Last Updated: 3 year 7 month ago

ބޮޑު ތަފާތަކުން ފައްޔާޒް އިންތިޚާބު ކާމިޔާބު ކުރައްވައިފި

ބުލޮގު ޚުލާސާ

ވެރިކަންކުރާ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު ހޮވުމުގެ އިންތިޚާބުގެ ފެށިގެން ކުރިއަށް އެބަދެއެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.

މަހަކަށްވުރެ ގިނަ ދުވަހުގެ ފޯރިގަދަ ކެމްޕޭން ދެ ބޭފުޅުން ވެސް ނިންމަވާލެއްވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރުމަށްފަހުއެވެ.

22:46

އދ. އަތޮޅުގެ ޖުމްލަ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 437

2. ފައްޔާޒް އިސްމާއީލް 600

22:42

ބ. އަތޮޅުގެ ޖުމްލަ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 848

2. ފައްޔާޒް އިސްމާއީލް 827

20:46

އއ. އަތޮޅުގެ ޖުމްލަ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 614

2. ފައްޔާޒް އިސްމާއީލް 749

20:42

އއ. ހިމަންދޫ ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 9

2. ފައްޔާޒް އިސްމާއީލް 109

20:32

އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 273

2. ފައްޔާޒް އިސްމާއީލް 371

20:26

އއ. މަތިވެރި ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 42

2. ފައްޔާޒް އިސްމާއީލް 19

20:23

އއ. ރަސްދޫ ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 127

2. ފައްޔާޒް އިސްމާއީލް 63

20:20

އއ. ތޮއްޑޫ ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 126

2. ފައްޔާޒް އިސްމާއީލް 181

20:16

ހއ. އިހަވަންދޫ ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 291

2. ފައްޔާޒް އިސްމާއީލް 377

20:13

ނ. ކެނދިކުޅުދޫ ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 82

2. ފައްޔާޒް އިސްމާއީލް 129

20:11

ލ. ގަން، މާލެ ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 54

2. ފައްޔާޒް އިސްމާއީލް 120

20:10

މ. މުލީ ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 21

2. ފައްޔާޒް އިސްމާއީލް 21

20:04

މައްޗަންގޮޅީ މެދު ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 160

2. ފައްޔާޒް އިސްމާއީލް 130

20:01

ގަލޮޅު މަދަރުސާގައި ބަހައްޓާފައި ހުރި ގައްދޫ ދާއިރާގެ ވޯޓު ފޮށްޓަށް ގަނޑުކޮށް ވޯޓު އަޅާފައިވާ މައްސަލައެއް ފެންމަތިވެއްޖެ. އެ މައްސަލަ ދަނީ އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީން ބަލަމުން.

19:58

ކުޅުދުއްފުށީ ދެކުނު ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 170

2. ފައްޔާޒް އިސްމާއީލް 114

19:57

ހއ. ދިއްދޫ ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 223

2. ފައްޔާޒް އިސްމާއީލް 303

19:55

ގަލޮޅު ދެކުނު ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 215

2. ފައްޔާޒް އިސްމާއިލް 149

19:39

ފޯކައިދޫ ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 49

2. ފައްޔާޒް އިސްމާޢީލް 235

19:35

ކުޅުދުއްފުށީ ދެކުނު، މާލެ ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 22

2. ފައްޔާޒް އިސްމާޢީލް 13

19:35

ކާށިދޫ ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 19

2. ފައްޔާޒް އިސްމާޢީލް 313

19:25

ކުޅުދުއްފުށީ އުތުރު ފޮށީގެ ނަތީޖާ

1. އިމްތިޔާޒް ފަހުމީ 83

2. ފައްޔާޒް އިސްމާޢީލް 204

18:52

ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދަނީ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

18:23

ހުރިހާ ފޮށިތަކެއްގައި ވޯޓުލުން ބަންދުކޮށްފި. ވޯޓުލުން ބަންދުކުރާތާ 15 މިނެޓުތެރޭ ގުނަންފަށާނެ. މިހާރު ބައެއް ފޮށިތައް ވަނީ ގުނަން ފަށާފަ.

16:14 މުހައްމަދު ޔަމީން

ވިއްސާރަވުމާއި، ބައެއް ފޮށިތަކުގެ ވޯޓުލުން ފަހުން ފެށުމުގެ ސަބަބުން ވޯޓުލުމުގެ ވަގުތު 18:00އާ ހަމައަށް އިތުރުކޮށްފި

15:56

15:35

އިންތިގެ ޓީމުން އިތުރު ޝަކުވާތަކެއް އާންމުކޮށްފި. މި ފަހަރު ޑަބަލް ކަރުދާސް ދޫކުރާ މައްސަލައަކާއި، ވޯޓުލީ މީހުންގެ އަދަދު ދިމާނުވާ މައްސަލައެއް

15:22 މުހައްމަދު ޔަމީން

މާލެއަށް ހުއްޓުމެއްނެތި ވާރޭ ވެހެމުން ދިޔަ ނަމަވެސް ވޯޓުލާން އަންނަ މީހުންގެ އަދަދު މާބޮޑަށް ދަށްވި ކަމެއް ފާހަގައެއް ނުވޭ. ހުރިހާ މަރުކަޒުތަކެއްގައި ވެސް ހުއްޓުމެއް ނެތި ވޯޓުލުން ދަނީ ކުރިއަށް.

