Last Updated: 1 year 5 month ago

ވޯލްޑް ކަޕުގެ 14 ވަނަ މެޗުގެ ލައިވް ބްލޮގް: ސައުތު ކޮރެއާ - އުރުގުއާއި

ބުލޮގު ޚުލާސާ

ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 14 ވަނަ މެޗުގައި، ސައުތު ކޮރެއާ އާއި އުރުގުއާއިގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

19:48

އިތުރުވަގުތުގެ ގޮތުގައި ދެއްކި ހަތް މިނެޓުވެސް ހަމަވެއްޖެ. ލަނޑެއް ޖަހައި ނަތީޖާ ބަދަލުކުރުމަށް ދެ ޓީމުވެސް ނުކުޅެދުނު.

މިއީ މި މުބާރާތުގައި ލަނޑެއް ނުފެނި ނުމުނު ހަތަރު ވަނަ މެޗު. އަދި މިއީ އުރުގުއާއި އިން ސައުތު ކޮރެއާ އާއި ދެކޮޅަށް ކުޅެ ލަނޑެއް ކާމިޔާނު ނުކުރެވި ނިންމާލަން ޖެހުނު ފުރަތަމަ މެޗު،

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބުނު މި މެޗުގައި އުރުގުއާއި އިން ވަނީ ޖުމްލަ 10 ހަމަލާއެއް ފޮނުވާލާފަ. ކޮރެއާ ޓީމަށް ފޮނުވާ ލެވުނީ 7 ހަމަލާއެއް.

19:39

މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެއްޖެ. އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓު ވަނީ ދައްކާފަ.

19:37

81 ވަނަ މިނެޓު: އޭރިއާ ބޭރުން ޑާވިން ނުނޭޒް ފޮނުވާލި "ކާލް" ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

19:30

78 ވަނަ މިނެޓު: އުރުގުއާއި އިން ދެ ބަދަލެއް ގެނެސްފި. މަތިއަސް ވެސީނޯ އާއި އޮލިވެއިރާގެ ބަދަލުގައި ކުޅެން އަރާފައި ވަނީ މަތިއަސް ވީނިއާ އާއި ނިކޮލަސް ޑިލަ ކްރޫސް.

19:28

70 ވަނަ މިނެޓު: ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވޭ. އުރުގުއާއި އިން ވަނީ 7 ހަމަލާއެއް އުފައްދާ އެއް ހަމަލާ އޮން ޓާގެޓަށް ފޮނުވާލާފަ. ސައުތު ކޮރެއާ އިން ތިން ހަމަލާއެއް ފޮނުވާލިއިރު އަދި އޮން ޓާގެޓް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.

19:26

މެޗުގެ 65 ވަނަ މިނެޓު ހަމަވުމާއި އެކު، އުރުގުއާއި އިން މިވަނީ ފީފާ ވޯލްޑް ކަޕެއްގައި ގްރޫޕް ސްޓޭޖުގައި ބައި ކޮޅަށް ލަނޑެއް ނުވަދެ 440 މިނެޓު ހަމަކޮށްފަ.

19:25

64 ވަނަ މިނެޓު: އުރުގުއާއި އިން އެޓޭކުތައް ވަރުގަދަ ކުރުމަށް ބަދަލެއް ގެނެސްފި. ލުއިސް ސުއަރޭޒްގެ ބަދަލުގައި އެޑިންސަން ކަވާނީ ކުޅެން އަރުވައިފި.

19:14

ދެވަނަ ހާފަށް ދެޓީމުންވެސް ނުކުތީ ފުރަތަމަ ހާފަށް ނެރުނު ފުރަތަމަ 11 އާއި އެކު.

19:11

އުރުގުއާއި ޓީމަށް ދެވަނަ ހާފު ފަށައިދިނީ ލުއިސް ސުއަރޭޒް.

18:46

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކީ އެންމެ މިނެޓެއް. އިތިރުވަގުތުގެ ކުޅުން ހަމަވިއިރު، ނަތީޖާ އަކަށް ބަދަލެއް ނާދޭ.

