއާއި ދިމާވަނީ ކާކުތޯ ބަލަން އަހަރެން ޓެސްޓްކުރުވީ. އިޓް މެޗްޑް ޔޯސް. މާކް ސިއްރުކުރީމަ އަހަރެންވެސް ނޭގޭކަމަށް ހެދިގެން ހުރީ. ޖޫލްގެ އަހަރެންގެ އެއްވެސް ސިފައެއް ނެތް. މާކްއަކީ ޖޫލްގެ ބައްޕަކަން އެނގުނީމަ ހިތަށް ހަމެޖެހުމެއްލިބުނު. މާކްގެ ބެލުމުގެ ދަށުގައި ގިނައިން ޖޫލް ބެހެއްޓުމުގެ ސިއްރަކީ އެއީ. ޖޫލްގެ ބައްޕައާއި ނޫންތަ ޖޫލް ކްލޯޒްވާން ޖެހެނީ؟" ކައިޒާންގެ ވާހަކަތަކުން މާކަސް ކޮންމެވެސް ވަރަކަށް ރަކިވިއެވެ. އެކުވެރިޔާ އެހާ ބޮޑަށް އޮޅުވައިލެވުނީތީ އެކަމާއި އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ.

"ބަޓް އޭޒް އެ ސިކިއުރިޓީގާޑް ޔޫ ވާ ދަ ބެސްޓް. އެކަކަށްވެސް މާކްއަށްވުރެ ކުރިއެއް ނުހޯދޭނެ. އެހެންވެ ސިކިއުރިޓީ ބްރީޗް ވާކަހަލަ ކަމެއް ހިންގާފައި ނެތީމަ އިތުރު ޗާންސެއް ދޭނަން. މިފަހަރު އެއްވެސް ކަމެއް އޮޅުވާނުލާ. ޑޯންޓް ކީޕް މީ އިން ޑާކް. ކިތަންމެ އުދަގޫވާ ކަހަލަ ސިއްރެއްވެސް ދޮގު ނަހަދާ. އުދަގޫވިޔަސް ޖެހޭނީ ޖޫލްގެ ހަގީގަތް ދުނިޔެއަށް ހާމަކުރަން. ބައްޕައަކީ ކާކުކަން ރަސްމީ ލިޔުންތަކުންވެސް އެގެންވާނެ. ނަސްލު އޮޅުވައިލުމަކީ ދީނުގައި ހުއްދަކަމެއް ނޫން. ހިލޭ މީހެއް ބައްޕައަކަށްވެގެން ނުވާނެ. ޔޫ ނޯ ވަޓް މާކް. ހަމައެކަނި ބޮޑީގާޑެއް ކަމުގައެއް ނޫން ދެކުނީ. ލައިކް އެ ބެސްޓް ފްރެންޑް. އަހަރެންގެ އަމިއްލަ ބޭބެއަށްވެސް ނޭގޭވަރަށް މާކްއަށް އަހަރެން ދަސްވީ. ފެމިލީ އެއްވެސް އެހެން މީހަކަށް ދަސްނުވާވަރަށް......." ކައިޒާން މާކަސްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ކިތަންމެ ރީތި ލޮލަކަށް ވިޔަސް އެލޮލުން ރިހުމާއި އެކަނިވެރިކަން ފާޅުވާން ހުއްޓެވެ. ޚާއްސަކޮށް ލޯބީގައި ނާކާމިޔާބުވާން ޖެހުމުން ކައިޒާންގެ ދުނިޔެ ނިމުމަކަށް އައިސްފައިވާކަން މާކަސް ދަނެއެވެ. ނާޔަލް ކައިޒާންގެ ލޯބި ޖަހައިގަތީއެވެ.

"އައިމް ގްލޭޑް ޔޫ އާ ބެކް." ކައިޒާން މާކަސްއާއި ސަލާމްކޮށްލިއެވެ.

ދުނިޔެއަކީ ހިތި ތަނެކެވެ. ކާމިޔާބު ލިބިފައިވެސް ބަދަލުވާން ނަގާނީ ސިކުންތުކޮޅެކެވެ. ނާޔަލްއަށްވެސް ކައިޒާންގެ ހިތް ހަލާކުކޮށްގެނެއް ކުރިއެއް ނުހޯދުނެވެ.

