Last Updated: 6 month 3 week ago

މިއީ ''ވޯމްއަޕް''އެއް ކަމަށް ބުނެ އެމްޑީޕީން މުޒާހަރާ ނިންމާލައިފި

ބުލޮގު ޚުލާސާ

އެތައް ސަތޭކަ ބަޔަކާއެކު އެމްޑީޕީގެ ''ލޫޓުވައިފި'' އެއްވުން މަގުމައްޗަށް ނުކުމެއްޖެއެވެ.

00:07

އެމްޑީޕީން މުޒާހަރާ ނިންމާލައިފި

00:05

އެ އެއްވުމުގައި މީހުންނަށް ސިއްހީ ގޮތުން އެހީ ފޯރުކޮށްދިނުމަށް ރެޑް ކްރެސެންޓުން ހަރަކާތްތެރިވި

00:03

މަޖީދީ މަގުގައި މުޒާހަރާ ކުރަމުންދިޔަ ސަރަހައްދު ދޫކޮށް، މީހުން ވަނީ ދާން ފަށައިފައި

23:58

ފުލުހުން އަމަލުކުރި ގޮތަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ، އެ ސަރަހައްދަކީ އާބަން އޭރިއާއެއް ކަމަށާއި އެ ސަަރަހައްދުގެ ގެތަކުގައި ކުޑަކުދިން ނިދާފައި ތިބިއިރު، ފުލުހުން އަމަލުކުރި ގޮތާ މެދު ދެރަވާ ކަމަށް

23:57
އެމްޑީޕީގެ "ލޫޓުވައިފި" މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކުރުން -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް
23:54

މުޒާހަރާގެ ތެރެއިން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ފުލުހުންގެ އަމަލުތަކަށް ފާޑު ވިދާޅުވެ، ބާރު އޮންނަނީ ރައްޔިތުންގެ އަތުގައިކަން ފުލުހުން ދަސްކުރަން ޖެހޭ ކަމަށް ވިދާޅުވެފައި

23:53

މުޒާހަރާ މެދުކަނޑާލަނީ ކަމަށް އިއުލާން ކުރުމުން ބައެއް މީހުން އެ ސަރަހައްދުން ދާން ފެށި ނަމަވެސް، އަނެއްކާވެސް ޕޮލިސް ބެރިކޭޑުތައް ކައިރިއަން މީހުން އެއްވެއްޖެ

23:52

މުޒާހަރާ މެދުކަނޑާލަނީ ކަމަށް ބުނި ނަމަވެސް ފުލުހުން ވަނީ ބާރު އަޑުކިޔާ 'ސޮނިކް ހަތިޔާރު' ބޭނުންކޮށްފައި

23:51

އެމްޑީޕީގެ ލައުޑްސްޕީކަރުން ވަނީ، މުޒާހަރާ މެދުކަނޑާލަނީ ކަމަށް އިއުލާންކޮށްފައި. އެގޮތުން އަދާލަތު ޕާޓީގެ ރައީސް އިމްރާން ދުއާއެއް ކިޔުއްވި

23:48
އެމްޑީޕީގެ ލީޑާޝިޕް ކުރީ ސަފުގައި އިށީނދެވަޑައިގެން: އޭގެ ތެރޭގައި ކުރީގެ ރައީސް ޞާލިޙާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒު ހިމެނިވަޑައިގަންނަވާ -- ފޮޓޯ/ އެމްޑީޕީ
23:44

އިހުސާން ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ނަގަހައްޓައި، އެެންމެންގެ ރައްކާތެރިކަމަށް ޓަކައި ސަރުކާރުން މަސައްކަތް ކުރަމުން ދާނެ ކަމަށް

23:40

އިހުސާން ވިދާޅުވީ ފުލުހުން ތިބީ އެމްޑީޕީގެ ހަރަކާތަށް އެއްބާރުލުން ދޭން ކަމަށް. އެހެންނަމަވެސް އެމްޑީޕީން ވަނީ ހުއްދަ ދިން މަގު ނޫން އެހެން މަގަކުން ދާން މަސައްކަތްކޮށްފައި ކަމަށް އޭނާ ވިދާޅުވި.

އެމްޑީޕީން އަމަލުކުރި ގޮތުން، އެ ޕާޓީގެ މަގުސަދަކީ ސުލްހަވެރި ހަރަކާތެއް ބޭއްވުން ނޫން ކަމަށް ބެލެވެން އޮތް ކަމަށް އިހުސާން ވިދާޅުވި.

23:32

މުޒާހަރާއާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިހުސާން އަނެއްކާވެސް އެކްސްގައި ޕޯސްޓު ކުރައްވައިފި. އޭނާ ވިދާޅުވީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން، އެއްވުމަށް ކަނޑައަޅައިފައިވާ ތަނެއް ނޫން އެހެން ތަނެއް އެއްވާނަމަ ފުލުހުންގެ ހުއްދަ ބޭނުންވާނެ ކަމަށް.

