Last Updated: 6 year 4 month ago

ސިޔާމް މައުރޫފް ސޮކާ ކަޕް 2017ގެ ފައިނަލް (ފުލްޓައިމް): ލަންދޫ 0-1 މިލަދޫ

ބުލޮގު ޚުލާސާ

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

  • ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން މާޅެންދޫގައި ކުރިއަށްގެންދާ މިމުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ލަންދުއާއި މިލަދޫ.
  • މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވާނީ އިނގިރޭސި ކާމިޔާބު ކްލަބު ޗެލްސީ އަދި އައިވަރީ ކޯސްޓް ގައުމީ ޓީމުގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ. މިދިޔަ އަހަރުގެ ފައިނަލް މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ބާސެލޯނާ އަދި ސްޕެއިން ގައުމީ ޓީމުގެ ލެޖެންޑް ކާލްސް ޕުޔޯލް.
  • ޑްރޮގްބާ އެންމެ ފާހަގަކޮށްލެވުނީ އޭނާ ޗެލްސީއަށް ކުޅުނު ދުވަސްވަރު. ޗެލްސީގައި ޑްރޮގްބާ ހޭދަކުރި ދިގު މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ކްލަބާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށްޓަކާއި، ހަތަރު އިނގިރޭސި ޕްރިމިއާ ލީގު ތަށްޓާއި، ހަތަރު އެފްއޭ ކަޕާއި، ތިން ލީގު ކަޕް އަދި ދެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައި. ޗެލްސީގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ބިދޭސީ ކުޅުންތެރިޔަކީ ވެސް ޑްރޮގްބާ.
  • ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެއް. މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރޭ.
  • ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވޭ.
  • މިމުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރާ މިލަދޫ އަދި ލަންދޫ ވެސް ވަނީ މުބާރާތުގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައި. މިލަދޫން ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ހޮޅުދޫގެ މައްޗަށް ކުރި ހޯދައިގެން. އަދި ލަންދޫން ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި ވެލިދޫގެ މައްޗަށް ކުރި ހޯދައިގެން.
18:37

މުބާރާތުގެ ޗެމްޕިއަން މިލަދުއަށް 500،000 ރުފިޔާގެ ފައިސާގެ އިނާމާއި ތަށްޓާއި މެޑެލް ހަވާލުކޮށްދިނީ ފައިނަލް މެޗުގެ ހާއްސަ މެހެމާން ޑްރޮގްބާ.

މުބާރާތުގެ ހާއްސަ މެހެމާން ޑިޑިއާ ޑްރޮގްބާ

ފުޓްބޯޅައިގައި އަބަދުވެސް މޮޅުވާނީ އެއްބަޔަކު. މިއަދު ބަލިވި ޓީމުން ވެސް ވަރަށް ރީތި ކުޅުމެއް ދެއްކި. ފުޓްބޯޅައަކީ މީހުން އެއްބައިވަންތަކޮށްދޭ ކުޅިވަރެއް. މިތަނުން ލިބުނު މެހެމާންދާރީއަށް ޝުކުރު އަދާކުރަން.
މީދޫ ދާއިރާގެ މެންބަރު ޑރ. އަހްމަދު ސިޔާމް މުހައްމަދު