ކޮޓަރިއަކަށް ވަދެ ފިނިފެނުން މޫނު ދޮވެލާހެދުމުން ރޮއިފަ ހުރިކަމުގެ އަސަރު ލޮލުން ކުޑަވިއެވެ. ތަފާތު ޚިޔާލުތަކެއްގެ ތެރޭގައި ހުރެގެންގޮސް ކާކޮޓަރިއަށްވަން އިރު ސޯފިއާ ކޮންމެވެސް އެއްޗެއް ކައްކަން އަވަދިނެތި އުޅެއެވެ. ކެމީލާއަށް އޭނަގެ މަންމަގެ ހަރަކާތްތައް ދެކެން ހުރެވުނެވެ. މަޑުމަޑުން ގޮސް ކުޑަދޮރު ކައިރީ ހުއްޓިހުރެ ބޭރަށް ބަލަންފެށިއެވެ. އެކި ގޮތްގޮތަށް އުދުހެމުން އަންނަ ސްނޯކޮޅުތަކުން ފަޒާވަނީ ފުރާލާފައެވެ. އޭނަ ހުންނަނީ ސްނޯވެހޭ މަންޒަރަށް މޮޔަވެފައެވެ. ކިތަންމެ ގިނަފަހަރު ސްނޯ ވެހުނަސް ހިތް ފުރޭވަރެއްނުވެއެވެ. ދުނިޔެމަތީގެ ކަމެއްހެނެއްވެސް ހިޔެއްނުވެއެވެ.

"އަދިވެސް ސްނޯ ވެހެނީތަ؟ " ސޯފިއާ ކައިރިއަށް ހުއްޓިލާފައި މަޑުމަޑުން އަހައިލިއެވެ. "ހޮޓް ޗޮކްލެޓެއް ބޯލާ........................"

"ތެންކިއު..." ކެމީލާ އެތަށި އަތުލިއެވެ. ހަގީގީ މަންމަ އެނގުމުން ހިތުގައިވި ޝަކުވާއާއިއެކުގައި ލޯބިވެސް ހިނގައިގަތެވެ. ނަމަވެސް އޭނަ ސޯފިއާއަށް ހިތުގައިވާ ޝުއޫރު އެހާ ފަސޭހައިން ހާމައެއްނުކުރާނެއެވެ. ދޮންމަންމައެއްގެ ނުބައިކަން ތަޖުރިބާކުރަން ޖެހުނީ ސޯފިއާގެ ސަބަބުންނެވެ. ސައިކޮލޮޖީ ކޯހެއް ހަދަމުންދާ ކުއްޖަކަށްވެފައި މަންމަގެ ބަލި ދެނެގަންނަން ނުޖެހޭނެހެއްޔެވެ؟ ހަމައެކަނި ވިސްނަންވީ ލޯބިވެރިޔަކަށް ދިމާވި ނަފްސާނީ މައްސަލަތަކާއިމެދު ހެއްޔެވެ؟ ނުވަމަސްވާންދެން އެތައް ބުރަތަކެއް އުފުލާ ދުނިޔެއަށް ގެނައުމުގައި މެދުވެރިވި މަންމައަށް ދިމާވީ ކޮންކަމެއްކަން ދެނެގަންނަން ނުޖެހޭނެހެއްޔެވެ؟ ދީނުގައި މައިމީހާއާއި ދޭތެރޭ ކަންތައް ކުރަން އޮތްގޮތަކީ މިއީހެއްޔެވެ؟ ގުރުއާނުގައިވާ އެކި އާޔަތްތަކުގެ މާނަ ހަނދާންވުމާއެކު ކެމިލާގެ ގައިން ހީބިހި ހަލުވާލައިފިއެވެ. މަންމައަކީ އެހެން ދީނެއްގެ މީހަކަށްވިޔަސް ހެޔޮކޮށް ހިތަން އަންގަވާފައިވިއެވެ.

"ޔަމީ........." ކެމީލާ ކުޑަކޮށް ހިނިތުންވެލަމުން އޭނަގެ މަންމަގެ މޫނަށް ބަލައިލިއެވެ.

"ކޮންކަމެއް ކޮށްދޭންވީ؟ ނާޔަލް އެހާ ބަލިވީމަ މަސައްކަތެއްކުރާ ހިތް ނުވެސް ވޭ އެކަމަކު މެއިޑެއް ލިބެންދެން އައި ހޭވް ޓު ހެލްޕް އައުޓް...."

"ވަޓް؟ މެއިޑެކޭ؟ " ސޯފިއާ ހައިރާންކަން ފައުޅުކުރިއެވެ.

"ނާޔަލްގެ އޯޑަރެއް. ޔޫ އާ ހިޒް މަދާ އިން ލޯ ޓޫ. އެހެންވެ ނާޔަލް ބޭނުމެއްނުވޭ އެއްވެސް މަސައްކަތެއްކުރުވަން. ނާޔަލްވެސް ދެރަވާނެ މައިދައިތަ ލައްވާ މަސައްކަތްކުރުވަން................" ކެމީލާގެ ޖުމްލަ މެދުކެނޑުނީ ފަހަތުން މާކަސްގެ އަޑު އިވުމުންނެވެ.

