Last Updated: 8 year 6 month ago

ފުރިހަމަ ވަގުތު: ބޫޓާން 0-2 ރާއްޖެ

ބުލޮގު ޚުލާސާ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ދިވެހިރާއްޖެ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

މިއަދު ގެ މެޗަށް މިދެޓީމު ނުކުންނައިރު، މީގެ ކުރީން މި ދެޓީމު ވަނީ ޖުމުލަ 8 ފަހަރު ވާދަކޮށްފައި. މި އަށްފަހަރު ވެސް ރާއްޖޭން ވަނީ ބޫޓާނުގެ މައްޗަށް ކުރި ހޯދައި 100 އިންސައްތަ މޮޅުވުމުގެ ރެކޯޑެއް ގާއިމުކޮށްފައި.

ފާހަގަކޮށްލެވޭ ޕޮއިންޓްތައް:

  • މި ދެޓީމު ފުރަތަމަ ބައްދަލުވީ 1984ގެ ސައުތު އޭޝިއަން ފެޑެރޭޝަން (ސާފް) ގޭމްސްގައި. އެފަހަރު ރާއްޖެ މޮޅުވީ، 1-0 ލަނޑުން.
  • ނޭޕާލްގެ ކަތުމަންޑޫގައި ބޭއްވި ފުރަތަމަ ސާފް ގޭމްގައި ދެފަހަރެއްގެ މަތީން މި ދެޓީމު ވާދަކޮށްގެން ވެސް ރާއްޖެ ވަނީ 1-0 ލަނޑުން މޮޅުވެފައި.
  • ދެން މިދެޓީމު އެންމެ ފުރަތަމަ ބައްދަލުވީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި. އެފަހަރު ރާއްޖެ ވަނީ 6-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައި.
  • އޭގެ ފަހުން 2009 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕްގައި މިދެ ޓީމު ވާދަކޮށް ރާއްޖެ ވަނީ 5-0ގެ ނަތީޖާއަކުން ކުރިހޯދާފައި.
  • ކަތުމަންޑޫގައި 2013 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ 8-2ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައި.
  • ބޫޓާން ކޮޅަށް އެންމެ ފުރަތަމަ ހެޓްރިކެއް ހެދި ދިވެހި ކުޅުންތެރިއަކީ، އަލީ ޝީހާމް. އެއީ 2003 ވަނަ އަހަރު ބަންގާޅުގައި ކުޅު ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި. އެ މެޗުން ރާއްޖެ މޮޅުވީ 6-0 ލަނޑުން.
  • ރާއްޖޭގެ ކުރީގެ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) ވަނީ، 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން ކޮޅަށް 4 ލަނޑު ޖަހާފައި. އެ މެޗުން ރާއްޖެ މޮޅުވީ 8-2 ލަނޑުން.
  • މި ދެޓީމުގެ މެދުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެން ދިޔަ މެޗަކީ، 2015 ވަނަ އަހަރު، ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބޫޓާނުގައި ކުޅުނު މެޗު. އެ މެޗުން ރާއްޖެ މޮޅުވީ 3-4 ލަނޑުން.
  • މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ، މިދިޔަ އަހަރު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި. ރާއްޖޭގައި ކުޅުނު އެ މެޗުން ރާއްޖެ މޮޅުވީ 4-2 ލަނޑުން.

19:00

ގްރޫޕް ޑީގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، ފަލަސްތީން އޮމާން އަދި ރާއްޖެއަށް ވެސް މިވަނީ 3 ޕޮއިންޓް ލިބިފައި. މި ގްރޫޕްގައި މާދަމާ ކުޅޭނީ ފަލަސްތީނާ އޮމާންގެ މެޗު. މި މެޗު ކުޅޭނީ ފަލަސްތީނުގައި.

18:58

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގަރޫޕް ޑީގައި ހިމެނެނީ ރާއްޖެ، ބޫޓާން، އޮމާން އަދި ފަލަސްތީން.

18:57

މި މުބާރާތުގައި ބޫޓާން ދެން ވާދަކުރާން ޖެހޭނީ ސެޕްޓެމްބަރު 5 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް. މި މެޗު ކުޅޭނީ ބޫޓާންގައި.

18:55

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ދެން މެޗެއް ކުޅެން ޖެހޭނީ އަންނަ ސެޕްޓެމްބަރު 5 ވަނަ ދުވަހު އޮމާންގައި އޮމާނާ ދެކޮޅަށް.

18:53

މެޗު ނިމިއްޖެ. ރާއްޖެ 2، ބޫޓާން 0

18:51

"90- މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިއްޖެ. މިހާރު ކުޅެމުން ދަނީ އިތުރު ވަގުތު.

18:48

"87- ކައުންޓަރ އެޓޭކްގައި ސެންޓޭ ބޫޓާން އޭރިޔާ ތެރެއަަށް ފޮނުވާލި ބޯޅައަށް އަރަން ހުރީ އައްމަޑޭ. އެހެން ނަމަވެސް އަންމަޑޭއަށް ބޯޅަ ލިބުމުގެ ކުރީން ހަރީ ގުރުން ބޯޅަ ދިފާއުކުރީ.