މިމުބާރާތަކީ ނިސްބަތުން ބަލާއިރު އެންމެ އަގުބޮޑު ކުޅިވަރު މުބާރާތް. މިއަތޮޅުގެ ރައްޔިތުން ފުޓްބޯޅައަށް ހުންނަ ފޯރި ގަދަކަމުން އަޅުގަނޑުމެން މި އަތޮޅުގައި މުބާރާތް މި ބާއްވަނީ. އަޅުގަނޑުގެ ބޭނުމަކީ ކުރިއަށްއޮތްތަނުގައި ވެސް މިމުބާރާތް މިއަށްވުރެ ފުރިހަމަކުރުން. އެގޮތުން އަންނަ އަހަރުވެސް މުބާރާތުގެ ފައިސާގެ އިނާމުތައް ބޮޑުކުރާނަން. އަންނަ އަހަރު ޗެމްޕިއަން ޓީމަށް ހަ ލައްކަ ރުފިޔާ ހުށަހަޅާނަން. އަންނަ އަހަރު ރަނަރަޕް ޓީމުތަކާއި އެހެން ވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމުތައް ވެސް މިއަހަރެކޭ އެއްގޮތަށް ދެވިގެންދާނެ. މިމުބާރާތުގެ މަގްސަދަކީ ފޯރިގަދަކަމާއެކު ފުޓްބޯޅަ ކުޅެވޭނެ އޮއްޓަރު ހުރި ކުޅުންތެރިން އުފެއްދުން. ޑްރޮގްބާ ފަދަ ލެޖެންޑުން ފުޓްބޯޅަ ކުރިއަށް ގެންދިއުމަށްޓަކައި ގެންނަމުން މިދަނީ ފުޓްބޯޅަ އިތުރަށް ކުރިއަށްގެންދިއުމަށް. މިހާރު މިއޮތް ސަރުކާރުން މިވަނީ ރާއްޖޭގެ ރަށްތަކުގައި ފުޓްސަލް ދަނޑުތައް އަޅުއްވައި ދެއްވާފައި. އެކަމަށްޓަކައި އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ޝުކުރު އަދާކުރަން.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް

މުބާރާތުގެ އިންތިޒާމު ފުރިހަމަކަމާއެކު ގެންދިޔަ ކަމަށްޓަކައި އައްސަދު އަބްދުލް ޤަނީ، ސާންތި ކޯޗު، އާތީ ކޯޗު އަދި އަންވަރު އަބްދުލް ޤަނީއަށް ޝުކުރު ދަންނަވަން. މާޅެންދޫ ރައްޔިތުންގެ ފަރާތުން ދިން މެހެމާން ދާރީއަށް ޝުކުރު އަދާކުރަން. މިމުބާރާތަކީ މި އަތޮޅުގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ސިޔާމް ވަރަށް ބޮޑު ހޭދައެއް ކުރައްވައިގެން ކުރައްވާ ކަމެއް. މިމުބާރާތް އިތުރަށް ފުޅާކުރުމަށް ބޭނުންވަނީ ޓާފް ދަނޑެއް. މިއަދު ހާއްސަ މެހެމާނު ވެސް އިޝާރާތް ކުރެއްވި ކުޅުންތެރިންގެ އެންމެ މޮޅު ހުނަރު ނުދެއްކޭނެކަން މިފަދަ ދަނޑެއްގައި. ސަރުކާރާ ގުޅިގެން ޓާފް ދަނޑެއް އެޅުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން.
18:19

ފައިނަލް މެޗުގެ ހާއްސަ މެހެމާން ޑްރޮގްބާއަށް މުބާރާތުގެ އެއް ބާނީ، ޑރ. އަހްމަދު ސިޔާމް މުހައްމަދު ވަނީ ހާއްސަ ހަދިޔާއެއް އަރުވާފައި.

18:13

މުބާރާތުގެ ރަނަރަޕް ލަންދުއަށް 100،000 ރުފިޔާގެ ފައިސާގެ އިނާމާއި މެޑެލް ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޒުހޫރު.

18:09

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެނީ ފައިނަލް މެޗުގެ ހާއްސަ މެހެމާން ޑިޑިއާ ޑްރޮގްބާ. އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ލަންދޫގެ ހުސައިން ޖަވާދާއި، މިލަދޫގެ މުހައްމަދު މައުރޫފާއި، މިލަދޫގެ ހަސަން އަބްދުލް ސަމަދާއި، ވެލިދޫގެ ހަސަން ނިޝާން އަދި މިލަދޫގެ އަލީ ފަރީދު.

18:04

މުބާރާތުގެ 21 އަހަރުންދަށުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވިފައިވަނީ ވެލިދޫގެ އިބްރާހިމް ޒިޔާނާއި، ވެލިދޫގެ ސައިފް މުހައްމަދު އަދި ހެނބަދޫގެ މުހައްމަދު ވަހީދު. އެ ތިން ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ޑިރެކްޓަރ އޮފް ސަން ސިޔާމް ގްރޫޕް. ޑރ. އައިޝަތު ރަފިއްޔާ.

18:03

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ މިލަދޫ ޓީމުގެ ކޯޗު އިބްރާހީމް ހަލީމް (ޖަޑާ). އިނާމް ހަވާލުކޮށްދެއްވީ ކުޑަމޫސަ.

