އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ، މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މަޖިލިސް އިންތިހާބެއްގައި ދުވަހަކު ވެސް މީހުން ވޯޓު ނުލާ ވަރަށް ވޯޓުލާފައިވާ ކަމަށް. އޭނާ ވިދާޅުވި ގޮތުގައި، މިފަހަރުގެ އިންތިހާބުގައި 212،079 މީހުން ވޯޓުލި.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ އިންތިހާބުގެ 'ސަން' ގެ ލައިވް ކަވަރޭޖަށް މަރުހަބާ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާފައިވޭ. ރާއްޖޭން ބޭރުގައި އަށް ވޯޓު ފޮށި އަދި ރާއްޖޭގައި 493 ފޮށި ބަހައްޓާފައިވޭ.
ވޯޓުލުމުގެ ހައްގުލިބިފައިވާ 264،442 މީހުން އެބަތިބި މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެވޭ.
ކެންޑިޑޭޓުން ބެހިފައިވާގޮތް
- އެމްޑީޕީ - 85 ކެންޑިޑޭޓް
- ޖުމްހޫރީ ޕާޓީ - 41 ކެންޑިޑޭޓް
- ޕީޕީއެމް-ޕީއެންސީ - 46 ކެންޑިޑޭޓް
- އަމިއްލަ ގޮތުން - 174 ކެންޑިޑޭޓް
- ލޭބަ ޕާޓީ - 10 ކެންޑިޑޭޓުން
- އެމްޓީޑީ - 8 ކެންޑިޑޭޓް
- އެމްޑީއޭ - 8 ކެންޑިޑޭޓް
- އަދާލަތު ޕާޓީ - 9 ކެންޑިޑޭޓް
- ޑީއާރުޕީ - 5 ކެންޑިޑޭޓް
އިންތިހާބުގެ ވޯޓު މިއަދު އަށެއް ޖެހި އިރު ފަށާފައިވާއިރު ހަތަރެއް ޖަހާއިރު ވޯޓު ފޮށިތައް ބަންދު ކުރާނެ ކަމަށް އިލެކްޝަނުން ބުނެފައިވޭ.
ވޯޓުލާ ގަޑިތައް
- ރާއްޖެ- 08:00 - 16:00
- ސްރިލަންކާ- 08:30 - 16:30
- މެލޭޝިއާ- 11:00 - 19:00
- ޔޫކޭ - 09:30 - 17:30
- އިންޑިއާ - 08:30 - 16:30