Last Updated: 9 year 5 month ago

މެލޭޝިއާއަށް ފަހު ހަރުބީ އިޓަލީއަށް!

ބުލޮގު ޚުލާސާ

މެލޭޝިއާގެ ސަރަވަކް ކަލްޗަރަލް ވިލެޖްގައި މި ހަފްތާ ބަންދުގައި އޮންނަ ބޮޑު މިއުޒިކް ފެސްޓިވަލްގައި ކުޅުމަށް ފަހު، ހަރުބީ ބޮޑު ބެރު ގްރޫޕްގެ އިޓަލީގައި ކުރިއަށްދާ "އެކްސްޕޯ މިލާނޯ" ޓޫރިސްޓު ފެއާގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހަރުބީގެ އިސް އޮފިޝަލަކު މިއަދު 'ސަން' އަށް ބުނީ، ހަރުބީ ޓީމް އިޓަލީއަށް ދާނީ މެލޭޝިއާގައި އޮންނަ "ރެއިން ފޮރެސްޓް ވޯލްޑް މިއުޒިކް ފެސްޓިވަލް" ގައި މިމަހުގެ 7 އިން 9 އަކަށް ބައިވެރިވުމަށް ފަހު ކަމަށެވެ. މެލޭޝިއާއަށް ދިއުމަށް އެގްރޫޕް މާލެއިން ފުރުމަށް ހަމަޖައްސާފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.

ހަރުބީ އިޓަލީގައި ކުޅުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 10 އިން 17 ގެ ނިޔަލަށެވެ. އިޓަލީގައި ހަރުބީ ކުޅޭއިރު އެ ގްރޫޕްގެ ހުރިހާ މެމްބަރުން ވެސް ބައިވެރިވާނެ އެވެ.

މިދިޔަ އަހަރު މެލޭޝިއާގައި ބޭއްވި ރެއިން ފޮރެސްޓް މިއުޒިކް ފެސްޓިވަލްގެ ތެރެއިން --

މި ދެ ފެސްޓިވަލަށް ޒިޔާރަތް ކުރާ އެކިއެކި ގައުމުތަކުގެ މީހުންނަށް ދިވެހި ރާއްޖޭގެ ދިދައާއި އެނޫން ވެސް ދިވެހި އުފެއްދުންތައް ބެހުމަށް އެގްރޫޕުން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ރެއިން ފޮރެސްޓް މިއުޒިކް ފެސްޓިވަލަކީ ފާއިތުވި 10 އަހަރުން ފެށިގެން އަހަރަކު އެއް ފަހަރު މެލޭޝިއާގައި ބާއްވަމުން އަންނަ ފެސްޓިވަލެކެވެ. މި ފެސްޓިވަލް ކުރިއަށްދާ ތިން ދުވަހު މިއުޒިކާ ބެހޭ މައުލޫމާތުދިނުމަށް ވޯކްޝޮޕްތަކާއި ކްލާސްތަކާއި ޖޭމިންގް ސެޝަންތަކާއި މިނީ ކޮންސެޓެއް ވެސް ކުރިއަށްދާނެ އެވެ. އަދި ރޭގަނޑު އޮންނަ މިއުޒިކް ޝޯއަކީ އެ ފެސްޓިވަލްގައި އެންމެ ތަރުހީބު ބޮޑު އެއް އިވެންޓެވެ.

އެ ފެސްޓިވަލަށް އަހަރު 30،000 އެއްހާ މިހުން ޖަމާވެ އެވެ.