އިހުސާން ވިދާޅުވީ އެމްޑީޕީން، މިރޭގެ ހިނގާލުމަށް ވަކި މަގުތަކަކުން ދިޔުމަށް ހުއްދައަށް އެދުނު ކަމަށް. ނަމަވެސް މަޖީދީ މަގުގެ ޓްރެފިކް އޮންނަ މިންވަރަށް ބަލައި، މުޒާހަރާގެ ބައިވެރީންގެ ރައްކާތެރިކަމަށް ވެސް ބަަލައި، ފުލުހުން ހުއްދަ ދިނީ އެހެން މަގަކުން ދިޔުމަށް ކަމަށް އިހުސާން ވިދާޅުވި

އެމްޑީޕީ

މުޒާހަރާގެ ބައިވެރިންނާއި އޮބްޒާވް ކުރައްވާ ބޭފުޅުން، [މުޒާހަރާގައި] ހިނގާ ކަންކަން ރެކޯޑު ކުރުމަށް އަމިއްލަ ޑިވައިސްތައް ބޭނުން ކުރުމަށް އަޅުގަނޑުމެން އެދެން
23:24

އެމްޑީޕީން ވަނީ، ފުލުހުން ބާރު އަޑެއް އިއްވައި 'ސޮނިކް' ހަތިޔާރު ބޭނުންކުރަމުންދާ ކަމަށް ބުނެފައި. އަދި އެ ސަރަހައްދުގައި ސިގްނަލް ޖޭމް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ޕާޓީން ބުނޭ.

އެމްޑީޕީން ވަނީ އެ ފިޔަވަޅުތައް އެޅުމުގެ ބޭނުމަކީ ފުލުހުން އަނިޔާކުރާ މަންޒަރު ނުދެއްކުން ކަމަށް ބުނެފައި.

23:21

އެމްޑީޕީގެ ލީޑާޝިޕް ކުރީ ސަފުގައި ތިއްބެވިއިރު، މިހާރު ތިބީ އިށީނދެވަޑައިގެން، އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހިމެނޭ. އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވެސް ހިމެނޭ

23:16
އެމްޑީޕީގެ "ލޫޓުވައިފި" މުޒާހަރާ ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް
23:09

ފުލުހުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތް ކުރާތީ، މުޒާހަރާ ކުރާ މީހުން މަގުމަތީގައި އިށީންނަން ފަށައިފި

23:08

އެމްޑީޕީގެ މުޒާހަރާގެ ލައިވް ކަވަރޭޖް އެސްއެސްޓީވީން:

23:07

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން

ނޫސްވެރިންނަށް ހުރަސް ނޭޅުމަށާއި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލަން
23:04

ނޫސްވެރިންގެ ޖަމިއްޔާ، ޖާނަލިސްޓްސް އެސޯސިއޭޝަނުން ވަނީ މުޒާހަރާގައި ނޫސްވެރިންނާއި ކެމެރާމަނުންނަށް އަމާޒުކޮށް ޕެޕާ ސްޕްރޭކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައި. އެ ޖަމިއްޔާއިން ވަނީ، ފުލުހުންގެ ސަފުގެ ފަހަތުން މުޒާހަރާ ކަވަރު ކުރުމަށް ނޫސްވެރިން އެދުނު ނަމަވެސް އެ ފުރުސަތު ނުދިން ކަމަށް ތުހުމަތުކޮށްފައި.

23:03

މުޒާހަރާގެ ތެރެއިން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ކުރީ ސަފަށް އަރައިވަޑައިގެން، ފުލުހުން އަނިޔާނުކުރުމަށް ގޮވާލައްވައިފި

22:55
އެމްޑީޕީގެ 'ލޫޓުވައިފި' މުޒާހަރާގެ ތެރެއިން ފުލުހުންނާއި މުޒާހަރާގެ ބައިވެރިން -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު

އެމީހުންގެ ނުބައި މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުކޮށްލައި، ޤާނޫނީ ވެރިކަމަށް ދުއްތުރާކުރުން. މިފަދަ ނުބައި ޢަމަލުތަކަށް ފުރުޞަތު ދީގެން ނުވާނެ. އަޅުގަނޑުމެންގެ ޤައުމުގެ އަގުހުރި އިޖުތިމާޢީ ފޭރާން ވީދިޔަދީގެން ނުވާނެ. ޤާނޫނީ ވެރިކަމެއްގެ ދިފާޢުގައި އެންމެހައި ރައްޔިތުން ތެދުވެ، އަޅުގަނޑުމެންގެ ޤައުމާއި، ދީނާއި، މިނިވަންކަން ދިފާޢުކުރުމަށް އެއް އަޑަކުން ގޮވާލަން!
22:53

މުޒާހަރާއާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ކުރެއްވި ޓުވީޓެއްގައި ވަނީ، މިރޭ އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ކަންކަމަކީ ރާއްޖޭގެ އަމަން އަމާންކަން ނަގާލައި، މުޅި ގައުމު ހަލަބޮލިކޮށްލުމަށް ކުރާ ނުބައި މަސައްކަތެއް ކަަމަށް ވިދާޅުވެފައި.