18:47

"86- ރާއްޖޭ ޓީމުން އަނެއްކާވެސް ބަދަލެއް. އަކްރަމް އަބްދުލްޣަނީގެ ބަދަލުގައި ކުޅެންއެރީ އިމްރާން ނަޝީދު

18:43

"82- ރާއްޖޭ ޓީމުން ބަދަލެއް. އަސަދުﷲގެ ބަދަލުގައި ކުޅެން އެރީ އަހްމަދު ރަޝީދު (އައްމަޑޭ)

18:38

ބޫޓާން ކުޅުންތެރީން ރާއްޖޭގެ ގޯލަށް ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ހޮކޭއަށް މިވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައި.

18:37

ހަމްޕު ވަރަށް ރީތިކޮށް ބޫޓާން ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ވަރަށް ރީތިކޮށް ގޯލް ތެރެއަށް ލިލީ ފޮނުވާލީ.

18:35

"73- ރާއްޖެ 2 ވަނަ ލަނޑު ޖަހައިިފި. މި ލަނޑު ޖެހީ އަހްމަދު އަބްދުﷲ (ލީލީ)

18:34

"72- ބޫޓާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ސެންޓޭ ފޮނުވާލި ބާރު ހަމަލާ މިފަހަރުވެސް ކީޕަރުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

18:31

"70- އަނެއްކާވެސް ބޫޓާންގެ ހަމަލާއެއް. ރާއްޖޭގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ބޫޓާން ކުޅުންތެރިއަކު ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތީން ބޭރަށް.

18:28

"66- ބޫޓާން ޕެނަލްޓީ އޭރިޔާ ބޭރުން ސެންޓޭ ފޮނުވާލި ބޯޅަ ކީޕަރު ހަރީ ގުރުން މަތަކުރީ.

18:23

ފަހު ހާފު ފެށުނުފަހުން ބޫޓާނުން މިދަނީ ވަރަށް އަވަސް ކުޅުމެއް ދައްކަމުން.

18:21

"60- ރާއްޖޭ ޓީމުން ބަދަލެއް. ނާއިޒްގެ ބަދަލުގައި ކުޅެން އަރަނީ ހަމްޒާ މުހައްމަދު.

18:19

މި މެޗު ކުޅެމުން މިދަނީ ބޫޓާންގެ ވެރިރަށް ތިމްޕޫގެ ޗަންގްލިމިތަންގ ނޭޝަނަލް ސްޓޭޑިއަމްގައި. ގިނަ އަދަދެއްގެ ބޫޓާން ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި.

18:17

"56- ބޫޓާނުން އަނެއްކާވެސް ހަމަލާއެއް. ޗެންޗޯ ބޯޅަހިފައިގެން ގޮސް ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރީން ކީޕަރު ފައިސަލް އެ ބޯޅަ ދިފާއުކޮށް ފޮނުވާލީ.

18:15

ދެޓީމުގެ ފަރާތުން ވެސް މިދަނީ ވަރަށް އަވަސް ކުޅުމެއް ދައްކަމުން.

18:14

"53- ރާއްޖޭ ޓީމުން ހަމަލާއެއް އުފެއްދުމުން އެ ބޯޅަ ހޯދައިގެން ކައުންޓަރ އެޓޭކްގައި ބޫޓާނުން މިވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި. ބޫޓާންގެ ޗެންޗޯ ފޮނުވާލި ބޯޅަ، ކީޕަރު ފައިސަލް ދިފާއުކޮށް ފޮނުވާލީ.

18:13

ބޫޓާނުން ވަނީ، ދެވަނަ ހާފްގެ ފުރަތަމަ މިނިޓްގައި ރާއްޖޭ ކޮޅަށް ހަމަލާއެއް އުފައްދާފައި.

18:11

ދެވަނަ ހާފްގެ ފުރަތަމަ ފަސްމިނިޓް ނިމުނު އިރު، ނަތީޖާއަކީ އަދިވެސް ރާއްޖެ 1، ބޫޓާން 0.

18:11

މި ދެޓީމުގެ މެދުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެން ދިޔަ މެޗަކީ، 2015 ވަނަ އަހަރު، ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބޫޓާނުގައި ކުޅުނު މެޗު. އެ މެޗުން ރާއްޖެ މޮޅުވީ 3-4 ލަނޑުން.

18:10

ރާއްޖޭގެ ކުރީގެ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) ވަނީ، 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން ކޮޅަށް 4 ލަނޑު ޖަހާފައި. އެ މެޗުން ރާއްޖެ މޮޅުވީ 8-2 ލަނޑުން.

18:09

ތާރީޚަށް ބަލާއިރު ކަތުމަންޑޫގައި 2013 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ 8-2ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައި.

18:06

ދެވަނަ ހާފްގެ ކުޅުން ފަށައިފި.

17:53

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އެންމެ ފަހުން ކުޅުނު މެޗުން ފަލަސްތީނު އަތުން ބަލިވީ 3-0 ލަނޑުން.

