Last Updated: 1 decade 1 month ago

"ބާތުޑޭ ބޯއީ"ގެ ދެ ލަނޑާއެކު ލާއޯސް އަތުން ރާއްޖެއަށް ފަސޭހަ މޮޅެއް

  • ގައުމީ ފުޓްބޯޅަ ދަނޑުން: އަހްމަދު މުޖްތަބާ، އަލީ ރިފްޝާން، މުއާވިއަތު އަންވަރު
ބުލޮގު ޚުލާސާ

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީނަށް މަރުހަބާ.

މިރޭ މި ދެޓީމު ބައްދަލުކުރާއިރު:

  • މީގެ ކުރީން މި ދެޓީމު ބައްދަލުވެފައި ވަނީ އެންމެ ފަހަރަކު. އެއީ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި. މާލޭގައި ކުޅުނު އެމެޗުން ރާއްޖެ ވަނީ 7-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ލާއޯސް ބަލިކޮށްފައި.
  • މިރޭގެ މެޗަށް ނުކުންނައިރު، ރާއްޖެ ވަނީ އެންމެ ފަހުން ކުޅުނު 3 މެޗުގެ ތެރޭން އެއް މެޗުން މޮޅުވެފައި.
  • ކޮލިފިކޭޝަންގެ ޕްލޭ އޯފްސްގައި ޔަމަނު އަތުން ދެ ލެގުގައި ވެސް ރާއްޖެ ވަނީ 2-0ގެ ނަތީޖާއިން ބަލިވެފައި.
  • މި މެޗަށް ތައްޔާރުވުމުގެ ގޮތުން ބަނގުލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުން ރާއްޖެ ވަނީ 5-0 ލަނޑުން މޮޅުވެފައި.
  • ލާއޯސް އެންމެ ފަހުން ކުޅުނު 3 މެޗުންވެސް ވަނީ ބަލިވެފައި. އެގޮތުން ކޮލިފިކޭޝަންގެ ޕްލޭ އޯފްސްގައި އިންޑިއާ އަތުން ފުރަތަމަ ލެގުގައި 0-1 ލަނޑުން އަދި ދެވަނަ ލެގުގައި 6-1 ލަނޑުން ލާއޯސް ވަނީ ބަލިވެފައި.
23:10 އަލީ ރިފްޝާން

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި އުފަން ދުވަސް ފާހަގަކުރަމުންދިޔަ އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ލަނޑާއެކު ލާއޯސް އަތުން ފަސޭހަކަމާއެކު ރާއްޖެ މޮޅުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު އެ މެޗުގައި ލާއޯސްގެ މައްޗަށް ރާއްޖޭން ކުރި ހޯދާފައިވަނީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔައީ ރާއްޖޭގެ ޓީމުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިފައިވެއެވެ. ފުރަތަމަ ހާފުގައި ލާއޯސްގެ ފަރާތުން ރާއްޖެއަށް ނުރައްކަލަކާ ކުރިމަތިވެފައެއް ނުވެއެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ރާއްޖޭން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފައެވެ. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ އަށް ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ލިބުނު އިރު، ހުރީ ވަރަށް ހުސްކޮށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ރާއްޖެ ކުރީގައި އޮވެގެންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ރާއްޖޭން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ދަގަނޑޭއެވެ. ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ފުރަތަމަ ހަމަލާ ލާއޯސްގެ ކީޕަރު މަތަކުރި އިރު، ރީބައުންސް ބޯޅައިން ސެންޓޭ އުފެއްދި ހަމަލާ ވެސް ކީޕަރު މަތަކޮށްފައިވެއެވެ. ދަގަނޑޭ ލަނޑު ޖަހާފައިވަނީ ރީބައުންސް އިން އަލުން ލިބުނު ބޯޅައިންނެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ރާއްޖޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)އެވެ. އޭނާ އުފެއްދި ހަމަލާ، ލާއޯސްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އެ ޓީމުގެ ޑިފެންޑަރެއް ފައިގައި ޖެހި، ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުމަށްފަހުއެވެ.

މެޗުގައި ރާއްޖެ ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ބަދަލު ކުޅުންތެރިޔާ އަހްމަދު ރިޒްވާން ދިން ބޯޅައަކުން ރާއްޖެ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ދަގަނޑޭއެވެ.

ޕްލޭއޯފްގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލާއޯސްގައެވެ. ރާއްޖެ އާއި ލާއޯސް ބައްދަލުކުރާ އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 11 ވަނަ ދުވަހުއެވެ. އެ މެޗަށްފަހު، އެގްރިގޭޓުން ކުރީގައި އޮންނަ ޓީމަކަށް އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެއެވެ.

22:54

މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިމިއްޖެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 4-0 ލަނޑުން ކުރީގައި އޮތީ ރާއްޖެ.

22:54

ލާއޯސް އަށް ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސިތިޑެތޭ އުފެއްދި ހަމަލާ ދިޔައީ ގޯލު ހުރަސްވެ ބޭރަށް.

22:52

ބަދަލު ކުޅުންތެރިޔާ ރިޒްވާން ދިން ބޯޅައަކުން ރާއްޖެ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރާއްޖޭގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން އަލީ އަޝްފާގު (ދަގަނޑޭ). މިއަދަކީ ކެޕްޓަން ދަގަނޑޭގެ އުފަން ދުވަސް.

22:52

"90+ - ރާއްޖޭން ހަތަރު ލަނޑުގެ ލީޑެއް ނަގައިފި.

22:51

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ މިހާރު އިތުރުވަގުތު ކުޅެމުން ދަނީ.

22:50

"90 - ދަގަނޑޭ ދިން ބޯޅައަކުން ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރިޒުވާން އުފެއްދި ހަމަލާ، ލާއޯސްގެ ކީޕަރު މަތަކޮށްފި.

22:50

"90- ރާއްޖޭ ޓީމުން ބަދަަލެއް: އަސަދުﷲގެ ބަދަލުގައި ކުޅެން އެރީ ރިޒްވާން އަހްމަދު.

22:47

ރާއްޖެ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ). އޭނާ އުފެއްދި ހަމަލާ، ލާއޯސްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އެ ޓީމުގެ ޑިފެންޑަރެއް ފައިގައި ޖެހި، ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުމަށްފަހު.

22:47

"87 - ރާއްޖޭން އިތުރު ލަނޑެއް ކާމިޔާބުކޮށްފި.

22:45
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ
22:43

ހޮކޭގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އިތުރު ފަރުވާ އަށް ދަނޑުން ފައިބައިފި.

22:41

"81- ރާއްޖޭ ޓީމުން ބަދަލެއް: މުހައްމަދު އުމޭރުގެ ބަދަލުގައި ކުޅެން އެރީ އިމްރާން ނަޝީދު.

22:39

"79 - ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ބޯޅަ މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު، ލާއޯސްގެ ފަތަނާ އުފެއްދި ހަމަލާ ގޯލާ އަމާޒެއްނުވި.

22:38

"78 - ލާއޯސް އަށް ލިބުނު ހިލޭ ޖެހުމަކުން ކަމްފެންގް އުފެއްދި ހަމަލާ، ރާއްޖޭގެ ގޯލާ އަމާޒެއް ނުވި.

22:36

"76 - ރާއްޖޭގެ ހާފްގެ ތެރެއިން ލާއޯސްގެ ކުޅުންތެރިޔަކަށް އަޑުބަރޭ ކުރި ފައުލަކާ ގުޅިގެން ލާއޯސް އަށް ހިލޭ ޖެހުމެއް. ހިލޭ ޖެހުމުން ލާއޯސްގެ މޮލޮލޮމް އުފެއްދި ހަމަލާ ނުރައްކަލެއް ނުވި.

22:35

ލާއޯސް ޓީމުން މިވަނީ ތިން ވަނަ ބަދަލު ގެނެސްފައި:19 ނަންބަރު ސެންގްޑާއޯގެ ބަދަލުގައި ކުޅެން އެރީ، 12 ނަންބަރު ތެންތޯންގް.

22:35

"75 - ލާއޯސްގެ ކަމްފެންގް ދިން ބޯޅައަކުން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން ޕޫޓްޑޭވީ އުފެއްދި ހަމަލާ، ގޯލާ އަމާޒެއް ނުވި.

