އޭއެފްސީ ކަޕް ޕްލޭއޯފް ބުރުގައި ރާއްޖޭގެ ކްލަބު ވެލެންސިއާ އާއި އިންޑިއާގެ މޯހަން ބަގާން ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!
މެޗު ފަށާނީ މިއަދު ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި. މި ދެ ޓީމު މެޗަށް ނުކުތުމުގެ ކުރިން ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް:
- ވެލެންސިއާ ޕްލޭއޯފް ބުރަށް ދަތުރުކުރީ ބޫޓާންގެ ތިމްޕޫ ސިޓީގެ މައްޗަށް 3-0 ލަނޑުގެ އެގްރިގޭޓަކުން ކުރި ހޯދައިގެން.
- މޯހަން ބަގާން ޕްލޭއޯފް ބުރަށް ދަތުރުކުރީ ސްރީލަންކާގެ ކޮލަމްބޯ އެފްސީގެ މައްޗަށް 4-2 ލަނޑުގެ އެގްރިގޭޓަކުން ކުރި ހޯދައިގެން.
- މޯހަން ބަގާންއަކީ މިދިޔަ ސީޒަނުގެ އިންޑިއާގެ އައި-ލީގުގެ ރަނަރަޕް ޓީމު.
- ވެލެންސިއާއަކީ ރާއްޖޭގެ އެފްއޭ ކަޕްގެ ޗެމްޕިއަނުން.
- މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ގްރޫޕްގެ ގަދަ 16އާ ހަމައަށް މޯހަން ބަގާން ދަތުރުކުރި.
- އެންމެ ފަހުން އޭއެފްސީ ކަޕްގައި ވެލެންސިއާ ވާދަކޮށްފައި ވަނީ 2009 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި.
- މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި މޯހަން ބަގާން އޮތީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ އެއް ގްރޫޕެއްގައި. އިންޑިއާގައި ކުޅުނު މެޗުން މާޒިޔާގެ މައްޗަށް 5-2 ލަނޑުން މޯހަން ބަގާން ކުރި ހޯދިއިރު، ރާއްޖޭގައި ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން. އެ ފަހަރު ގްރޫޕްގެ އެއްވަނައިގައި އޮވެ މޯހަން ބަގާން ނިންމާލިއިރު، މާޒިޔާ ނިންމާލީ ގްރޫޕްގެ ފުލުގައި.