Last Updated: 1 decade 2 year ago

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޯޓެއް ހައިޖެކްކޮށްފި

ބުލޮގު ޚުލާސާ
އެމްއެންޑީއެފްއިން ބުނީ ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި "ބޯޓެއް ހައިޖެކް ކޮށްގެން އުޅޭކަމުގެ" މައުލޫމާތު ލިބިގެން ކޯސްޓްކާޑުން އެ ސަރަހައްދަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކާނަލް އަބްދު ރަހީމް ވިދާޅުވީ އާގު ބޯޓެއް ހައިޖެކް ކޮށްގެން އުޅެނީ ހއ. ހޯރަފުއްޓާ ދިމާލުން ހުޅަނގު އުތުރުން 190 މޭލު ބޭރުގެ ހިސާބުގައި ކަމަށެވެ. އަދި ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު ކަމަށާއި އެކަމުގެ މައުލޫމާތު ލިބުނީ މެންދުރު ކަމަށެވެ. އެމްއެންޑީއެފުން ބުނަނީ ހައިޖެކްކޮށްފައި ވަނީ ރާއްޖޭގެ އުޅަދެއް ނޫން ކަމަށާއި ދިވެހި މީހަކު އެ ބޯޓުގައި ހުރި ކަމުގެ މައުލޫމާތުވެސް ނުލިބޭ ކަމަށެވެ. "އަޅުގަނޑުމެންނަށް ބޭރުގެ ފަރާތަކުން މައުލޫމާތު ލިބުނީ. އަޅުގަނޑުމެން މިއުޅެނީ މަސައްކަތް ފަށައިގެން. ސީދާ އަދި އެ ހިސާބަށްދެވޭނެ ވަގުތެއް އަދި ނޭންގޭ. ބޭރުގެ ފަރާތްތަކުގެ އެހީއަށް އެދެން ޖެހިއްޖެ ހާލަތެއްގައި އެދޭނަން،" އަބްދުރަހީމް ވިދާޅުވި އެވެ. ހައިޖެކްކޮށްގެން އުޅޭ ސަރަހައްދަށް ކޯސްޓް ގާޑު، ހުރަވީ ދަތުރުކުރަމުން އަންނަ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. ލިޔުމާ ގުޅޭ އޯޑިއޯ
19:45 އެމްއެންޑީއެފް

އަދިވެސް އެ ބޯޓް އޮތީ ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި. އިންޑިއާއިންވެސް އަންނަނީ އެ ސަރަހައްދު ބަލަހައްޓަމުން ކަމަށް އެމްއެންޑީއެފްއިން ބުނޭ.
އެމްއެންޑީއެފްގެ ކާނަލް އަބްދުއް ރަހީމް އެމްއެންޑީއެފް:

ހައިޖެކްކޮށްފައިވާ ކާގޯ ބޯޓު މަޑުމަޑުން ރާއްޖެއާ ދުރަށް މިހާރު ގެންދަނީ ދަތުރުކުރަމުން.
ގިނަފަހަރަށް މިކަހަލަ ހާދިސާތަކުގައި އެއްއުޅަދަށް ވުރެ ގިނަ އުޅަދު ހަރަކާތްތެރިވެފައި ހުންނަނީ. އެހެންވީމައި ގާތްކަމެއް އިތުރު އުޅަދުތަކެއްވެސް ހަރަކާތްތެރިިވުން އެ ބޯޓު ކައިރީ. އެކަމަކު އެކަން ޔަގީނެއް ނޫން
17:28

ހައިޖެކްކޮށްފައި ވަނީ ބޮލީވިއާގެ ބޯޓެއް ކަމަށް އެމްއެންޑީއެފުން ބުނެފި.
17:23

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ 7 މޭލު އެތެރޭގައި
16:32