"ދޯ ސިސް. މަންމަގެ ކައިރީ ކުރިންވެސް ބުނެފީމެ މަންމަ މެއިޑެއްގެ ގޮތުގައި މަސައްކަތްކުރުވާކަށް ބޭނުމެއްނޫނޭ. ބިލިއަނަރ ސަން އިންލޯ އަކަށް ނުވިޔަސް އަހަންނަކީވެސް މަންމަގެ ފިރިހެންދަރިއެކޭ. އަހަރެންވެސް މަންމަ ކުއީން އެއްފަދައިން ގެންގުޅެފާނަން......" މާކަސް ގޮނޑިއެއް ދަމާލައިގެން އިށީނެވެ. މަންމައާއި ކޮއްކޮ އެއްތާކުން ފެނުމުން އުފާވެރި އިހުސާސްތަކުން ހިތް ފުރާލައިފިއެވެ. އޭނަގެ އާއިލާގައި މަންމައާއި ކޮއްކޮ އަދި ދަރިފުޅު ޖޫލް ހިމެނޭއިރު އެ ތިން އަންހެނުން ބެލުމުގެ ޒިންމާ ކޮނޑުގައި އަޅަން އޭނަ މިހިރީ ތައްޔާރަށެވެ. ސޯފިއާ ހެވިފައި ހުރެ މާކަސްގެ ކުރިމަތީގައި ހުރި މޭޒުމަތީގައި އާވި އަރަ އަރާހުރި ކޮފީއެއް ބެހެއްޓިއެވެ. ސޯފިއާވެސް ލާޓޭއެއް ތައްޔާރުކޮށްލުމަށްފަހު އިށީނެވެ. ސޯފިއާ ދެކުދިން ކައިރިން މާފަށް އެދުނެވެ. މަންމަގެ ނަފްސާނީ މައްސަލަތަކެއް ހުރުމުގެ ސަބަބުން ދެކުދިންނާއިމެދު އިހާނެތިކޮށް ހެދުނުކަމަށްޓަކާ އެކަމާއި ދެރަވާކަމަށާއި ދުވަހަކު އަމިއްލަ ނަފުސަށް މާފުނުކުރާނެކަމުގައި ބުންޏެވެ. ކެމީލާ މަޑުމަޑުން ހިނގާލާފައި އައިސް ސޯފިއާގެ ކަނދުރާއަށް އަތް ވައްޓައިލިއެވެ.

"މަންމާ. ވަރަށް އުފާވެއްޖެ ހަގީގީ މަންމައަކީ ތަމަންނާ ނޫން އެހެން މީހަކަށް ވީމަ. މޮޅު ޝާހީ މަންމައެއް ނޫން ބޭނުމީ. ލޯބިވާނެ ރަގަޅު މަންމައެއް. މަންމަ ކަމުގައި ދެކުނު މީހާގެ ފަރާތުން އެއްވެސް ހަމްދަރުދީއެއް ލޯތްބެއްނުލިބުނު. އެއީ މަންމަހެއްޔޭ ހިތަށް އެރި އަދަދެއްވެސް ނޭގޭ..."ކެމީލާ އޭނަގެ މަންމައާއި ހަތަރުކަޅި ހަމަކޮށްލަމުން ހީލިއެވެ. މާކަސްއާއި މަންމަ ބައްދަލުވީއިރު ޖަޒުބާތީވީވަރާއި ދެމީހުން ރުއިވަރު ކެމީލާ ހަދާން އެބަހުއްޓެވެ. އޭނަވެސް ބޭނުންވަނީ މަންމަގެ މޭގައި ބޯ އަޅާލައިގެން ރުއިމަށެވެ. ހިތުގައިވާ އުދާސްތައް ބޮޑުވެގެން ހިތްފަޅައިގެންދާވަރު އެބަވެއެވެ. ނަމަވެސް ޖަޒުބާތުތައް ކޮންޓްރޯލް ކުރަން އޭނަ ކެނޑިނޭޅި މަސައްކަތްކުރަނީ ނާޔަލް ބުނިފަދައިން ހިނިތުންވުންތަކުންނެވެ.

