Last Updated: 7 year 9 month ago

މަޖިލީހުގެ ރައީސް މަސީހުގެ ރިޔާސަތުގައި ޖަލްސާ ފައްޓަވައި އަދި ނިންމަވާލައްވައިފި

ބުލޮގު ޚުލާސާ

ރައްޔިތުންގެ މަޖިލީހުގެ 2017 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގެ ލައިވް ކަވަރޭޖަށް މަރުހަބާ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުކޮޅުގައި އިންނަ ގޮނޑި އެ އިދާރާއިން ބޭރަށް ލައި އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުން ދަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ.

11:26 ފާތިމަތު ސައީދު

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ރިޔާސަތުގައި މިއަދުގެ ޖަލްސާ ބާއްވާ ނިންމާލާފައިވާ ކަމަށް.

11:11 ފާތިމަތު ސައީދު

މަސިޙު ރިޔާސަތުގެ އިށީދެ ވަޑައިގެން ޖަލްސާ ފެއްޓެވުމާ ގުޅިގެން، އިދިކޮޅު މެމްބަރުން ދަނީ އަޑުގަދަކޮށް މަސީހުގެ އިސްތިއުފާއަށް ގޮވަމުން

މަސީހު ރިޔާސަތުގައި އިންނެވި އިރު ރިޔާސަތު މޭޒު ވަށައިގެން ސިފައިން ވަނީ ބައިތިއްބާފައި

10:46 އަހުމަދު ސާއިލް އަލީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރިޔާސަތައް ވަޑައިގެންފި،

10:40 އަހުމަދު ސާއިލް އަލީ

މަޖިލިސް ރިޔާސަތައް މެމްބަރުން ކައިރިނުވެވޭގޮތަށް ގިނަ އަދަދެއްގެ ސިފައިން ވަށާލާފައިވާއިރު ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާއި ދޭތެރޭ ބަހުގެ ހޫނު ހަމަލާތަކެއް ދަނީ ބަދަލުކުރަމުން

10:39 މުއާވިޔަތު އަންވަރު

މިއަދުގެ ޖަލްސާއަށް އެޖެންޑާގައި ވަނީ ހަމައެކަނި މިނިސްޓަރަކާ ސުވާލު ކުރުމަށެވެ. އެއީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމާ ސުވާލު ކުރުމަށް އެޖެންޑާކޮށްފައިވާ މައްސަލަ އެވެ.

10:26 މުއާވިޔަތު އަންވަރު

އެމްއެންޑީއެފްގެ ސެކިއުރިޓީން މިހާރު ވަނީ މަޖިލީހުގެ ރިޔާސަތުން އިދިކޮޅު ހުރިހާ މެންބަރުން ދުރުކޮށްފަ. އަދި ރިޔާސަތަށް އިދިކޮޅު މެންބަރުން ވަނަނުދިނުމަށް އެތަން ވަށައިގެން 15 ވަރަކަށް ސެކިއުރިޓީން އަންނަނީ އަތުގުޅާލައިގެން ފޯރިމަރަމުން.

10:20 އަޙްމަދު މުޖްތަބާ

ރައްޔިތުން މަޖިލިސް ކައިރި ބައެއް މަގުތައް ފުލުހުން ވަނީ ބަންދުކޮށްފަ، އަދި ގިނަ އަދަދެއްގެ ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން.

މަޖިލިސް ހިމެނޭ ސަރަހައްދު ބަންދުކޮށްފައި-- ސަން ފޮޓޯ: އަހުމަދު މުޖުތަބާ
10:16 މުއާވިޔަތު އަންވަރު

ރިޔާސަތުން ބޭރުކުރެއްވުމުން ދެވަނަ ފަހަރަށް މަހްލޫފް ރިޔާސަތު ހިމެނޭ ސަރަހައްދަށް ވެންނެވުމުން އަނެއްކާ ވެސް އެމްއެންޑީއެފްގެ އޮފިސަރުން އޭނާ ރިޔާސަތުން ބޭރުކޮށްފި

10:09 މުއާވިޔަތު އަންވަރު

ސެކިއުރިޓީން ވަނީ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އުފުއްލާލައިގެން މަޖިލީހުގެ ރިޔާސަތުން ނެރެފައި. ރިޔާސަތުގެ ގޮނޑިކޮޅުގައި ފައްޔާޒު ހިފަހައްޓައިގެން ހުންނެވުމުން އޭނާއާ އެކު ގޮނޑިކޮޅު ވެސް ވަނީ ބޭރުކޮށްފައި. އަދި މިހާރު ރިޔާސަތު ވަނީ އެއްކޮށް ހުސްކޮށް ސެކިއުރިޓީންގެ ބެލުމުގެ ދަށަށް ގެނައިސްފައި.