22:32

"73- ރާއްޖޭ ހާފްގެ މެދެއްހާ ހިސާބުން ލާއޯސްގެ ޕޫޓްޑޭވީ، އަސަދުﷲއަށް ފައުލުކުރުމާ ގުޅިގެން ރެފްރީ މިވަނީ ލާއޯސް ކުޅުންތެރިޔާއަށް ރީނދޫ ކާޑެއް ދައްކާފައި. އަސަދުﷲއަށް ފަރުވާ ދިނުމަށް ދަނޑުން ބާލުވައިފި.

22:32

"73 - ރާއްޖޭގެ ހާފުގެ ތެރެއިން އަސައްކޮ އަށް ކުރި ފައުލަކާ ގުޅިގެން ރާއްޖެ އަށް ހިލޭ ޖެހުމެއް. އަސައްކޮ އަށް ވަނީ އަނިޔާއެއް ވެސް ވެފައި.

22:31
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގައި ރާއްޖޭގެ ދެވަނަ ގޯލު ދަގަނޑޭ ކާމިޔާްބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
22:31

"72- ރާއްޖޭ ޓީމުން ބަދަލެއް. އަލީ ފާސިރު (ސެންޓޭ)ގެ ބަދަލުގައި ކުޅެން އެރީ ހުސައިން ނިޔާޒް (ބޮކުރީ).

22:30

"70 - ލާއޯސް އަށް ލިބުނު ކޯނަރަކުން މަނޮލޮމް ނަގައިދިން ހުރަސް، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު އިމްރާން ހޯދައިފި

22:28

"69 - ލާއޯސްގެ ސީވިލޭ ދިން ބޯޅަ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސިތިޑެތަށް ލިބުމުގެ ކުރިން ކީޕަރު އިމްރާން އެ ބޯޅަ ހޯދައިފި.

22:25

"66 - އަސައްކޮ ކައިރިން ބޯޅަ ހޯދުމަށް ލާއޯސް ކީޕަރު ނުތުމުގެ ފައިދާ ނަގައި އަސައްކޮ އާއި ސެންޓޭގެ ޕާހާ އެކު ލާއޯސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭ އުފެއްދި ހަމަލާ. ލާއޯސްގެ ޑިފެންޑަރެއް ވަނީ ދިފާއުކޮށްފައި.

22:24

"64 - ދަގަނޑޭ އަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް. ހަމްޕު ނަގައިދިން ހުރަސް، ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ކޮންޓްރޯލް ނުކޮށް ދަގަނޑޭ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

22:21

ރާއްޖެ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ). ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ފުރަތަމަ ހަމަލާ ލާއޯސްގެ ކީޕަރު މަތަކުރި އިރު، ރީބައުންސް ބޯޅައިން ސެންޓޭ އުފެއްދި ހަމަލާ ވެސް ކީޕަރު މަތަކުރި. ދަގަނޑޭ ލަނޑު ޖަހާފައިވަނީ ރީބައުންސް އިން އަލުން ލިބުނު ބޯޅައިން.

22:21

"61 - ރާއްޖޭން ލީޑު ފުޅާކޮށްފި.

22:20
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގައި އަސައްކޮ އަތުން ބޯޅަ ހޯދުމަށް ލާއޯސްގެ ދެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
22:18

"58- ލާއޯސް ޓީމުން އަނެއްކާވެސް ބަދަލެއް. ޖާޒީ ނަންބަރު 3 ޚަމްޕޫމީގެ ބަދަލުގައި ކުޅެން އެރީ ޖާޒީ ނަންބަރު 14 ސިޓްތިޑެތު.

22:18

"58 - ރާއްޖެ އަށް ފުރުސަތެއް. އަސައްކޮ ދިން ބޯޅަ ހިފައިގެން ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ކީޕަރު ކައިރިން ނައްޓާލުމަށްފަހު ދަގަނޑޭ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް. އޭނާ ހަމަލާ އުފެއްދި އިރު، ލާއޯސްގެ ޑިފެންޑަރެއްގެ އުނދަގުލާ ކުރިމަތިވި.