18:44

އުމުރުން 36 އަހަރާއި 281 ދުވަހުގައި މި މެޗުގައި ގޯޑިން ކުޅެމުން އަންނައިރު، މި މެޗާއި އެކު އޭނާ އަކީ ވޯލްޑް ކަޕުގައި އުރުގުއާއިގެ ޖާޒީގައި ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިއާ.

18:41

މެޗުގައި މިހާތަަށް ފެނުނު އެންމެ ނުރައްކާތެރި ހަމަލާ، 44 ވަނަ މިނެޓުގައި އުރުގުއާއިގެ ޑިއޭގޯ ގޯޑިންގެ ފަރާތުން. ކޯނަރަކުން ތަނަވަސްވި ފުރުސަތުގައި ގޯޑިން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށް.

18:37

40 ވަނަ މިނެޓު: މެޗުގައި މިހާތަނަށް ލަނޑެއް ނުފެނު ނަމަވެސް، ދެ ޓީމުގެ ފަރާތުންވެސް ފެންނަނީ އަވަސް، އެޓޭކިންގް ގޭމެއް.

18:30

ސައުތު ކޮރެއާ އިން މަޑުމަޑުން ގޭމުގެ ކޮންޓްރޯލް ހޯދަން މަސައްކަތް ކުރަނީ. ނުރައްކާތެރި ހަމަލާއެއްވެސް އުފައްދައިފި. އޭރިއާ ތެރޭގައި ހުރެފައި ހްވާންގް ޔޫޖޭ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް.

18:28

ލޮލަށް ލިބނު އަނިޔާ އަކާއި ގުޅިގެން ކުރި އޮޕަރޭޝަނެއްގެ ސަބަބުން ވޯލްޑް ކަޕުގެ ފުރަތަމަ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ބެލެވުނު ސޮން ހިއުންގް މިން ސަން މިމެޗުގައި ކުޅެނީ ރައްކާތެރިކަމުގެ މާސްކެއް އަޅައިގެން.

18:25

ކައުންޓަރ އެޓޭކެއްގައި 27 ވަނަ މިނެޓުގައި އުރުގުއޭއިން ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފި. އެހެން ނަމަވެސް އެންމެ ފަހު ޕާސް ގޯސްވެ، ފުރުސަތު ގެއްލިއްޖެ ބޯޅަ ހޯދީ ކޮރެއާގެ ކީޕަރު.

18:17

25 ވަނަ މިނެޓު: މެޗުގެ ކޮންޓްރޯލް ހޯދާ މޮޅަށް ކުޅެމުން ދަނީ އުރުގުއާއި އިން. ސައުތު ކޮރެއާ އިން ކުޅެން ޖެހިފައިވަނީ ޑިފެންސިވް ގޭމެއް.

18:16

ފުރަތަމަ ހާފުގެ 15 މިނެޓު ކުޅުނުއިރު އުރުގުއާއި އިން ވަނީ ކޮރެއާގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލާފަ. ކޮރެއާ އަށް އަދި ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.

18:10

މިއީ ފީފާ ވޯލްޑް ކަޕުގައި ސައުތު ކޮރެއާ އިން ކުޅޭ 11 ވަނަ ފަހަރު. މިއީ އޭޝިއާ ބައްރުގެ ގައުމަކުން ވޯލްޑް ކަޕުގައި އެންމެ ގިނަ ފަހަރަށް ވާދަކުރި އަދަދު.

އަދި މިއީ ޖެހިޖެހިގެން އެ ގައުމުން ވޯލްޑް ކަޕުގައި ކުޅޭ 10 ވަނަ ފަހަރު. މިއީވެސް ރެކޯޑެއް. ޖެހިޖެހިގެން ވޯލްޑް ކަޕެއްގައި މިއަށްވުރެ ގިނައިން ކުޅެފައިވަނީ ހަމައެކަނި ބްރެޒިލް، ސްޕެއިން، ޖަރުމަނު އާޖެންޓީނާ.

18:01

މެޗުގައި ދެ ޓީމުން ބޭނުންކުރާ ފުރަތަމަ 11.

18:01

ވޯލްޑް ކަޕް 2022 ގެ 14 ވަނަ މެޗުގައި، ސައުތު ކޮރެއާ އާއި އުރުގުއާއި ބައްދަލުކުރާ މެޗު ފަށައިފި.