ނާޔަލްގެ ހަށިގަނޑުގެ އެއްފަޅި ހަރަކާތްކުރުން ކުރިއަށްވުރެ ގޯސްވިއެވެ. އެވަރުންވެސް ފުރޮޅުލީގޮނޑީގައި ގަސްތަކުގެ ތެރޭ ދުއްވާލަން ދާން ނާޔަލް ބޭނުންވެއެވެ. އެންމެ ފަހު ދުވަސްތަކުގާވެސް ކެމީލާއާއިއެކު ހަނދާންތަކެއް ވުމަށެވެ. ކެމީލާއަށް ވަގުތު ދޭށެވެ. އެކަހެރި ތަނެއްގައި މަޑުކޮށްލައިގެން އަތު ގުޅުވާލައިގެން ތިބެ އެކި ވާހަކަތައް ދެއްކިއެވެ. ހުރިހާ ޚިޔާލުތައް އެއްފަރާތް ކޮށްލާފައި ހިނިތުންވެ އުފާވެރިކަމާއިއެކު އެވަގުތުކޮޅުތައް އެކީ ހޭދަކޮށްލައެވެ. ދުވާލު ނާޔަލްގެ ޑޮކްޓަރުންނާއި އެކުވެރިން އަދި އާއިލާވެސް ކައިރީގައި ތިބޭއިރު އޭނައަށް ބޭނުންހާ ފުރުސަތެއް ނުހޯދޭނެއެވެ. ފަރުޒާން އަދި އޮންކޮލޮޖިސްޓް ޒެވިއެލް އަދި ރިވާމެންފަދަ ޑޮކްޓަރުންނާއި ފިޒިއޯތެރަޕީފަދަ ޚިދުމަތަށް ފިޒިއޯތެރަޕިސްޓެއް ނާޔަލްއާއިއެކު ގިނަ ވަގުތު ހޭދަކުރެއެވެ. ނާޔަލްގެ ސިކުނޑީގައިވާ ޓިއުމަރު ހަލުވިކަމާއިއެކު ސިކުނޑިތެރެއަށް ފެތުރި ހަށިގަނޑުގެ ހުރިހާ ކޮންޓްރޯލްތަކެއް ނެތިކުރަމުންދާއިރު ބައެއްފަހަރު ބޮލުގައި ރިއްސާ ބޮލަށް އެނބުރުން އަރާ ހޮޑުލެވެއެވެ. ފަހަކަށް އައިސް ގިނަވަގުތު ވަރުބަލިވެގެން ނިދާފައެވެ. އެހުރިހާ އަސަރުތައް ކުޑަކުރަން ގިނަ ބޭސްތަކެއް ކާން ޖެހެއެވެ. ނަމަވެސް ދިރުވާލަން އުދަގޫވާތީ ސިރިންޖަކުން އަޅަންޖެހެނީއެވެ. ނަތާލީވެސް ހާބަލް ހިޖާމާފަދަ ތެރަޕީތައް ގަވައިދުން ކުރުވައެވެ. ނާޔަލްގެ ތާޒާ މޫނުމަތި އަދި ހިނިތުންވުންތަކުން ރަގަޅުވާކަމުގެ އުއްމީދު ގެނުވާއިރު ހަގީގީ ހާލަތު އެނގެނީ އޭނަގެ ޑޮކްޓަރުންނަށެވެ. ނަތާލީ ބައެއްފަހަރު ކުޑަކޮށް ބޯ ގޯސްވެފައިވާ ވައްތަރަށް އުޅެވެނީވެސް އެހެން މީހުން އުއްމީދު ކަނޑާފަދަ ގޮތަކަށް ވާހަކަދައްކާތީއެވެ. ފަރުދާތައް ދަމާލިޔަސް ގޮސް ކަހާލަފާނެއެވެ. ނާޔަލްއަށް ކާންދޭން މަސައްކަތްކުރާނެއެވެ. މީހަކު އެއްޗެކޭ ބުނެފިއްޔާ ރުޅިގަދަވެގެން ހަޅޭއްލަވައިގެންފައި އިރުކޮޅަކުން ވިސްނިގެން މައިތިރިވެދާނެއެވެ.

"ލައިޓް ފަނޑުކޮށްލާފައި ސޮފްޓްކޮށް ގުރުއާން ޖަހާފައި ދެން ތިއުޅެނީ އަހަރެމެންގެ ކުޑަ ދަރިފުޅު މަރުވަނީކަމަށް ހަދަންތަ؟ ބަލިވީމަ ބާއްވަން ޖެހެނީ ގޭގައިތަ؟ މަރުވާނެ އިރެއް އެއްވެސް މީހަކަށް ނޭގޭނެ. ބަލިކަމަށް ހަދަންޏާ ބަލިވާނީ. ހީއިޒް ސްޓްރޯންގް މައި ބޯއި އިޒް ސްޓްރޯންގް.. ދަރިފުޅާ ތެދުވޭ. ހިނގާފައިވެސް އުޅެވޭނެ......." ކެމީލާ ނާޔަލްގެ އަތުގައި ހިފައިގެން އިންދާ އަތް ނައްޓުވާފައި ނާޔަލްގެ ބޯދަށަށް އަތްލައްވާފައި ނަގަން މަސައްކަތްކުރިއެވެ.