10:05 މުއާވިޔަތު އަންވަރު

މަޖިލީހުގެ ރިޔާސަތުގައި އިން ގޮނޑި ބޭރުގައި ހުރި ނަމަވެސް ސެކިއުރިޓީން ވަނީ މިހާރު އެ ގޮނޑި ރިޔާސަތަށް ގެނައިސްފައި. މިވަގުތު ރިޔާސަތުގައި" ވެރިވެގެން ތިއްބެވީ" ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އާއި ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް

10:00 މުއާވިޔަތު އަންވަރު

އިދިކޮޅު މެންބަރުން މަޖިލީހުގެ ރިޔާސަތު ''ހިޞާރުކޮށްގެން'' ތިބުމުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފްގެ އޮފިސަރުން ދަނީ އެ މެންބަރުން އެ ތަނުން ދުރުކުރުމަށް މަސަތްކަތް ކުރަމުން.

މެންބަރުން ގަދަކަމުން ނެރެން އުޅުމުގެ ތެރޭގައި ބައެއް މެންބަރުންނަށް އަނިޔާވަމުން ދާ ކަމަށް އިދިކޮޅު މެންބަރުން އަންނަނީ ބުނަމުން.

09:54 ފާތިމަތު ސައީދު

މަޖިލީހުގެ ޖަލްސާ ނުފެށެނީސް މަޖިލީހުގެ އިދާރާއިން މެމްބަރުން ނެރުމަށް އެމްއެންޑީއެފްއިން މަސައްކަތް ފަށައިފި

މެމްބަރުން ބުނަމުން ދަނީ މަޖިލީހުގެ އިދާރާއިން މެމްބަރުން ނެރެވޭނީ ނަން އިއްވައިގެން ކަމަށް. އެ ނޫން ގޮތަށް ނެރެން ބޭނުން ނަމަ މަޖިލީހުގެ ސިޓީއެއް އިސްވެރިއަކު ސޮއިކޮށް ދޭން ޖެހޭނެ ކަމަށް.

އަހުމަދު ނިހާން ހުސެން މަނިކް އަހުމަދު ސާއިލް އަލީ

ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް މިއަދު ސަން އަށް ވިދާޅުވީ، އިހުތިޖާޖު ކުރާ މެމްބަރުން ނެރުމަށްފަހު މިއަދުގެ މަޖިލިސްގެ ޖަލްސާ ކުރިއަށް ގެންދާނެ ކަމަށް.

އެންމެނެއް ނޫން ދެއްތޯ، ހައެއްކަ މެމްބަރުން މިހެން މިއުޅެނީ، އެބޭފުޅުން ނެރުމުގެ މަސައްކަތް ރިޔާސަތުން އެބަކުރައްވާ. އެއަށްފަހު ޖަލްސާ ކުރިއަށް ގެންދާނެ،
09:49

މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މިއަދު މަޖިލީހުގައި އެޖެންޑާ ކުރެއްވިގެން ކުރިއަށް ދާން ޖެހޭނީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކަމަށް.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިއަދު މަޖިލީހުގެ ރިޔާސަތުގައި މަސީހުއަށް އިނދެވޭނެ ކަމަށް. އަދި މިއަދު އެހެން ބޭފުޅަކު ރިޔާސަތުގައި އިންނަވައިގެން ވެސް ކުރިއަށް ގެންދަވަން ޖެހޭނީ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ،" މެމްބަރެއްގެ ފޭސްބުކް ލައިވަކަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތު އިދިކޮޅު މެންބަރުން ހިސޯރުކޮށްގެން --- ފޮޓޯ: ނިހާން
09:40 ފާތިމަތު ސައީދު

މަޖިލީހުގައި އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަމުން ދާތީ ސިފައިން ވަނީ އެ މެމްބަރުން ނެރުމަށް މަސައްކަތް ކޮށްފައި

ނަމަވެސް މެމްބަރުން ބުނަމުން ގެންދަނީ މަޖިލީހުގެ އިސްވެރިއަކު ސޮއިކޮށް ލިޔުން ދިނުމުން ނޫނީ މަޖިލީހުން ނުނިކުންނާނެ ކަމަށް

09:40 އަހުމަދު ސާއިލް އަލީ

މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖު ކުރަމުންދަނިކޮށް މަޖިލީހުގެ ތިން ކޮމެޓީއެއްގެ މަސައްކަތް ތާވަލްކޮށްފި. އެގޮތުން މިއަދު 9:30ގައި ސަރުކާރުގެ މަސައޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ ބޭއްވުމަށް ނިންމާފައިވާއިރު ޕެޓިޝަން ކޮމެޓީއާއި އިޖްތިމާއީ ކޮމެޓީގެ ބައްދަލުވުމެއް މިއަދު 10:30ގައި ބޭއްވުމަށް ވަނީ ނިންމާފައި.

09:34

އިދިކޮޅު މެންބަރުން ތުހުމަތުކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީސް ވަނީ "ހިޞާރުކޮށްފައި".