18:02

މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ މިލަދޫ ޓީމުގެ ގޯލްކީޕަރު ހަސަން އަބްދުލް ހަކީމް. އިނާމް ހަވާލުކޮށްދެއްވަނީ ރާއްޖޭގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް މޯނިންގ ސަން މޫސާ މަނިކު (ކުޑަ މޫސަ).

18:02

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މިލަދޫގެ މުހައްމަދު ލިޔާހު. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ މިލަދޫގެ ހަސަން އަބްދުލް ހަކީމް. އަދި އެންމެ މޮޅު ކޯޗަކަށް ހޮވަފައިވަނީ ހޮވިފައިވަނީ މިލަދޫ ޓީމުގެ ކޯޗު އިބްރާހިމް ހަލީމް.

18:02

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ މިލަދޫ ޓީމުގެ ފޯވާޑް މުހައްމަދު ލިޔާހް.

18:01

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ މާޅެންދޫ ޓީމު. އެ ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 25،000 ރުފިޔާ.

18:01

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ މާޅެންދޫ ފުޓްބޯޅަ ޓީމް. ފެއާރ ޕްލޭ ޓީމަށް 25،000ރ. އިނާމް ހަވާލުކޮށްދެއްވީ މުހައްމަދު މާޖިދު.

18:00

މުބާރާތުގެ ބެސްޓް ސަޕޯޓިން ޓީމަށް ހޮވިފައިވަނީ ނ. މިލަދޫ ޓީމުގެ ސަޕޯޓަރުން. އެ ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 10،000 ރުފިޔާ.

18:00

ބެސްޓް ސަޕޯޓަރުންގެ ޓީމަކަށް ހޮވުނީ ޗެމްޕިއަން ނ. މިލަދޫ ޓީމުގެ ސަޕޯޓަރުން. އިނާމަކީ 10،000ރ. ހަވާލުކޮށްދެއްވީ މާޅެންދޫ ކައުންސިލްގެ ރައީސް.

17:59

މުބާރާތް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިން ފަރާތްތައް ކަމަށްވާ، މާޅެންދޫ ކައުންސިލާއި މާޅެންދޫ ޕޮލިސް އަދި ސްޕެޝަލް އޮޕަރޭޝަންސް އަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އަލީ މައުރޫފް.

17:58

ރެފްރީންނާއި މާޅެންދޫގެ ރައްޔިތުން އަދި ސެކިއުރިޓީގެ ކަންތައްތައް ބަލަހައްޓައިދިން މޯލްޑިވްސް ޕޮލިސް ސާވިސްގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައި. އެ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މުބާރާތުގެ އެއް ބާނީ މައުރޫފް.

17:57

މެޗުގެ ރެފްރީންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މުބާރާތުގެ އެއްބާނީކަމަށްވާ އަލީ މައުރޫފުގެ ދެ ބޭފުޅުން.

17:54

މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ފަށައިފި.

17:49

އާ ކުޅުންތެރީން ތަކެއް ތިބީމަ ފައިނަލް މެޗުގައި ޕްރެޝަރު ކުރިމަތިވި، އެހެންވެ އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު. އެހެން ނަމަވެސް ވަރަށް ގިނަ ކަންތައްތަކެއް ހާސިލްވި.

17:48

މިފަދަ މެޗެއްގައި އެއްވެސް ޓީމަކަށް ރަނގަޅު ކުޅުމެއް ނުދެއްކޭނެ. ޖުމުލަ ގޮތެއްގައި ކުޅުން ރަނގަޅު.

17:47

ރަށުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނީ ވަރަށް ބޮޑު ތަރުހީބެއް. މިއީ މުބާރާތް ކާމިޔާބުކުރުމުގައި ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް.

17:46

މުބާރާތް ފެށެން ފަސްދުވަހަށް ވެފައި ވަނިކޮށް ޓީމާ ގުޅުނު ވަރަށް ރަނގަޅު ހަތަރު ކުޅުންތެރިއަކު. އޭގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބުނު.

17:45

މުބާރާތަށް ތައްޔާރުވާން ލިބުނީ ގާތްގަނޑަކަށް 20 ދުވަސް. މިއީ ވަރަށް ރަނގަޅު ކާމިޔާބެއް.