"އިޓްސް އޯކޭ މަމް. ވޯންޓް ޓު ސްލީޕް... ސްލީޕީ. ލަވް ޔޫ މަމް.." ނާޔަލް އެސްފިޔަތައް ހުޅުވައިލަން މަސައްކަތްކުރިއެވެ. ނާޔަލް ބުނި އެއްޗެއް ކިރިޔާ ދޭހަވިކަމެވެ.

"ޔޫ ވިލް ބީ ފައިން ގޯޑް ވިލިން............." ނަތާލީގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ނާޔަލްގެ ނިތްކުރީގައި ބޮސްދިނެވެ. "ސްލީޕް ޓައިޓް މަންމަ ޑާލިން އެންމެ ލޯބިވާ ދަރިފުޅު.."

ނާޔަލް ފަނޑުގޮތަކަށް ހިނިތުންވެލަމުން ފުން ނިންޖަކަށް ގެނބުނެވެ. ގިނަވަގުތު ނިދާފައި އޮތުމާއި ތަދު އިހުސާސްނުވާކަމީ މިވައްތަރު ކެންސަރުން ބަލިމިހާއަށް ލިބިދޭ ފަސޭހައެކެވެ. ނާޔަލް ހެޑްސެޓް އަޅައިގެން އޮވެ ގުރުއާން އަޑުއަހަނީ އެކަމުން ރޫހާނީ ހިތްހަމަޖެހުމެއް ލިބޭތީއެވެ. ހޭލެވޭ ކޮންމެ ގަޑިއެއްގައި ނާޔަލް އަމިއްލައަށްވެސް ހެޑްސެޓް އަޅައިގެން ގުރުއާންއަޑު އަހައިލައެވެ.ވަށައިގެން ފެންނަ މާޔޫސީ މޫނުތަކަށް ބަލައިލުމުން ދެރަވެފައި ނާޔަލް އެންމެން ކައިރީ އެދެނީ ދެރަނުވުމަށެވެ. ހެއްދެވި ފަރާތާއި ބައްދަލުކުރުމަކީ ކޮންމެ މީހަކަށް އޮތް ދުވަހަކަށްވާއިރު އެދުވަހަށްޓަކާ ތައްޔާރުވާންވީ ނޫންހެއްޔެވެ؟ ނާޔަލްގެ ހިތާމައަކީ އެކަމަށް ލަސްވެވުނުކަމެވެ. އެފަދަ ނަސީބެއް ނުލިބުނުކަމަށްޓަކައެވެ.

ނަތާލީ ބެލްކަންޏަށް ނުކުމެފާ ބޭރަށް ބަލައިލިއެވެ. ފެނުނު މަންޒަރަކުން ނޭވާ އެތެރެހަށީގައި ތާށިވެއްޖެއެވެ. ނާޔަލް ދުނިޔެއާއި ވަކިނުވަނީސް އެހާލުގައި އޮތްވާ ކެމީލާ ކައިޒާންއާއި ބައްދަލުކުރީހެއްޔެވެ؟ އަތަށް އެލެއްވީ ކޯންޗެއްހެއްޔެވެ. ލޯބީގެ ނޯޓެއްކަން ނޭގެއެވެ. ދެމީހުން ދެއްކި ވާހަކަތަކެއް ސާފެއްނުވިއެވެ. ނަމަވެސް އެގޮތަށް ސިއްރުން ދެމީހުން ބައްދަލުކުރަންވީ ސަބަބެއް ވިސްނުމަކަށް ނައެވެ. ރުޅިވެރިކަމާއިއެކު ތުން ފިތައިލެވުނެވެ. ނާޔަލްއަށްޓަކާ އޭނަ ކެމީލާއަށް މާފުކޮށް ހިތް ސާފުކުރިއެވެ. އަމިއްލަ އަންހެންދަރިފުޅަށް އޮތް މަގާމު ނުދެވުނަސް ހިތުން ޚާއްސަ ޖާގައެއް ދިނެވެ.

ކާކޮޓަރިއަށް ވަދެ ކޮފީއެއް ތައްޔާރުކޮށްލައިގެން ކުޑަދޮރު ކައިރީ ޖައްސައިލިއެވެ.

ދިހަވަރަކަށް މިނިޓްފަހުން ކާކޮޓަރިއަށް ކެމީލާ ވަންތަން ފެނުނެވެ.

"އަދިވެސް ތިކަން ހުއްޓާލާކަށް ނުވޭތަ؟ " ނަތާލީގެ އަޑުގައިވީ ހަރުކަށިކަމެކެވެ. ކެމީލާ ބަލައިލީ ނޭގިގެން ސުވާލުގެ ނަޒަރަކުންނެވެ.