22:15

"55- ލާއޯސް ޓީމުން ބަދަލެއް. ޖާޒީ ނަމްބަރު 7 ކޮނެސޭވަންގެ ބަދަލުގައި ކުޅެން އެރީ ޖާޒީ ނަންމަބަރު 8 ޕޫޓްޑޭވީ.

22:13

"53 - ސެންޓޭ ދިން ބޯޅަ ލާއޯސްގެ ޕެނަލްޓީ އޭރިޔާ ކައިރިން އަސައްކޮ އަށް ލިބުމުގެ ކުރިން ލާއޯސްގެ ޑިފެންޑަރެއް ދިފާއުކޮށްފި.

22:10

"50 - ރާއްޖެ އަށް ހުސް ފުރުސަތެއް. ލިލީ ދިން ބޯޅަ ކޮންޓްރޯލްކޮށްލުމަށް ފަހު، ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ދަގަނޑޭ އުފެއްދި ހަމަލާ ކީޕަރު ވަނީ މަތަކޮށްފަ.

22:08

"47 - ރާއްޖޭގެ ފަރާތުން ނުރައްކަލެއް. ރާއްޖެ އަށް ލިބުނު ކޯނަރެއްގެ ތެރެއިން ލާއޯސްގެ ޑިފެންޑަރުން ދިފާއު ކުރުމަށް ގޯލު ލައިން މަތިން ޖެހި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހި ވަނީ ބޭރަށް ނުކުމެފައި.

22:07

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިފި.

21:52

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔައީ ރާއްޖޭގެ ޓީމުން. އެގޮތުން ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިފައިވޭ. ފުރަތަމަ ހާފުގައި ލާއޯސްގެ ފަރާތުން ރާއްޖެ އަށް ނުރައްކަލަކާ ކުރިމަތިވެފައެއް ނުވޭ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެގެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަލީ ފާސިރު (ސެންޓޭ).

21:49

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ރާއްޖެ ކުރީގައި އޮވެގެން.

21:47

ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި 2 މިނިޓް.

21:47

"44 - ރާއްޖެ އަށް ހުސް ފުރުސަތެއް. އުމައިރު ނަގައިދިން ހިލޭ ޖެހުމުން ލިލީ ޖައްސާލި ބޯޅައިން ދަގަނޑޭ އުފެއްދި ހަމަލާ، ލާއޯސްގެ ޑިފެންޑަރެއް ވަނީ ދިފާއުކޮށްފައި. ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ދަގަނޑޭ އަށް ބޯޅަ ލިބުނު އިރު އޭނާ ހުރީ ވަރަށް ހުސްކޮށް.

21:46

"43 - ލާއޯސްގެ ހާފްގެ ތެރެއިން ލިބުނު ބޯޅައިގައި އަސައްކޮގެ އަތް ޖެހުމުން ލާއޯސް އަށް ހިލޭ ޖެހުމެއް.

21:43

"41 - ލާއޯސްގެ ކޮޗަލާން ދިން ބޯޅައަކުން ޝިވަލޮންގް ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ހުރަސް، މި ފަހަރު ވެސް އެންޑީ ވަނީ ދިފާއުކޮށްފައި.

21:42

ވާރޭ ވެހުން އެއްކޮށް ހުއްޓާލައިފި. މިހާރު މިވަނީ މެޗުގެ 40 މިނިޓްގެ ކުޅުން ނިމިފައި.

21:42

"39 - ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ލާއޯސްގެ މޮނޮލޮމް ނަގައިދިން ހުރަސް، އެންޑީ ދިފާއުކޮށްފި.

21:40

ފަރުވާ ހޯދުމަށް ފަހު، އަލުން ކުޅުމާ ބައިވެރިވުމަށްޓަކައި ޝާފީ ދަނޑަށް އަރައިފި.

21:39

"36 - ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލާއޯސްގެ ސިހަވޮންގް ނުރައްކާ ކުރުމުގެ ކުރިން ޝާފީ ދިފާއުކޮށްފި. އެ ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ޝާފީ އަށް ވަނީ ކުޑަ އަނިޔާއެއް ވެސް ވެފައި.