17:44

ކުރިއަށް އޮތީ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއަޔާތު.

17:43

ޗެމްޕިއަންކަން ލިބުމާއެކު މިލަދޫ ޓީމުގެ ހުރިހާ ކުޅުންތެރީންނާއި އޮފިޝަލުން އެކުގައި ޝުކުރުގެ ސަޖިދައެއް ކޮށްފި.

17:40

މެޗުގެ ދެވަނަ ހާފުގެ ދެވަނަ މިނިޓްގައި މުޙައްމަދު ލިޔާހް މިލަދޫ ޓީމަށް ކާމިޔާބުކޮށްދިން ލަނޑާއެކު މެޗު ނިމިގެން މި ދިޔައީ 1-0 އިން މިލަދޫ، ސިޔާމް މައުރޫފް ސޮކަރ ކަޕް 2017ގެ ޗެމްޕިއަންކަން ހޯދައިގެން.

17:40

މެޗު ނިމިއްޖެ.

17:39

ލަންދޫ ޓީމުގެ ރިޟްވާން މިލަދޫ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރުގެ އަތަށް.

17:39

މިލަދޫ ޓީމުގެ ލިޔާހަށް ރީނދޫ ކާޑެއް.

17:38
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން

"90 - ފުރިހަމަ ވަގުތުގެ ކުޅުން ނިމި މިހާރު ކުރިއަށް ދަނީ އިތުރު ވަގުތުގެ 2 މިނިޓްގެ ކުޅުން.

17:37

މިހާރު ކުޅެމުން މިދަނީ ފަހު ހާފުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގެ ކުޅުން.

17:35

"87 - މިލަދޫ ޓީމަށް ލަންދޫ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ލިބުނު ހިލޭޖެހުމުން ފޮނުވާލި ހަމަލާ، ކީޕަރު ދިފާއުކޮށްފި.

17:34
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
17:33

"86- މިލަދޫ ޓީމުގެ ލިޔާހް ބޯޅަ ހިފައިގެން ލަންދޫ ޓީމުގެ އޭރިޔާ ތެރެއަށް ވަންނަން އުޅެނިކޮށް، މިވަނީ ލަންދޫ ކުޅުންތެރިއަކު ފައުލުކޮށްފައި.

17:32

"84- އަނެއްކާވެސް މިލަދޫ ޓީމުން ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކޮށްފި. ލިޔާހް ބޯޅަ ހިފައިގެން އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެެރޭން ވަދެގެން ދަނިކޮށް ލަންދޫ ކުޅުންތެރީން ކޯނަރަކަށް ބޯޅަ ބޭރުކޮށްލީ.

17:30
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
17:30

"82- ލަންދޫ ޓީމަށް ލިބުނު ހިލޭ ޖެހުން ފޮނުވާލީ އެ ޓީމުގެ ކެޕްޓަން. އޭނާ ފޮނުވާލި ބޯޅަ ސީދާ ގޯލްކީޕަރުގެ އަތަށް.

17:30

މިލަދޫ ޓީމުގެ ކީޕަރު މެޗު ލަސްކުރަނީ ކަމަށް ބަލައި ރީނދޫ ކާޑެއް ދައްކައިފި.

17:29

މިލަދޫ ޓީމުގެ ގޯލްކީޕަރު ހަސަން އަބްދުލް ހަކީމަށް އަނިޔާ ލިބުމުން އޭނާއަށް ފަރުވާ ދިނުމަށް ފަހު އަލުން ކުޅުން ފަށަނީ.

17:28

"80- ލަންދޫ ޓީމުން ބަދަލެއް. ސަމާހުގެ ބަދަލުގައި ކުޅެން އެރީ ހުސައިން އަލީ.

17:27

އަނެއްކާވެސް ލަންދުއަށް ހިލޭ ޖެހުމެއް. މިލަދޫ ހާފްގެ މެދެއްހާ ހިސާބުން. ބޯޅަ ފޮނުވާލަން ރެޑީވެ ހުރީ ޔޫސުފް އަބްދުއް ރަހީމް.

17:26

"78 - ލަންދުއަށް އަނެއްކާވެސް ހިލޭ ޖެހުމެއް. މިފަހަރު ސަމާހު ފޮނުވާލި ބޯޅަ މިލަދޫ ކީޕަރު ދިފާއުކުރީ.

