އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ތުރުކުމަނިސްތާން ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!
މިއަދު ހަވީރު 4:00ގައި ސޯޝަލް ސެންޓަރުގައި ކުޅޭ މެޗަށް ދެ ޓީމު ނުކުންނައިރު:
- މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރާއްޖޭގެ ޓީމަށް މުބާރާތުން ކުރިއަށްދިއުމަށް އޮތީ ހަނި ފުރުސަތެއް. އެހެންކަމުން މިމެޗުން މޮޅުވުން ރާއްޖޭގެ ޓީމަށް މަޖުބޫރު.
- ރާއްޖޭގެ ޓީމު ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައި. ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ނޭޕާލް އަތުން ވަނީ ބަލިވެފައި.
- ތުރުކުމަނިސްތާން ކުޅުނު ދެ މެޗުން އެޓީމު ވަނީ މޮޅުވެފައި. އެހެންކަމުން މިމެޗުން މޮޅުވެގެން އެޓީމަށް ފައިނަލްގެ ޖާގައެއް ކަށަވަރުކުރެވޭނެ.
- ތުރުކުމަނިސްތާން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން މޮޅުވިއިރު، އިއްޔެ ކުޅުނު މެޗުގައި އެޓީމު ވަނީ ކިރްގިސްތާން ބަލިކޮށްފައި.