22:48

މުޒާހަރާގެ އެންމެ ކުރިއަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަޑައިގެންފި. އާންމުންނާއި ފުލުހުންނާ ދެމެދު މިހާރު ވެސް އަންނަނީ ހަމަނުޖެހުން ހިންގަމުން

22:44

އެ މުޒާހަރާގެ ތެރެއިން ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވާހަކަދެއްކެވި. އޭނާ ވަނީ ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތު ކުރައްވައި، މީގެ ކުރިން ކޮރަޕްޝަން ހިންގައިފައިވާނަމަ އެ ވާހަކަ ދައްކަންވީ ކަމަށް ވިދާޅުވެފައި. އަދި އެންސްޕާއާއި އެމްއެމްޓީވީއާ ގުޅުވައި ކުރާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި އޭނާ ވަނީ "އެންސްޕާއިން ޓީވީ ހަދައިގެން ކޮރަޕްޝަންގެ ވާހަކަދެއްކީމާ ލަދެއް ހަޔާތެއް ނެތްކަން" ފެންނަ ކަމަށް ވިދާޅުވެފައި

22:43

މުޒާހަރާއިން ހައްޔަރުކުރި މީހުންގެ އަދަދު ފުލުހުން މިހާތަނަށް ހާމަކޮށްފައިނުވޭ. ނަމަވެސް އެ ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިންނަށް ވަނީ ތިން މީހަކު ހައްޔަރުކުރި މަންޒަރު ފެނިފައި.

22:42
ފުލުހުން ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ހިފެހެއްޓުން -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް
22:40
ފުލުހުން މުޒާހަރާގެ ތެރެއަށް ޕެޕާ ސްޕްރޭ ޖެހުން -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް
22:37
އެމްޑީޕީގެ 'ލޫޓުވައިފި' މުޒާހަރާ ހުއްޓުވުމަށް ފުލުހުން ޝީލްޑާއެކު ސަފު ހަދައިފައި -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް
22:37

22:35

އެމްޑީޕީން ބުނި ގޮތުގައި ފުލުހުން ވަނީ މުޒާހަރާއިން މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައި. އެ ޕާޓީން ވަނީ، ހައްޔަރުކޮށްފައިވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރަމުން ދިޔަ ބަޔަކު ކަމަށް ބުނެ، އެއްވެސް ޝަރުތަކާ ނުލައި އެ މީހުން ދޫކޮށްލުމަށް ގޮވާލައިފައި

22:34

ފުލުހުން

ނަމަވެސް އެކަމަށް އިޖާބަ ނުދީ، އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވެއެވެ. އެހެންކަމުން މި އަމަލުތައް ހިންގި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.
22:31

އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން ފުލުހުން ބަޔާނެއް ނެރެފި.

އެ ބަޔާނުގައި ވަނީ، އެމްޑީޕީން ކުރިން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް މަޖީދީ މަގުން ކުރިއަށް ދާން ފެށިކަން ފާހަގަކޮށްފައި. އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރު ދިން ކަމަށް ފުލުހުން ބުނި.

22:28
އެމްޑީޕީގެ ލޫޓުވައިފި އެއްވުމުގައި ފުލުހަކު ޕެޕާ ސްޕްރޭ ހިފައިގެން -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް
22:27

ފުލުހުން އަންނަނީ މިއީ "ޣައިރު ގާނޫނީ'' އެއްވުމެއް ކަމަށް ބުނެ، ފަހަތަށް ޖެހެން އިންޒާރު ދެމުން

22:24
ފުލުހުން އަންނަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތްކޮށް، ޕެޕާ ސްޕްރޭ ޖަހަމުން -- ސަން ފޮޓޯ/ އަހުމަދު އިނާހް
22:23

ފުލުހުން، މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަން ފަށައިފި

22:13
އެމްޑީޕީގެ ލޫޓުވައިފި މުޒާހަރާގެ ތެރެއިން: ފުލުހުން، މުޒާހަރާ ފަހަތަށް ޖައްސަން މަސައްކަތް ކުރާއިރު، މުޒާހަރާގެ ބައިވެރިން ދަނީ ކުރިމަތިލަމުން -- ސަން ފޮޓޯ/ އަހުމަދު އިނާހު
22:11

22:09

އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ހުއްޓުވާފައި ވަނީ، ފުލުހުން ހުއްދަ ދީފައިވާ މަގު ނޫން އެހެން މަގަކުން ދާން މަސައްކަތް ކުރަމުން