17:23

ލަންދުއަށް ވަރަށް ހުސް ފުރުސަތެއް. މިލަދޫގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ލަންދޫގެ މުއާވިޔަތު އަބްދުލް ރަހީމް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

17:22
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
17:21

ލަންދޫގެ މުހައްމަދު ސަމާހު ފޮނުވާލި ހިލޭ ޖެހުން ޕެނަލްޓީ އޭރިއާ ތެރެއިން މިލަދޫގެ ޑިފެންޑަރެއް ވަނީ ދިފާއުކޮށްފައި.

17:20

"72- މިލަދޫ ޕެނަޕްޓީ އޭރިޔާގެ ބޭރުން ރޮނގު ކައިރިން ލަންދުއަށް ހިލޭ ޖެހުމެއް.

17:20

މިލަދޫގެ ޕެނަލްޓީ އޭރިއާ ބޭރުން އެ ޓީމުގެ ކުޅުންތެރިޔަކު ލަންދޫގެ ހުސައިން ޖަވާދަށް ކުރި ފައުލަކާ ގުޅިގެން ލަންދުއަށް ހިލޭ ޖެހުމެއް.

17:16

"69- ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މިލަދޫގެ މުހައްމަދު ނާޖިހަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިގެން ފަރުވާ ދިނުމަށް ދަނޑުން ބާލުވައިފި.

17:14

"66- ލަންދޫ ޓީމުން ބަދަލެއް. އަހްމަދު އަފްސަލްގެ ބަދަލުގައި ކުޅެން އެރީ މުހައްމަދު ނަފްޝާން

17:13
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗުގެ ހާއްސަ މެހެމާނަކީ ޗެލްސީ އަދި އައިވަރީ ކޯސްޓްގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ --- ސަން ފޮޓޯ/ ޝާން
17:10

ލަންދުއަށް ފުރުސަތެއް. މިލަދޫގެ ޕެނަލްޓީ އޭރިއާ ބޭރުން ލަންދޫގެ އަހްމަދު ރިޒްވީން ފޮނުވާލި ހަމަލާ އަމާޒުވީ މިލަދޫގެ ކީޕަރު ހަސަން އަބްދުލް ހަކީމްގެ އަތަށް.

17:10

މެޗުގެ ފޯރި ވަރަށް ގަދަކޮށް ދަނީ. ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ދެޓީމުގެ ކުޅުންތެރީންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަ ނުޖެހުމެއް ވެސް ހިނގައިފި.

17:09

"61 - ލަންދޫއަށް ކޯނަރެއް.

17:07

"60 - އަނެއްކާވެސް މިލަދޫއަށް ލީޑު ފުޅާކުރަން ފުރުސަތެއް. ލަންދޫ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ލިޔާހަށް ލިބުނު ބޯޅަ އޭނާއަށް ކޮންޓްރޯލް ކޮށްލެވޭގޮތެއް ނުވި.

17:07

ލަންދޫން ބަދަލެއް. މުހައްމަދު ޝާފިއުގެ ބަދަލުގައި ކުޅެން ނުކުތީ ހުސައިން ޖަވާދު.

16:56

މިލަދޫން ލީޑު ހޯދައިފި. މިލަދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ލިޔާހު.

16:53

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

16:44

މިމުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވެސް ޑްރޮގްބާ ސޮއިކޮށްފައިވާ ބޯޅައެއް ހަދިޔާކޮށްފި. ބޯޅައާ ހަވާލުވީ ޓީމުތަކުގެ ކެޕްޓަނުން.

16:37
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހާއްސަ މެހެމާން ޑްރޮގްބާ މާޅެންދުއަށް އައުން --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހާއްސަ މެހެމާން ޑްރޮގްބާ މާޅެންދުއަށް އައުން --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހާއްސަ މެހެމާން ޑްރޮގްބާ މާޅެންދުއަށް އައުން --- ސަން ފޮޓޯ/ ޝާން
16:36

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން.