21:38

މެޗުގެ 36 މިނިޓް ކުޅެވިއްޖެ. ރާއްޖޭ ޓީމުން އެއް ލަނޑުގެ ލީޑެއް ނަގާފައި ވާއިރު، ލާއޯސްޓީމަށް ރާއްޖޭ ގޯލަށް ނުރައްކާކޮށް އަދި އެންމެ ހަމަލާއެއް ވެސް ފޮނުވާ ނުލެވޭ.

21:37

"35 - އަސައްކޮ ދިން ބޯޅައަކުން ލާއޯސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ސެންޓޭ އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި.

21:36

ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަސައްކޮ އަށް ދޭން ހަމްޕު ޖައްސާލި ބޯޅަ ވެސް ލާއޯސްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.

21:36

"33 - ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން ލާއޯސްގެ ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ބޮލްކްވެއްޖެ.

21:35

"32- ލާއޯސްގެ ޕެނަލްޓީ އޭރިޔާ ބޭރުން އެޓީމުގެ ޑިފެންޑަރު ސެންގްޑާއޯ އަސަދުﷲއަށް ފައުލުކުރުމާ ގުޅިގެން ރެފްރީ އެ ކުޅުންތެރިޔާއަށް ރީނދޫ ކާޑެއް ދައްކައިފި.

21:34

"32 - ސެންޓޭ ދިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ލާއޯސްގެ ޑިފެންޑަރަކަށް ދަގަނޑޭ ކުރި ފައުލަކާ ގުޅިގެން ލާއޯސް އަށް ހިލޭ ޖެހުމެއް.

21:33

މިހާރު ވަރަށް ބޯކޮށް ވާރޭ ވެހެމުން ދަނީ. ދަނޑުމަތި ތެމިފައިވާތީ ކުޅުންތެރީންނަށް އުނދަގޫތަކެއް ކުރިމަތިވަމުން ދަނީ.

21:33

"31 - ރާއްޖޭގެ ހާފްގެ ތެރޭގައި ހުރެފައި ދަގަނޑޭ ދިން ބޯޅަ ސެންޓޭ އަށް ލިބުމުގެ ކުރިން ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ކީޕަރު އެ ބޯޅަ ހޯދައިފި.

21:31
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގައި ސެންޓޭ ބޯޅަ ފޮނުވާލަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގައި ރާއްޖޭގެ ސަޕޯޓަރުން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
21:29

"27 - ލިލީ ނަގައިދިން ހުރަސް އަސައްކޮ އަށް ލިބުމުގެ ކުރިން ލާއޯސްގެ ކީޕަރު އެ ބޯޅަ ހޯދައިފި.

21:28

"26 - ލާއޯސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ސެންޓޭ އުފެއްދި ހަމަލާ، ލާއޯސްގެ ޑިފެންޑަރެއް ފައިގައި ޖެހި ކޯނަރަކަށް ބޭރުވެއްޖެ.

21:25

"22 - ލާއީސްގެ ހާފްގެ ތެރެއިން ރާއްޖޭގެ ލިލީ ކުރި ފައުލަކާ ގުޅިގެން ލާއޯސް އަށް ހިލޭ ޖެހުމެއް.

21:24

"21 - ރާއްޖޭގެ ހާފްގެ ތެރެއިން ލާއޯސް އަށް ލިބުނު ހިލޭ ޖެހުން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނުރައްކަލަކަށް ނުވި. އެ ބޯޅަ ރާއްޖޭގެ ކީޕަރު އިމްރާން ވަނީ ހޯދާފައި.

21:23

މެޗުގެ 20 މިނެޓްގެ ކުޅުން ނިމުނު އިރު، ލާއޯސް ޓީމަށް ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވޭ.

21:18
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގެ ރާއްޖޭގެ ފުރަތަމަ 11 --- ސަން ފޮޓޯ: ފަޔާޒް މޫސާ
21:17

ރާއްޖެ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ). އޭނާ އަށް ބޯޅަ ލިބުނު އިރު، ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށް.

21:17

"14 - ރާއްޖޭން ލީޑު ހޯދައިފި.

21:13

"11 - އަޑުބަރޭ ދިން ބޯޅަ ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެންޓޭ އަށް ކޮންޓްރޯލެއް ނުވި. އޭރު އޭނާ ހުރީ ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް.

