Last Updated: 2 year 7 month ago

އެއްވުމުގައި މެންބަރުން ގޮވާލަނީ ސަރުކާރު ބަދަލުކުރަން

ބުލޮގު ޚުލާސާ

މޮރިޝަސްއާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދާ މެދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ސަރުކާރާ ދެކޮޅު ޕާޓީތަކުން އެކުލަވާލާފައިވާ އިއްތިހާދުން ބާއްވާ އެއްވުމުގައި މެންބަރުން ގެންދަނީ ސަރުކާރު ބަދަލުކުރަން ގޮވާލަމުން

23:19

ޖަލްސާ ނިންމާލައިފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަޅުގަނޑުމެން އެންމެން ގުޅިގެން މި ސަރުކާރު ބަަދަލުކޮށް. އިރާދަކުރެއްވިއްޔާ ދެން އަންނަ ސަރުކާރެއްގައި މަސްކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން،
23:14

އަދުރޭ ވިދާޅުވީ ނުވަވަނަ ހަސަން ރަސްގެފާނު ވެސް ގައުމުން ބައެއް ދޫނުކޮށްލާ ކަމަށް.

ސަރުކާރުން ވަނީ ގަސްތުގައި ގައުމުން ބައެއް ދޫކޮށްލާފައި ކަމަށް އަދުރޭ ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ މިރޭގެ ޖަލްސާ އަކީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން، ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ބާއްވާ ޖަލްސާއެއް ކަމަށް.

ޖަލްސާގައި ވާހަކަދެއްކެވި އެހެން ބޭފުޅުންނެކޭ އެއްގޮތަށް އަދުރޭ ވެސް ވަނީ ސަރުކާރު ބަދަލުކުރަން ގޮވާލާފައި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ފޯޅަވަހި ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަންވީ. ފޯޅަވަހި ހޯދީމާ ކަނޑު ވެސް ލިބުނީ،
މިރޭގެ ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
23:05

ޖަލްސާގައި މިހާރު ވާހަކަދައްކަވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ. އޭނާ ވިދާޅުވީ ޗާގޯސް އަކީ ދިވެހިންގެ ތަނެއް ކަމަށް.

ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން

ކަނޑުގެ ސަރަހައްދާ ހެދި އުނދަގޫވެގެން އުޅެއްޏާ ފައިބާވަޑައިގަންނަވާ. ފައިބާވަޑައިގަންނަވާ. އަޅުގަނޑުމެން މި ސަރުކާރު ގެނައީ މަސް ކަނޑުތައް ފޮތިފޮތި ކޮށްފައި ވިއްކާކަށް ނޫން،
މިރޭގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
22:43

ޖަލްސާގައި މިހާރު ވާހަކަދައްކަވަނީ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރު އަލީ ހުސައިން.

މިރޭ އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި އަލީ ހުސައިން ބައިވެރިވެފައިވަނީ މިރޭގެ ޖަލްސާގައި ޖޭޕީގެ މެންބަރުން ބައިވެރިނުވާން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފައި ވަނިކޮށް.

22:36

ވައްޑޭ ވަނީ އިމުގެ މައްސަލަ ހިޔާނާތެއްގެ ގޮތުގައި ސިފަ ކުރައްވާފައި.

އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް އެއް ކަމެއްގައި ޕީޕީއެމާ އެކު އެއްބަސްވެވޭ ކަމަށް. އެއީ ކަނޑުގެ މައްސަލަ ކަމަށް. މިރޭ އެއްބަސްވެވުނު ދެވަނަ ކަމަކީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ސަރުކާރު ބަދަލުކުރުން ކަމަށް ވައްޑޭ ވިދާޅުވި.

މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
22:33

ވައްޑޭ ވިދާޅުވީ ގައުމުން ބައެއް ވިއްކާލާފައިވާ ކަމަށާއި މި ސަރުކާރު މި ފަހަރު ބަދަލުކުރަން ޖެހޭ ކަމަށް. އޭނާ ވަނީ އޭނާގެ ވެސް ތާއީދާ އެކު ވެރިކަމަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި.

ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން ވާހަކަދައްކަވަނީ މޮރިޝަސްގެ ދިފާއުގައި ކަމަށް ވައްޑޭ ވިދާޅުވި.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)

ސެޕްޓެމްބަރު ނުވައެއްގައި މި ވެރިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލި ކުރާނަން،
މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
22:19

ޖަލްސާގައި މިހާރު ވާހަކަދައްކަވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ). އޭނާ އަކީ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރެއް.

އޭނާ ވިދާޅުވީ ދިވެހިން ކައިރި އަހައިވެސް ނުލާ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް.

22:15 އިސްމާޢީލް ޝާކިރު

އެއްވުމުގެ ތެރެއަށް އިންޑިއާ އައުޓް ލިޔެފައިވާ ބެނާއެއް ހިފައިގެން ބަޔަކު ގޮސް އިންޑިއާ އައުޓް ހަރަކާތް ޕްރޮމޯޓް ކުރަން ފެށުމުން އެއްވުމުގެ ބައިވެރިން ދަނީ ނުރުހުންފާޅުކުރަމުން

އެއްވުމުގެ ތެރެއަށް އިންޑިއާ އައުޓް ބެނާއެއް ހިފައިގެން ބަޔަކު ގޮސް އެ ހަރަކާތް ޕްރޮމޯޓް ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ﷲގެ ވާގިފުޅާ އެކު ދެން އަންނަ ސަރުކާރަކުން ފޯޅަވަހީގެ މައްޗަށް ދައުވާ ކުރާނަން. އެ ތަން ދިވެހިރާއްޖެއަށް ނަގަން،
22:08

ޖަލްސާގައި މިހާރު ވާހަކަދައްކަވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު. އޭނާ އިމުގެ މައްސަލަ ސިފަ ކުރީ މީހެއްގެ އެއް ފައި ބުރިކޮށްލުން ގޮތުގައި.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
21:52

ޖަލްސާގައި މިހާރު ވާހަކަދައްކަވަނީ ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝުކޫރު

އޭނާ ވިދާޅުވީ އިމުގެ މައްސަލައިގައި ރާއްޖެއަށް ލިބުނީ ބޮޑުބައެއް ނޫން ކަމަށް. އިމުގެ މައްސަލަިއގައި ގާނޫނީ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އާޒިމާ ވިދާޅުވި.

ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝުކޫރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
21:48

ނާޒިމް ވިދާޅުވީ ރާއްޖެއިން ގެއްލުނީ ގައުމެއްގެ ނިސްބަތުން ސްވިޒަލެންޑު ވަރުގެ ސަރަހައްދެއް ކަމަށާއި މި މައްސަލައިގައި ރައީސް ޞާލިޙާ ދެކޮޅަށް ދައުވާ ކުރަން ޖެހޭނެ ކަމަށް.

އޭނާ ވިދާޅުވީ މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންދަވަން ޖެހޭނެ ކަމަށް.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް

މި ސަރުކާރު މިއޮތީ ބޮޑުތަނުން ފެއިލްވެފައި. މި ސަރުކާރު މިއޮތީ ބަދަލުކުރަން ޖެހިފައި. މި ކަމުގައި އަޅުގަނޑުމެން ފަހަތަށް ޖެހިގެން ނުވާނެ،
މިރޭގެ ޖަލްސާގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް
21:38

ޖަލްސާގައި މިހާރު ވާހަކަދައްކަވަނީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް.

އޭނާ ވިދާޅުވީ ރާއްޖެއިން ބޮޑު ބައެއް ގެއްލިއްޖެ ކަމަށާއި އެ ބައި ހޯދަން ޖެހޭ ކަމަށް. އަދި، ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީ މިހާރު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ނެތް ކަމަށް ވެސް ނާޒިމް ވިދާޅުވެއްޖެ

އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
21:37

މުނައްވަރު ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން އެއްވީ ސަރުކާރުގައި ކަމެއް އެދޭކަށް ނޫން ކަމަށް. މިއަދު އެއްވުމަކީ ސަރުކާރަށް ޑިމާންޑެއް ކުރަން ބޭއްވި އެއްވުމެއް ކަމަށް އޭނާ ވިދާޅުވި.

އޭނާ ވިދާޅުވީ ޗާގޯސް އަކީ އާންމު އާބާދީއެއް އޮންނަ ތަނެއް ނޫން ކަމަށާއި އެ ތަނަކީ ކުރިން ދިވެހިންގެ ތަނެއް ކަމަށް މެޕް ތަކުގައި ކަނޑައަޅާފައިވާ ކަމަށް. އެހެންވެ، އެ ތަން ލިބެންވާނީ ދިވެހިންނަށް ކަމަށް މިރޭ އޭނާ ވިދާޅުވި، އެކަމަކު، މީގެ ކުރިން އޭނާ ވަނީ ޗާގޯސް އަކީ ދިވެހިންގެ ތަނެއް ނޫން ކަމަށް ވިދާޅުވެފައި

އިދިކޮޅު އެއްވުމުގައި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު

އަޅުގަނޑުމެންގެ ގައުމުގެ ދެކުނަށް އެހެން ގައުމެއް ނޯންނާނެ، ވަރަށް ބޮޑަށް އޮޅިވަޑައިގެންފައި އޮތީމާ އެ ތަނުން އެހެން ގައުމެއް އެ ފެންނަނީ،
އިދިކޮޅު އެއްވުމުގައި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
21:24

މިހާރު ޖަލްސާގައި ވާހަކަދައްކަވަނީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު.

21:23

މި އިއްތިހާދުން ޖުމްހޫރީ ޕާޓީއާ ގާސިމް އިބްރާހީމް ވަކިވެފައިވީ ނަމަވެސް އެ ޕާޓީގެ މަޖިލިސް މެންބަރު އަލީ ހުސައިން މި ހަރަކާތުގައި ބައިވެރިވެލައްވާ. އަދި މިރޭގެ އެއްވުމުގައި ވަނީ އޭނާ ވާހަކަ ދައްކަވަން ނިންމާފައި.

21:14

އިދިކޮޅު އެއްވުމުގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

21:08

ޖަލްސާ ފަށައިފި.

ޖަލްސާ ޤުރުއާނުގެ ބަރަކާތުން ފެށުމަށް ފަހު، އެންމެ ފުރަތަމަ ގެނެސްދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުން ފައިބައިވަޑައިގަންނަވަމުން ދެއްވި ވަދާއީ ސްޕީޗުގެ ތަންކޮޅެއް.

20:58

މި ޖަލްސާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ބައިވެރިވޭ

އިދިކޮޅު އެއްވުމުގައި ރައްޔިތުންގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މަންޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) --- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ
20:49

މި އެއްވުމަކީ އިޓްލޮސްގެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި އެމްއެންޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސް ގުޅިގެން ބާއްވާ އެއްވުމެއް

އިދިކޮޅު އެއްވުމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން --- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