16:29
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހާއްސަ މެހެމާން ޑްރޮގްބާ މާޅެންދުއަށް އައުން --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހާއްސަ މެހެމާން ޑްރޮގްބާ މާޅެންދުއަށް އައުން --- ސަން ފޮޓޯ/ ޝާން
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހާއްސަ މެހެމާން ޑްރޮގްބާ މާޅެންދުއަށް އައުން --- ސަން ފޮޓޯ/ ޝާން
16:16

މިލަދުއަށް އިތުރު ފުރުސަތެއް. ލަންދޫގެ ކީޕަރު ޝާރިފް މުހައްމަދު ކުރިއަށް ނުކުތުމާއެކު، މިލަދޫގެ އަހްމަދު ހަސަން ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަނުމުގެ ކުރިން ލަންދޫގެ ޑިފެންޑަރެއް ވަނީ އެ ހަމަލާ ދިފާއުކޮށްފައި.

16:12

މިލަދޫގެ ނުރައްކާތެރި ހަމަލާއެއް. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ލަންދޫގެ ޕެނަލްޓީ އޭރިއާ ބޭރުން މިލަދޫގެ އާދަމް ނަޝާތު ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

16:10

މިމެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ކުޅިބަލަން ދަނޑަށް ވަދެފައި. ލަންދުއާއި މިލަދޫގެ ސަޕޯޓަރުން ވެސް ދަނީ ވަރަށް ފޯރިއާއެކު ސަޕޯޓްކުރަމުން.

16:09

ލަންދޫގެ މުހައްމަދު ޝާާފިއު ފޮނުވާލި ހިލޭ ޖެހުމުގެ ހުރަހަކަށްވީ މިލަދޫގެ ކީޕަރު ހަސަން އަބްދުލް ހަކީމް.

16:08

މިލަދޫގެ ހާފްގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކު ލަންދޫގެ ކެޕްޓަން ޔޫސުފް އަބްދުލް ރަހީމަށް ކުރި ފައުލަކާ ގުޅިގެން ލަންދުއަށް ހިލޭ ޖެހުމެއް.

16:07

ލަންދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، މިލަދޫގެ މުހައްމަދު ލިޔާހު ހުރަސްކޮށްލި ބޯޅަ، ލަންދޫގެ ޑިފެންޑަރުން ދިފާއުކޮށްފި.

16:05

ލަންދޫން ދަނީ ނުރައްކާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ނަމަވެސް މިލަދޫގެ ޑިފެންޑަރުންގެ ފަރާތުން ފެންނަމުންދަނީ ވަރަށް ވަރުގަދަ ކުޅުމެއް.

16:03

މިލަދޫގެ ހަމަލާއެއް. ލަންދޫގެ ޕެނަލްޓީ އޭރިއާ ބޭރުން މިލަދޫގެ އަހްމަދު އަބްދުލް ހަކީމް ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.

15:56

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ކުޅުން ނިމުނުއިރު، ދެޓީމުގެ ފަރާތުން ވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެއް.

15:47

މެޗުގެ ކުޅުން ފަށައިފި.

15:35

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ހާއްސަ މެހެމާން ޑްރޮގްބާ، މާޅެންދޫ ފުޓްބޯޅަ ދަނޑަށް އަތުވެއްޖެ. އަރިހުގައި މުބާރާތުގެ ދެ ބާނީން، ސިޔާމާއި މައުރޫފް ވަޑައިގެންނެވި.

15:11

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ މާޅެންދޫ ފުޓްބޯޅަ ދަނޑުގައި ފައިނަލުގައި ވާދަކުރާ ލަންދުއާއި މިލަދޫ ވެސް ދަނީ މެޗަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން.

15:01 އަފްރާހް އަބްދުއްރަޝީދު

ޑްރޮގްބާއަށް މަރުހަބާ ކިޔުމަށް މާާޅެންދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ނ. އަތޮޅުން ފުޓްބޯޅައަށް ލޯބިކުރާ ގިނަ ފަރާތްތަކެއް ބައިވެރިވި.

14:58 އަފްރާހް އަބްދުއްރަޝީދު

ފައިނަލް މެޗުގެ ހާއްސަ މެހެމާން ޑްރޮގްބާ މާޅެންދުއަށް އަތުވެއްޖެ. މާޅެންދޫން ޑްރޮގްބާއަށް މަރުހަބާ ދެންނެވީ މުބާރާތުގެ ދެ ބާނީން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް.