މެންޓާ އެއާގެ ދަތުރުތައް ޑިސެމްބަރު މަހު ފަށަނީ

މެންޓާ އެއާގެ އޭޓީއާރު މަރުކާގެ މަތިންދާބޯޓު --- ފޮޓޯ/ މެންޓާ އެއާ

ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދިނުމަށް މަންޓާ އެއާގެ ހިދުމަތް މިއަހަރުގެ ޑިސެމްބަރު މަހު ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ޑޮމެސްޓިކް ތިން އެއާޕޯޓަކަށް މެންޓާގެ ދަތުރުތައް ކުރާނެއެވެ. މި ދަތުރުތައް ކުރުމަށް އެކުންފުނިން ވަނީ އޭޓީއާރު 600-70 މަރުކާގެ މުޅިން އާ ދެ ބޯޓު ގަނެފައެވެ.

މި ދެފްލައިޓުގެ ތެރެއިން ފުރަތަމަ ފްލައިޓު ނޮވެމްބަރު 12 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް މަންޓާ އެއާއިން ބުނެއެވެ. އަދި ދެވަނަ ފްލައިޓު އަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށްވެސް މެންޓާ އިން ބުންޏެވެ.

މެންޓާ އެއާގެ އޭޓީއާރު މަރުކާގެ މަތިންދާބޯޓު --- ފޮޓޯ/ މެންޓާ އެއާ

މެންޓާގެ ދަތުރުތައް އޮންނާނީ ވީއައިއޭއިން ދ. ކުޑަހުވަދޫ، ތ.ތިމަރަފުށި އަދި ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށެވެ.

https://sun.mv/110760

މެންޓާއިން ބުނީ އެކުންފުނީގެ އަމާޒަކީ ފަސިންޖަރުން ހިތްހަމަޖެހޭނެފަދަ ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް