ރާއްޖޭގެ މިނިވަން ކަމަށް 51 އަހަރު ފުރުމުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ ދިދަ ނެމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ގައުމޫ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީ.
ރާއްޖޭގެ މިނިވަން ކަމަށް 51 އަހަރު ފުރުމުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ ދިދަ ނެމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ގައުމޫ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީ.
މަންފާ ފެންނާނީ އުޅުން ހުރި ގޮތްހުރި މުޖުތަމަޢެއް ބިނާކޮށްގެން: ރައީސް ޔާމީން
އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލާ ފުދުންތެރިކަމާމެދު މިއަދަކު ނާއުންމީދުކަމެއް ނެތް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ހަމައެކަނި އިޤްތިޞާދު ކުރިއަރާ ވާހަކަދައްކައިގެން ފަރުޖެއްސޭކަށް ނެތް. ވަރުގަދަ ބިނާތަކާ ބޮޑު ތިޔާގިކަމެއް ޤައުމަށް ގެނައުމުގެ ޙަޤީޤީ މަންފާ ފެންނާނީ އިޖުތިމާޢީ ބަލިތަކަށްވެސް ފަރުވާކޮށްގެން. އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އުޅުން ހުރި ގޮތްހުރި މުޖުތަމަޢެއް ބިނާކޮށްގެން.
މިނިވަންކަމުގެ ޙަޤީޤީ މާނައަކީ އެ މީހަކު ހިތުހުރިހާގޮތަކަށް އުޅުމެއް ނޫން. ކިތަންމެ ކުރިއަރާފާ އޮތް ޤައުމަކަސް، ކިތަންމެ ތަނަވަސް ޤައުމަކަސް، ހަރުކަށި ޢަމަލުތައް ގިނަވެ، ޤާނޫނު މުގުރާ، މަގުތައް ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދާނަމަ، މި ޙާލަތަށްދާނެ. ޤައުމުގެ އިޤްތިޞާދާ ކުރިއެރުމަށް ލޮޅުންއަރާނެ. އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް މިކަހަލަ ކަމެއްގެ އަސަރާ ނިކަމެތިކަން މާބޮޑުވާނެ.
ރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލާ ފުދުންތެރިކަމާމެދު މިއަދަކު ނާއުންމީދުކަމެއް ނެތް ކަމަށް ރައީސް ވިދާޅުވި.
އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލާ ފުދުންތެރިކަމާމެދު މިއަދަކު ނާއުންމީދުކަމެއް ނެތް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ހަމައެކަނި އިޤްތިޞާދު ކުރިއަރާ ވާހަކަދައްކައިގެން ފަރުޖެއްސޭކަށް ނެތް. ވަރުގަދަ ބިނާތަކާ ބޮޑު ތިޔާގިކަމެއް ޤައުމަށް ގެނައުމުގެ ޙަޤީޤީ މަންފާ ފެންނާނީ އިޖުތިމާޢީ ބަލިތަކަށްވެސް ފަރުވާކޮށްގެން. އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އުޅުންހުރި ގޮތްހުރި މުޖުތަމަޢެއް ބިނާކޮށްގެން.
ގެސްޓްހައުސްތައް އިތުރުވެ، ފަރުދުންނަށް ލިބޭ މަންފާ ދަނީ ބޮޑުވަމުން: ރައީސް
ރާއްޖޭގެ ފަތުރުވެރިކަން މިހާރު މިދަނީ މުޅީން އާ ހަރުފަތަކަށް. ރަށްތަކުގާ ގެސްޓްހައުސްތައް އިތުރުވެ، ފަރުދުންނަށް ލިބޭ މަންފާ ދަނީ ބޮޑުވަމުން. ފަތުރުވެރިކަމުގެ ދާއިރާގާ ދުނިޔޭގާ ނަންހިނގާ ގިނަ ކުންފުނިތަކުން ރާއްޖޭގާ ދަނީ އިންވެސްޓް ކުރަމުން. އެންމެފަހުން ޓޫރިޒަމްގެ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކު ރާއްޖޭގާ ރިސޯޓް ބިނާކުރުން އިތުރުވެގެންދާނެ.
ޤައުމުތަކުން ރާއްޖޭެ ދާޚިލީ މިނިވަންކަމަށް އިޙްތިރާމް ކުރަންޖެހޭ: ރައީސް
އަޅުގަނޑުމެން، އެހެން ޤައުމުތަކުގެ ދާޚިލީ މިނިވަންކަމަށް އިޙްތިރާމްކުރާ ފަދައިން، އެހެން ޤައުމުތަކުން ވެސް އަޅުގަނޑުމެންގެ ދާޚިލީ މިނިވަންކަމަށް އިޙްތިރާމް ކުރަންޖެހޭ. އަދި އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ޤައުމުތަކުން ވަންނަނަމަ، މިއީ އަޅުގަނޑުމެން ހީނުކުރާވަރުގެ ބޮޑެތި ނުފޫޒުތަކަށް ޤައުމު ހުޅުވާލުމުގެ ޖާގަދެވޭ ކަންކަން.