"އަހަރެންގެ ދެލޮލުންނޭ ދުށީ. ތިއައީ ކައިޒާންއާއި ބައްދަލުކޮށްފަ. އެވެސް ސިއްރުން. ގޭގެ ބެކްޔާޑުގައި....." ނަތާލީގެ ދެލޮލުން އަލިފާނުގެ ކުލަ ފެނުނެވެ. އެތައް ދުވަހަކަށްފަހު އެލޮލުން ރުޅިވެރިކަމުގެ އަލިފާން އަންދަން ފެށީއެވެ.

ކެމީލާ އަށް ލިބުނު ސިހުމާއިއެކު ޚިޔާރުކުރީ ހިމޭންކަމެވެ.

"ނާޔަލް މަރުވީމަ ކައިޒާންއާއި އިންނަން ނިންމައިގެންތަ ތިހިރީ؟ " ނަތާލީ ސުވާލުކުރިއެވެ.

"ނާޔަލް މަރުނުވެފައި ދޯ ތިހުންނަނީ؟ " ކެމީލާގެ ހިމޭންކަމުން އުދަގޫވެގެން ނަތާލީ ތަންކޮޅެއް ބާރަށް ބުނެލައިފިއެވެ.

"މަންމާ....."ކެމީލާއަށް ގޮވާލެވުނެވެ. ދުވަހަކުވެސް އެހާ ރުޅިން ބާރަށް ގޮވައިލި ކަމެއް ނޭގެއެވެ.

"ރުޅިއަޔަސް ހިތުގައިވާ އެއްޗެއް އެނގިއްޖެ. ނާޔަލް އިރާދަކުރެއްވިއްޔާ އަދި ރަގަޅުވާނެ. ހީޒް ސްޓްރޯންގް. ހިޒް ފޭސް ލުކްސް ފްރެޝް އަދި އަބަދު ސްމައިލް އޮން ހިޒް ލިޕްސް. އަހަރެމެންގެ ހޮސްޕިޓަލުގެ ރިސާޗް ސެންޓަރުން ގްލިއޯބްލާސްޓޯމާއަށް ފުދޭވަރެއްގެ ރަގަޅު ފަރުވާއެއް ހޯދިއްޖެ. ނާޔަލްއަށް އެމީހުން އެކްސްޕެރިމެންޓް ޑްރަގްދޭން ފެށިކަން އެނގޭތަ؟ ހީޒް ގޯނަ ބީ ފައިން. އޭރުން ކަލޭމެންގެ ތި މަކަރުވެރިކަން ނާޔަލްއަށް ބަސްޓްވާނީ. މާ އިނޮސެންޓް އަންހެނަކަށް ހެދިފަ ހުރިއިރު ޗީޕްކަމުގެ އިންތިހާ. ނާޔަލްއަށް ތި ރީތި ސިފަތަކުގެ ފުރަގަހުގައިވާ ޑެވިލް އެނގޭ ދުވަހަކަށް ވާގޮތް ބަލާނަން. ކައި އަކާއިވެސް އިންނާކަށް ލާހިކެއްނޫން. ބަލަ އެވެސް ނާޔަލްފަދައިން މަގޭ ދަރިއެއްފަދަ ކުއްޖެކޭ. އެވަރު ނޭގޭތަ. ބޭވަފާތެރި...." ނަތާލީގެ ބަހުގެ އެތައް ހަމަލާތަކުން ކެމީލާގެ ހިތަށް އަނިޔާވިނަމަވެސް އޭނަ ކެތްތެރިވިއެވެ. ހިޒް ގޯނަ ބީ ފައިން އޭ ބުނުމުން އިންޝާﷲވެސް ކިޔައިލެވުނެވެ.

"މަންމާ އިޓްސް ނޮޓް ލައިކް ދެޓް. ކައިޒާންއަށް އޭނަ ދީފައި އޮތް އަނގޮޓި ދިނީ. އޭނައާއި އޮތްހާ ގުޅުމެއް ކަނޑައިލީ. ބޭނުމެއްނުވޭ އެއްވެސް ހޯޕެއް އިތުރު މީހަކަށް ދޭން. މިހިތުން އިތުރު އެއްވެސް މީހަކަށް ޖާގައެއް ނެތް. ހަމައެކަނި ލޯބިވާ މީހަކީ ނާޔަލް. އިތުރު ފިރިހެނަކު ހަޔާތަކަށް ނާންނާނެ. މަންމަ ތިގޮތަށް ޝައްކުކުރަމުން އުޅުނަސް ނާޔަލް ޝައްކެއްނުކުރާނެ ތެދުވެރި ލޯބިވަންޏާ އެންމެ ކުރިން އިތުބާރުކުރާނީ. ފެންނަ މަންޒަރަކަށް މީހަކު ބުނާހާ އެއްޗަކަކީ ހަގީގަތަކަށް ނުވެ ހިގައިދާނެ......" ކެމީލާ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ.