21:12

ހުސްވި ހަފްތާގައި ބަންގުލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗަށް ބަނގުލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ވަދެ ދަނޑު ފުރާލުމުން، ދިވެހީންގެ ބައެއް ސަޕޯޓަރުން ދަނޑަށް ވަންނަން ޓިކެޓް ނުލިބުނު ކަމަށް ބުނެ މައްސަލަ ޖައްސާފައިވޭ. އެހެން ނަމަވެސް މިރޭ މި ފެނިގެން ދަނީ ޓިކެޓް ނުލިިބިގެން ދިވެހި ސަޕޯޓަރުން ދަނޑަށް ނުވަދެ ތިބި މަންޒަރެއް ނޫން.

21:11

"08 - ލާއޯސްގެ ހާފްގެ ތެރެއިން ރާއްޖޭގެ ހަމްޕު ކުރި ފައުލަކާ ގުޅިގެން ލާއޯސް އަށް ހިލޭ ޖެހުމެއް.

21:09

"06 - އުމައިރު ދިން ބޯޅަ ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެންޓޭ އަށް ކޮންޓްރޯލް ނުވެ، ދިޔައީ ގޯލްކިކަކަށް ބޭރަށް.

21:07

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ ބައިނަލްއަގްވާމީ މެޗުތަކަށް މީގެ ކުރީން ވަންނަ ސަޕޯޓަރުންނާ ގާތްކުރާ އަދަދަކަށްވެސް މިރޭގެ މެޗަށް އަދިވެސް ސަޕޯޓަރުން ދަނޑަށް ނުވަދޭ. މަދުމަދުން ސަޕޯޓަރުން ވަންނަމުން ދިޔަ ނަމަވެސް އަދިވެސް ގޮނޑިބަރިއާއި ސިޑިބަރީގެ ވެސް ބޮޑުބައެއް ފެންނަނީ ހުހަށް.

21:07

"04 - އަސައްކޮ ދިން ބޯޅައަކުން ހަމްޕު ނަގައިދިން ހުރަސް، ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނުރައްކަލަކަށް ނުވި. އެ ބޯޅަ ލާއޯސްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.

21:05

ހިލޭ ޖެހުމުން ދަގަނޑޭ ނަގައިދިން ހުރަހަކުން ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ ލިލީ ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ލާއޯސްގެ ކީޕަރު އަތަށް.

21:04

"02 - ލާއޯސްގެ ހާފްގެ ތެރެއިން ރާއްޖޭގެ ދަގަނޑޭ އަށް ކުރި ފައިލަކާ ގުޅިގެން ރާއްޖެ އަށް ހިލޭ ޖެހުމެއް.

21:02

މެޗުގެ ކުޅުން ފަށައިފި.

20:56

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗަށް ތައްޔާރުވުމުގެ ގޮތުން ދެޓީމުގެ ކުޅުންތެރީންނާ އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.

20:49

ލާއޯސް ޓީމުގެ ފުރަތަމަ 11

  • ސޭނަ ޚޮނެވިއެންގް (ކެޕްޓަން)
  • ޚަމްޕޫމީ
  • ތޮޓްނިލަތު
  • ޚޮނެސަވާން
  • ޕައްތާނާ
  • ޕޫއްތަސޭ
  • މޮއުކުޑާ
  • ސެންގާޑޯ
  • މަނޯލޮމް
  • ޚަންޕޭންގް
  • ޗިންތާނާ ސުކްސަވަތު (ގޯލްކީޕަރު)
20:46

ރާއްޖޭ ޓީމުގެ ފުރަތަމަ 11

  • އަހްމަދު އަބްދުﷲ
  • އަލީ އަޝްފާޤު (ކެޕްޓަން)
  • މުހަައްމަދު އުމޭރު
  • އަސަދުﷲ އަބްދުﷲ
  • އަލީ ފާސިރު
  • އަޝްހަދު އަލީ
  • ހަމްޒާ މުހައްމަދު
  • އަލީ އަމްދާން
  • ޝާފިއު އަހްމަދު
  • މުހައްމަދު ރަޝީދު
  • މުހައްމަދު އިމްރާން (ގޯލްކީޕަރު)