22:07

އެމްޑީޕީން ވަނީ އިހުސާން ހެއްދެވީ އިތުރުފުޅެއް ކަމަށާއި، އެއީ ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުން ދިފާއު ކުރެއްވުމަށް ކުރެއްވި ޓުވީޓެއްގެ ގޮތުގައި ސިފަކޮށްފައި

22:06

އިހުސާނަށް ރައްދުދީ، އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުލުހުން މުޒާހަރާ ހުއްޓުވަން ހަރުކަށިކޮށް އަމަލުކުރި ކަމަށާއި ޕެޕާ ސްޕްރޭ ޖަހައި ރަޔަޓު ގިޔަރު ބޭނުން ކުރި ކަމަށް.

22:02

މުޒާހަރާގެ ބައިވެރިއަކު ފުލުހުންގެ ޝީލްޑެއް ނަގާ މަންޒަރު ވީޑިއޯތަކުން ފެންނަމުންދޭ. ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެފަދަ ގޮތަކަށް އަމަލުކުރުމުން މިއީ ސުލްހަވެރިކަމާއެކު ކުރިއަށްގެންދާ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވިދާޅުވެފައި

22:01

ފުލުހުން އަންނަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތް ކުރަމުން

21:59
މުޒާހަރާގެ ބައިވެރިން އެއްވެފައި ތިބި ސަރަހައްދުގައި ފުލުހުން އަންނަނީ ސައިކަލުތައް ދުރުކުރުމުގެ މަސައްކަތް ވެސް ކުރަމުން -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް
21:58
އެމްޑީޕީގެ ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާގެ ތެރެއިން ފުލުހުންނާ ކުރިމަތިލުންތައް ހިނގަނީ ---- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް
އެމްޑީޕީގެ ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާގެ ތެރެއިން ---- ސަން ފޮޓޯ/ ހަމްޒާ
21:56

އިމްރާން ވާހަކަފުޅު ނިންމަވައިލެއްވީ، ގާނޫނުއަސާސީގެ ރޮނގުގެ ފަހަތަށް ރައީސް ޖައްސާފައި ނޫނީ ގެޔަށް ނުވަންނާނެ ކަމަށާއި މިއީ މަސައްކަތުގެ ފެށުމަށް ކަމަށް ވިދާޅުވެ

21:56

21:53

ފުލުހުންނަށް ރައީސް ނުފޫޒު ފޯރުއްވާ ކަމަށް ތުހުމަތުކުރައްވައި އިމްރާން ވިދާޅުވީ "އެސްއޯ ފުލުހުންނަށް ޔުނިފޯމް ވެސް އެޅެނީ" ރައީސަށް ހުއްދަ ދިނިއްޔާ ކަމަށް

21:53

އިމްރާން ވަނީ، ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުގައި ތިބެން ފުލުހުންނަށް ގޮވާލައްވައިފައި

21:51

އިމްރާން ވިދާޅުވީ މިހާރު އަދާލަތާއި އެމްޑީޕީ ގުޅިގެން ފަށައިފައިވަނީ 'ވޯމް އަޕް'އެއް ކަމަށާއި ރައީސަށް ޖެހިވަޑައިގަންނަވާނީ ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ވެރިކަން ކުރަން ކަމަށް ވިދާޅުވެފައި

21:50

ކުރީގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ފެހި ގާނޫނުއަސާސީ ލޫޓުވައިލައިފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ''ފަހަތަށް ޖައްސާނެ'' ކަމަށް ވިދާޅުވެފައި

21:49
އެމްޑީޕީގެ ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް
21:49

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެންދަވަނީ މުޒާހަރާގެ ބައިވެރިންވާ ވާހަކަ ދައްކަވަމުން

21:48

ފުލުހުން އަންނަނީ ތަކުރާރުކޮށް ޕެޕާ ސްޕްރޭ ޖަހަމުން

21:45
މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ދަނީ ހިނގަމުން -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް
21:44

ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުން ހިނގަމުން ދަނީ ބޮޑުތަކުރުފާނު މަގުން ގޮސް، މަޖީދީ މަގަށް އަރާ ދިމާލުގައި

21:40

ފުލުހުން ބެރިކޭޑް ޖަހައި، ޝީލްޑާއެކު ހަރަކާތްތެރިވަމުންދާއިރު މުޒާހަރާގެ ބައިވެރިން ދަނީ ކުރިމަތިލަމުން

21:39
އެމްޑީޕީގެ ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް
21:38

ފުލުހުން މުޒާހަރާގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައިފި

21:32

އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގެ ބައިވެރިން، އެ ސަރަހައްދުން ނުކުމެ ހިނގަން ފެށުމުން ފުލުހުން ވަނީ ހުއްޓުވައިފައި