ކެމީލާ ތެދުވެގެން ބާރު ބާރަށް ހިނގާފައިގޮސް ލޯ މަތިން ގެއްލުނެވެ.

ނަތާލީ އިނީ ހައިރާންކަމާއެކު ބަލާށެވެ. ކެމީލާ އެންމެ ފަހުން އެބުނި ޖުމްލަތަކާއިމެދު ފުންކޮށް ވިސްނާން ޖެހުނެވެ.

ކައިޒާން ކާރަށް އަރާފައި ސީޓު ބެލްޓް އެޅުވިއެވެ. ކެމީލާއަށް އޭނަ ދިން ފޯނާއި އެހެން ސާމާނުތައް ހުރި ކޮތަޅު ދީފައި އެންމެ ފަހުން އަތަށް ލެއްވި އަނގޮޓި އަދިވެސް މުށުތެރޭގައެވެ. ލޮލަށް ކަރުނަ ޖަމާވީ ކީއްވެކަމެއް ނޭގެއެވެ. މޭގައި ރިއްސައިލިއެވެ. މިފަހަރު ލޮލުން ފޭބި ކަރުނަތައް ހަމައެކަނި އަމިއްލަ ނަފުސަށްޓަކައެއް ނޫނެވެ. ނާޔަލްއާއި ކެމީލާއަށްޓަކައެވެ. ކެމީލާ އަނބުރާ ދިން އަނގޮޓި ދޭނެ އެހެން ޚާއްސަ ފަރާތެއް ދުވަހަކު ހަޔާތަށް އަންނާނެކަމެއް ނޭގެއެވެ. އެއީ ވާނެކަމެއް ނޫނެވެ. ކެމިލާއަށްޓަކާ ހިތުގައި ވި މަތިވެރި ލޯތްބަށް ދުވަހަކު ނިމުމެއް ނާންނާނެއެވެ. ނަސީބުގައި ލިޔުއްވާފައި ނެތުމުން ކެމީލާގެ ލޯބި ކާމިޔާބުކުރެވިފައިވެސް އެހެން ފަރާތަކަށް ދިޔައީއެވެ.

"އެޓްލީސްޓް މިރެކްލްއަކުންވެސް ނާޔަލް ސަލާމަތްވާނެނަމަ...."

ކައިޒާންގެ އެދުމަކީ އޭނަގެ އުމުރު ނާޔަލްއަށް ދެއްވާ ނާޔަލް ސަލާމަތްކޮށް ދެއްވުމެވެ.

އެހެންވެސް ވެދާނެއެވެ. އެ އާއިލާއިން ފަންޑްކުރާ ހޮސްޕިޓަލަކުން ސައިންޓިސްޓުން ކެނޑިނޭޅި ކެންސަރަށް ފަރުވާ ހޯދުމުގައި އުޅެއެވެ. ކޮންމެ ބައްޔަކަށްވެސް ޝިފާ ދެއްވާ ފަރާތެއްވެއެވެ. އެބައްޔަށްވެސް ފަރުވާއެއް އޮންނާނެއެވެ. ޓެކްނޮލޮޖީގެ ގޮތުން މިހާ ކުރިއަރަމުންގޮސް އެތައް ގުނަވަންތަކެއް ބަދަލުކޮށް އެތައް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދާއިރު ގްލިއޯބްލާސްޓޯމާއަށްވެސް ފަރުވާއެއް އޮންނާނެއެވެ. އަދި ނުހޯދެނީއެވެ. ހޯދޭނެއެވެ. އެތައް މިލިއަން ޑޮލަރު ޚަރަދުކޮށްގެންވެސް ފަރުވާއަކާއި ހަމަޔަށްދާން އެ އާއިލާއިން ބޭނުމެވެ. ޚާއްސަކޮށް ނާޔަލްއަށްޓަކައެވެ.

"ކިލް ޔޯ ސެލްފް ނައު ލޫޒާ....." ކައިޒާންގެ ސިކުނޑިއަށް މަޑުމަޑުން އެހެން ފަރާތެއް ބާރު ފޯރުވަންފެށިއެވެ. އަމިއްލައަށް މަރުވުމުގެ ނުބައި ޚިޔާލު ހިތުގައި ހިނގައިގަތުމުން ކައިޒާން ކާރުން ފޭބިއެވެ.