17:52

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާން އެންމެ ފަހުން ކުޅުނު މެޗުން، އޮމާން އަތުނ ވަނީ 14-0 ލަނޑުން ބަލިވެފައި.

17:50

ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.

17:49

ސެންޓޭ ފޮނުވާލި ޕެނަލްޓީއަށް ވަރަށް ރަނގަޅަށް ބޫޓާން ގޯލްކީޕަރު މޫވްވެސްކުރި. އެހެން ނަމަވެސް ކީޕަރުގެ އަތްކައިރިން ލާފައި ވަރަށް ބާރަށް ބޯޅަގޮސް ގޯލްތެރެއަށް ވަނީ.

17:47

"42- ރާއްޖެ ލަނޑު ޖަހައިފި. ޕެނަލްޓީ ފޮނުވާލީ ސެންޓޭ.

17:46

ބޫޓާން ޕެނަލްޓީއޭރިޔާ ތެރޭން ސެންޓޭ ބޯޅަ ކޮންޓްރޯލްކުރާން އުޅެނިކޮށް ބޫޓާން ޑިފެންޑަރަކު ފައުލްކުރީ.

17:45

"41- ރާއްޖެއަށް ޕެނަލްޓީއެއް.

17:39

"35- ރާއްޖޭ ޓީމަށް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް. ބޫޓާން ގޯލް ކުރިމައްޗަށް އަކޫ ހުރަސްކޮށްލި ބޯޅަ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ނާއިޒަށް ލިބުނު ނަމަވެސް އޭނާއަށް އެހާ ރަނގަޅަ ބޯޅަ ފޮނުވައެއް ނުލެވުނު. ބޯޅަ ދިޔައީ ހުރަސް ދަނޑިމަތީން ބޭރަށް.

17:37

"33- ބޫޓާންގެ ޕެނަލްޓީ އޭރިޔާ ތެރޭން ގޯލްކީޕަރު ކައިރިން ނައްޓާލާފައި ސެންޓޭ ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި އޭނަ ވެއްޓުނީ. ބޫޓާން ގޯލް ކުރިމަތިން ޖެހުމެއް.

17:35

ބަންގާޅުގައި 2003 ވަނަ އަހަރު ކުޅު ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި، ރާއްޖޭ ޓީމުގެ ކުރީގެ ފޯވާޑް އަލީ ޝީހާމް ވަނީ ބޫޓާން ކޮޅަށް އެންމެ ފުރަތަމަ ހެޓްރިކެއް ހެދި ދިވެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައި.

17:34

މާޒީގައި މި ދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު، 1984ގައި ސާފް ގޭމްގައި މި ދެޓީމު ބައްދަލުކުރި ފަހުން ދެން އެންމެ ފުރަތަމަ ބައްދަލުވީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި. އެފަހަރު ރާއްޖެ ވަނީ 6-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައި.

17:31

"26- ބޫޓާން ކުޅުންތެރިއަކަށް ފައުލުކުރުމުން ރާއްޖޭ ޓީމުގެ ކެޕްޓަން އަޝްހަދު އަލީއަށް ރީނދޫ ކާޑެއް.

17:30

ފުރަތަމަ ހާފްގެ 25 މިނިޓްގެ ކުޅުން ނިމުނު އިރު، އަދި އެއްވެސް ޓީމަކަށް ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ރަނގަޅު ހަމަލާއެއް ނުއުފެއްދޭ.

17:23

"18- ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ބޫޓާނަށް ލިބުނު ހިލޭ ޖެހުމަކުން، އެޓީމުގެ ޝެރީންގ ފޮނުވާލި ބޯޅަ ރާއްޖޭ ޓީމުގެ ކުޅުންތެރީންގެ ގައިގަ ޖެހިފައި ކުޅުމުގެ ތެރެއަށް.

17:18

"14- ބޫޓާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ރާއްޖެއަށް ހިލޭ ޖެހުމެއް. ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށް.

17:17

"13 - ބޫޓާން ޕެނަލްޓީ އޭރިޔާގެ އަރިމަތިން އަސަދުﷲ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑިމަތީން ބޭރަށް.

17:16

ރާއްޖޭގެ ފުރަތަމަ 11:

  • އަބްދުﷲ އަހްމަދު
  • އަލީ ފާސިރު
  • މުހައްމަދު އުމޭރު
  • އަސަދުﷲ އަބްދުﷲ
  • ނާއިޒް ހަސަން
  • އަޝްހަދު އަލީ (ކެޕްޓަން)
  • އަކްރަމް އަބްދުލްޣަނީ
  • އަމްދާން އަލީ
  • ޝާފިއު އަހްމަދު
  • މުހައްމަދު މަދު ރަޝީދު
  • ފައިސަލް (ގޯލްކީޕަރު)
17:11

މެޗުގެ ހަތް މިނިޓް ކުޅެވުނު އިރު އަދި އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް ނޫފެއްދޭ.

17:06

މެޗު ފަށައިފި