Last Updated: 7 year 2 month ago

ބަލި ފެތުރޭ ބާރުމިނާއެކު ނުރައްކާ ބޮޑުވެ، ސްކޫލުތައް ބަންދުކޮށްފި

  • ކޮންމެހެން ކުރަންޖެހޭ ދަތުރު ނޫނީ ނުކުރަން ވަނީ އެދިފައި
  • މަރުވި މީހަކު އެޗްވަންއެންވަންއަށް ޕޮޒިޓިވް
  • ބަލި ޖެހުނު މާބަނޑު އަންހެނަކު ނާޒުކު ހާލަތެއްގައި
ބުލޮގު ޚުލާސާ

އެޗްވަންއެންވަން ޕޮޒިޓިވްވި މީހުންގެ އަދަދު 51 މީހުންނަށް އަރާފައިވާ ކަމަށް ހެލްތު ޕޮރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެ ރޯގާ ފެތުރެމުންދާ ހަލުވި ކަމާ ގުޅިގެން ސްކޫލުތައް ބަންދު ކުރަން ނިންމާފައިވާކަން ވަނީ އިއުލާންކޮށްފަ އެވެ.

ހެލްތު މިނިސްޓްރީގައި ކުރިއަށްދާ ކުއްލި ޕްރެސް ކޮންފަރެންސްގައި އިއުލާންކޮށްފައިވާ ގޮތުން އެޗްވަންއެންވަން ރޯގާގައި 26 އަހަރުގެ މީހަކު މަރުވެފައިވާކަން ވަނީ އިއުލާންކޮށްފަ އެވެ.

ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން އިލްތިމާސްކޮށްފައިވޭ

01:37

އެޗްވަންއެންވަން ވައިރަސް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވެ، ނުރައްކާ ހާލާތަކަށް ގޮސްފައިވާތީ، ބަލީގެ އެލާޓް ލެވެލް ތިނަކަށް ބަދަލުކޮށްފި އެވެ.

އެލާޓް ލެވެލް ތިނަކަށް ބަދަލު ކުރީ ސުވައިން ފުލޫ ޖެހޭ މިންވަރު ކުއްލި ގޮތަކަށް އިތުރުވަމުންދިއުމާއި އެ ބަލި އެއް ސަރަހައްދަކަށްވުރެ ގިނަ ސަރަހައްދުތަކުން ފެންނަމުންދާން ފެށުމުންނާއި ބަލި ޖެހޭ މީހުންގެ ހާލަތު ސީރިއަސްވަމުންދާތީ އެވެ.

އެޗްވަންއެންވަން ނުވަތަ ސްވައިން ފްލޫ ރާއްޖެއިން ޖެހުނު މީހުންގެ އަދަދު އިއްޔެ ހެނދުނު 27 ހުރި ނަމަވެސް، 12 ގަޑިއިރު ނުވަނީސް އެ އަދަދު ރޭ ވަނީ 51 އިތުރުވެފަ އެވެ.

އެ އަދަދަކީ ސުވައިންފުލޫއަށް ޝައްކު ކުރެވިގެން ޓެކްސްޓު ކުރި 251 މީހުންގެ ތެރެއިން، ޕޮޒިޓިވްވި އަދަދެވެ. މިވަގުތު އިތުރަށް ޓެސްޓު ކުރާ 70 ސާމްޕަލެއްގެ ތެރެއިން ސުވައިން ފުލޫ ޖެހިފައިވާ އިތުރު ބަޔަކު ފެނުމަކީ އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ބަލި ފެތުރެމުންދާ މިންވަރު އަދިވެސް އިތުރުވަމުންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީން ޑޮކްޓަރުންނާއެކު ރޭ ބޭއްވި ކުއްލި ޕްރެސް ކޮންފަރެސްގައި ވާހަކަފުޅު ދައްކަވަމުން އޭޑީކޭގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަބްދުﷲ ނިޔާފު ވިދާޅުވީ ސުވައިން ފުލޫ ފެތުރެމުންދާ މިންވަރާ ގުޅިގެން އެލާޓް ލެވެލް ތިނެއް އިއުލާން ކުރަން ނިންމީ މިރޭ އެ ބޭފުޅުން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހުގައި ކަމަށެވެ.

"މި ނަމްބަރު މައްޗަށްދާނެ. ކިހާ ދުވަހަށްކަށް ދަންނަވަން ދަތި. މިހާތަނަށް ފެތުރެމުންދިޔަ ވަރަށް ބަލި ދުވަސްތަކަށް ބަލި ފެތުރިގެންދާ މިންވަރު މައްޗަށްދާނެ،" ޑރ. ނިޔާފު ވިދާޅުވި އެވެ.

ސުވައިން ފުލޫ ފެތުރޭލެއް ބާރުމިނާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި ވަނީ މިޑްޓާމް ބަންދަށްފަހު ސްކޫލުތައް ހުޅުވަންދެކަށެވެ. މިޑްޓާމް ބަންދަކީ އަންނަ ހަފްތާ އެވެ. އެއަށްފަހު ވެސް ސްކޫލުތައް ހުޅުވަންޖެހިއްޖެ ނަމަ އެކަން ވެސް އަންގާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އަމިއްލަ ސްކޫލުތައް ވެސް ބަންދުކުރުމަށް އެޗްޕީއޭއިން ވަނީ ލަފާދީފަ އެވެ.

ޑރ. ނިޔާފު

އެޗްވަންއެންވަންއާ ގުޅިގެން ރާއްޖޭގެ އެލާޓް ލެވެލް ތުރީއަށް ގޮސްފައިވާކަން އިއުލާންކޮށްފި. އެގޮތަށް އިއުލާން ކުރީ އެ ބަލި ފެތުރެނީ އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުތަކުގައި ކަމަށް ވުމާއި އެ ބަލި ޖެހޭ މީހުންގެ އަދަދު އާދަޔާ އިތުރުވަމުންދާތީވެ.

ފްލޫ ވެކްސިނަކީ ދުނިޔޭގައި ސްޓޮކް މަދު އެއްޗެއް. ވެކްސިން މި ޖަހަނީ ހައި ރިސްކު މީހުންނަށް. އަޅުގަނޑު ވެސް ދޫކޮށްލާނަން އަޅުގަނޑަށް އޮތް ވެކްސިން މާބަނޑު މީހަކަށް ޖަހަން
23:35

ޑރ. ނިޔާފު ވިދާޅުވި ގޮތިގައި ބަލި ޖެހޭ އަދަދު ދުވަސްތަކެއް ވަންދެން ދިގުދެމިގެންދާނެ ކަމަށް. ބަލި ކޮންޓްރޯލު ކުރެވޭނެ ކަމުގެ އިޝާރާތެއް އޭނާ ނުދެއްވާ.

23:25

އެޗްވަންއެންވަންގެ ވެކްސިންތަކުގެ ތެރެއިން ރާއްޖޭގައި ހުރީ ލިމިޑެޓް ސްޓޮކެއް. އިތުރު ވެކްސިންތަކެއް ހޯދާނެ ކަމަށް ވިދާޅުވި. އަދި ވިދާޅުވީ ވެކްސިން ހޯދުމަށް އެކި ފަރާތްތަކުގައި އެދެމުންދާ ކަމަށް.

23:22

އެޗްވަންއެންވަން ޖެހިފައިވާ މާބަނޑު އަންހެނަކު ވަރަށް ނާޒުކު ހާލަތުގައިވާ ކަމަށް ޑރ. ނިޔާފު ވިދާޅުވި