"ޔަ އައި ވޯންޓް ޓު އެންޑް ދިސް ޕެއިން.." ތާޒާ ސްނޯމަތީގައި ބޫޓުގެ ނިޝާންތައް ދޫކުރަމުން އުސް ދިމާލަކަށް ހިނގައިގަތެވެ. އިތުރު އެހެން ޚިޔާލެއް އެހިތުގައި ނެތެވެ. ވީހާވެސް އުސްތަނަކުން ފުންމާލައިގެން އަބަދު އަބަދަށްޓަކާ ސްނޯ ތެރޭ ވަޅުލެވިގެން ދާނީއެވެ. ކައިޒާންގެ ފިޔަވަޅުތައް އަވަސްވިއެވެ. ސްނޯއިން ގޮފިތައް ލެނބިފައިވާ ގަސްތަކުގެ ތެރެއިން ވަދެގެން ގޮސް އުސް ގާގަނޑެއްގެ މައްޗަށް އެރިއެވެ. ތިރިތިރިއަށް ދެމިގެން ގޮސްފައިވާ ރޯލިންހިލްސްތައް ބަލައިލަން ކިތަންމެހާވެސް ހިތްގައިމެވެ. ނަމަވެސް ކައިޒާންއަށް މި މަންޒަރުތައް ރީތީ ހޫނު މޫސުމްގައެވެ. ފެހިކަން ގަދަ ވިނަތަކުން ފޮރުވިފައިތީއެވެ. މިހާރު މިއޮތީ ހުދުކޮށެވެ. ގަނޑުފެނުން ފުރިފައެވެ. ހުރިހާ ދިމާލަކުން ފެންނަނީ އެކަނިވެރިކަމެވެ. ކާއިނާތުވެސް އެކަނިވެރިވެފައިވާ ފަދައެވެ. ދުނިޔެވެސް ހިތާމައިގެ ސާލު އޮޅާފައިވާފަދައެވެ. އޭނަގެ ހިތާމައިގާ ބައިވެރިވެފައެވެ. ކައިޒާން ކެމީލާގެ ފޯނަށް ގުޅިއެވެ. ވީޑިއޯ ކޯލްޖެއްސިއެވެ. ދެތިންފަހަރު ގުޅުމުން ކެމީލާ ނެގީ ކީއްވެކަމެއް ނޭގެއެވެ.

"ފެނޭތަ؟ އުފާވެއެއްނު އަހަރެން ކުރަން މިއުޅޭ ކަންތައް އެނގުނީމަ. މިއީ ކެމީލާ ބޭނުންވާގޮތަކީ. އަހަރެން ދެނެއް އުދަގުލެއް ނުކުރާނަން. މިއުޅެނީ މިތަނުން ފުންމާލަން. އޭރުން ކެމީލާ އެންމެ އުފާވާނީ. މި މަންޒަރު ލައިވްކޮށް ބަލާ..........."

"ޑޯންޓް ޑޫ ދެޓް ޕްލީޒް. ވާހަކަ ދައްކަބަލަ. ކައި. ޓޯކް ޓު މީ..............." ކެމީލާ ގެ ދެލޮލުން ހާސްކަން ފެނުނެވެ.

"އިޓްސް އޯވާ.......... " ކައިޒާން ހުރީ ހަމަޖެހިލައިގެންނެވެ. "ކޫލް"ކޮށެވެ. އޭނަ އިތުރު ވާހަކައެއް އަހާކަށް ބޭނުމެއްނޫނެވެ. އޭނައަށް ވިސްނެމުން ދިޔައީ މަރަކީ ހަމައެކަނި ހައްލުކަމުގައެވެ. ހިތަށް ފިނިކަމެއް ލިބޭނީ އަބަދަށްޓަކާ ނިދާލެވުނީމަކަމެވެ. ދީނުގައި އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެކެވެ. ރަހުމަތުން މާޔޫސްވެ އަމިއްލަ ފުރާނަ އެހާ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުމަކީ ފިނޑިކަމެކެވެ. މިދުނިޔެއާއި ވަކިވެ ދިޔަނަމަވެސް އަދި އަރާމުގައި ނިދާލެވުނީ ނޫންކަން ގަބޫލުކުރަން ޖެހޭނެއެވެ. ނަމަވެސް އެވަގުތު ކައިޒާންގެ ސިކުނޑީގައިވަނީ ޝައިތާނީ ބާރެވެ. ހެޔޮ ވިސްނުމެއް ނައީ އެހެންވެއެވެ. ކައިޒާން ހަމަޖެހިލައިގެން ހުރެ ގާގަނޑުމަތިން ފުންމާލައިފިއެވެ. ކެމީލާގެ ހަޅޭކުގެ އަޑު ކަންފަތުގައި ހަރުލިއެވެ.

(ނުނިމޭ...)

comment ކޮމެންޓް