ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ޓަކައި "ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވުމަށް ތައްޔާރަށް" ހުންނެވި ކަމަަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އިންތިހާބު ކާމިޔާބު ވެވަޑައިގެންނެވުމާ ގުޅިގެން ޕީޕީއެމްގެ މެންބަރުންނަށް ޝުކުރު އަދާ ކުރައްވައި ނެރުއްވެވި ބަޔާނުގައި ޔާމިން ވިދާޅުވެފައި ވަނީ އުމަރުގެ ސަޕޯޓަރުން ހިތްވަރު ދެރަނުކުރެއްވުމަށާއި އުމަރުގެ ސަޕޯޓަރުން ވެސް ޕީޕީއެމްގެ ސަރުކާރެއް ގާއިމް ކުރުމަށް އާ ހިތްވަރަކާ އެކު މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވުމުން އެންމެ އިސްކަމެއް ދީގެން މަސައްކަތްޕުޅު ކުރައްވާނީ
ޕީޕީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ އަދަދު ދެގުނައަށް އިތުރުކުރުމަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ބަޔާން ނިންމަވާލައްވާފައި ވަނީ ޕީޕީއެމްގެ ކުރިއެރުމަށް ޓަކައި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅަށް "ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށް މަރުހަބާ ދަންނަވާ" ކަމަށެވެ.
އަޅުގަނޑުގެ އަޙު އުމަރު ނަސީރަށާއި އެމަނިކުފާނަށް ތާއިދު ކުރެއްވި އެންމެހައި މެންބަރުން ހިތްވަރު ދެރަނުކުރައްވައި އަޅުގަނޑާ އެކު، ޕީޕީއެމްގެ ސަރުކާރެއް ގާއިމް ކުރުމަށް، އަތުކުރި އޮޅާލާ އަލުން، އާހިތްވަރަކާ އެކު މަސައްކަތްކޮށްދެއްވުމަށް އެދި އިލްތިމާސް ކުރަން