ޑިމޮކްރަސީ ގެނައުމުގެ މަސައްކަތް ފެށީ ދިވެހި ދައުލަތް ބިނާ ނުކޮށް: ރައީސް
އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، 2004 އިން ފެށިގެން މިދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ޤައުމުގެ ތަރައްޤީން ވަރަށް ގިނަ ވަގުތުތަކެއް ގެއްލިއްޖެކަން.
ޢަޒުމަކީ، އުފާފާގަތި ތިޔާގި އަމާން މިނިވަން ޤައުމެއް ހޯދައި ދިނުން: ރައީސް
އަޅުގަނޑު އޭރުވެސް މިހާރުވެސް ދަންނަވަމުން މި އަންނަނީ، މި ސަރުކާރު ވެރިކަންކުރަން މިއައީ ސިޔާސީ ކަންކަމުގައި ވާދަކުރާކަށް ނޫނޭ. މަގުމަތިން ކުރިމަތިލައި ހަނގާކުރާކަށް ނޫނޭ. އަޅުގަނޑު މި ވާދަކުރަނީ މި ޤައުމުގައި ހުރި މައްސަލަތަކާ. ދިވެހި ޤައުމުގެ ވަލިއްޔުލް އަމްރުގެ ހައިސިއްޔަތުން އަޅުގަނޑުގެ ޢަޒުމަކީ، ދިވެހި ރައްޔިތުންނަށް އުފާފާގަތި ތިޔާގި އަމާން މިނިވަން ޤައުމެއް ހޯދައިދިނުން.
އަރުވާލެވިގެން ތިބި ދިވެހީންގެ ބަޔަކު މަސައްކަތް ކުރަމުންދަނީ އިސްލާމީ އުސޫލުތަކަށް އަމަލު ކުރުން ހުއްޓުވަން: ރައީސް
ތާރީޚަކީ އިޢާދަވާ އެއްޗެކޭ ބުއްދިވެރިން ބުނަނީ މި ސަބަބަށްޓަކައި. މިއަދުވެސް އަމިއްލައަށް އަރުވައިލެވިގެން ފަރަންޖީ ދައުލަތްތަކުގެ ހިމާޔަތް ހޯދައިގެން ދިވެހިންގެ ބަޔަކު ރެޔާދުވާލު ކުރާތީ ފެންނަނީ މި މަސައްކަތް. ރާއްޖޭގެ ޓުއަރިޒަމް ހުއްޓުވުން. ރާއްޖެއަށް ލިބޭ އިންވެސްޓުމަންޓުތަކާއި މާލީ އެހީތަކަށް ހުރަސްއެޅުން. ދިވެހި ރައްޔިތުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން. ރާއްޖޭގެ މިނިވަންކަމާ އަމިއްލަވަންތަކަމުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ވެއްދުން. އިސްލާމީ އުސޫލުތަކަށް ޢަމަލުކުރުން ހުއްޓުވުން.
އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ، އެހެން ދީންތަކަށް ޖާގަދޭން ޕްރެޝަރު ކުރާ ދުވަހެއް: ރައީސް
ސައްތައިންސައްތަ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތީތީ، އެކަމާ ޙަސަދަވެރިވާ އެކި ފަރާތްތައް މިއަދަކު މަދެއް ނޫން. އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ، އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަދޭން ސަރުކާރަށް ޕްރެޝަރ ކުރާ ދުވަހެއް. އިސްލާމީ ޝަރީޢަތް މި ޤައުމުގައި ހިންގާތީ އާއި، މަދަރުސާތަކުގައި އިސްލާމްދީން ކިޔަވައިދޭތީ، ދިވެހީންނަށް ދަތިކުރާނެކަމުގެ އިންޒާރުތައް އޮހެމުން އަންނަ ދުވަހެއް. ރާއްޖޭގައި އޮތް ޞުލްޙަވެރިކަމާ، ރާއްޖޭގެ ރީތިކަމާ، ކުރިއެރުން ނަގާލުމަށް މި ޤައުމުގެ މައްޗަށް ފާވެ، ޙަސަދަވެރިވެފައި ތިބި ޚިޔާނާތްތެރީންތަކެއް އެބަތިބި.
އަމާންކަމާއި ސަލާމަތަށް ފުލުހުންނާއި ސިފައިން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާ ކުރަން: ރައީސް
މިނިވަން ދިދައެއްގެ ހިޔާދަށުގާ، ހިނިތުންވެ ތިބެ، މިނިވަން ދުވަހުގެ ޒިކުރާ އާކުރަމުންދާއިރު، މި ޤައުމުގެ ރައްކާތެރިކަމަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި 'މަތިވެރިވި ދިވެހި އަޖްދާދުންނަށް މަތިމައްޗަށް' ސާބަހާ އައްސަރިބަސް ރައްދުކުރަމުން އެބޭފުޅުންގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރަން. އަދި ޚާއްޞަކޮށް ރާއްޖޭގެ އަމާންކަމާއި ސަލާމަތަށްޓަކައި ދިވެހި ފުލުހުންނާ ސިފައިން ކުރައްވާ ބުރަ މަސައްކަތުގެ އަގު އަޅުގަނޑުމެން ވަޒަންކޮށް ޝުކުރު ދަންނަވަން.