ޢަލީ ނިޔާޒް، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން

އިންތިޚާބާ ގުޅޭ ޝަކުވާތަކެއް ވަނީ ހުށަހެޅިފައި. އެ މައްސަލަތައް ބެލުމުގެ މަސައްކަތް ޝަކުވާތަކާ ބެހޭ ކޮމިޓީން މިހާރު ދަނީ ކުރަމުން
12:08 މުހައްމަދު ޔަމީން

އިންތިގެ ފެކްޝަނުގެ ފަރާތުން އިންތިޚާބާގުޅޭ ގިނަ ޝަކުވާތަކެއް. އޭގެ ތެރޭގައި، އެންގުމަކާ ނުލައި ވޯޓުލާ މަރުކަޒު ބަދަލުވުން، ވޯޓުލާފައި ވޯޓު ކަރުދާސް ދެއްކުން އަދި ފާހަގަ ޖަހައިފައިވާ ކަރުދާސް ވޯޓުލާން ދާ މީހުންނަށް ދިނުން ފަދަ މައްސަލަތައް ހިމެނޭ

12:03

11:23 މުހައްމަދު ޔަމީން

ޗެއާޕާސަންކަމަށް ވާދަ ކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވޯޓުލައްވައިފި. އޭނާ ވޯޓުލެއްވީ ހިރިޔާ ސްކޫލުގައި ބަހައްޓާފައި ހުރި ފޮއްޓަށް

ޗެއާޕާސަންކަމަށް ވާދަ ކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވޯޓުލެއްވުމަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަވަނީ --- ސަން ފޮޓޯ މުޙައްމަދު ޙައްޔާން
11:09

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 94،211 މީހުންނަށް ލިބިފައިވޭ. މާލޭގައި 87 ވޯޓު ފޮށި ބެހެއްޓިފައިވާއިރު، ޖުމްލަ 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވޭ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން
10:52 މުހައްމަދު ޔަމީން

ގިނަ މަރުކަޒުގައި ވޯޓުލާން ފެށުނީ 09:00ގެ ފަހުން. ވޯޓުލުން ލަސްވުމަށް މެދުވެރިވީ އިދާރީ މައްސަލަތަކެއް ކަމަށް އޮފިޝަލުން ބުނޭ

10:40 މުހައްމަދު ޔަމީން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ ވޯޓު ލައްވައިފި. އީވާ ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓަށް

10:35 މުހައްމަދު ޔަމީން

އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވޯޓު ލައްވައިފި. އެމަނިކުފާނު ވޯޓުލެއްވީ ދަރުމަވަންތަ ސްކޫލްގައި ބެހެއްޓި ހިންނަވަރު އެމްޑީޕީ މެމްބަރުން ވޯޓުލާ ފޮއްޓަށް

ވޯޓު ލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވޯޓުލީ ފާހަގަ ދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
10:34 މުހައްމަދު ޔަމީން

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވޯޓު ލައްވައިފި. އެމަނިކުފާނު ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓަށް

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވޯޓު ލައްވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
ރައީސް މުޙައްމަދު ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އިންތިޚާބުތައް މެދުވެރިކޮށް، ދެން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގާ ޕާޓީގެ ކުރިމަގު ވެސް އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކުރިމަގު ވެސް ރާވަމުން ގެންދިޔުން
10:19 މުހައްމަދު ޔަމީން

މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމަށް ގިނަ ބަޔަކު ކިޔުގައި ތިބި ކަމަށް ފާހަގަކުރެވޭ. މާލޭގެ ހުރިހާ މަރުކަޒުތަކެއްގައި 9:30 ގައި ވޯޓުލުން ވަނީ ފެށިފައި.

10:15 މުހައްމަދު ޔަމީން

ވޯޓު ކަރުދާސް ފޮޓޯ ނެގުމަކީ މަނާކަމެއް ކަމަށް އެމްޑީޕީން ވަނީ އަންގާފައި. އެ ޕާޓީން ބުނީ ވޯޓު ކަރުދާސް ފޮޓޯ ނަގާތޯ ޚާއްސަ ސަމާލުކަމެއް ދީގެން ބަލާނެ ކަމަށް

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފެށިގެން ކުރިއަށް ދަނީ --- ސަންފޮޓޯ/ މުޙައްމަދު ހައްޔާން
10:12 މުހައްމަދު ޔަމީން

ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވޯޓު ލައްވައިފި. އޭނާ ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލްގައި ބެހެއްޓި ފޮއްޓަށް

10:11 މުހައްމަދު ޔަމީން

ވޯޓުލުން މިވަގުތު ކުރިއަށް ދަނީ ވަރަށް އޮމާންކަމާއެކު. އެއްވެސް ސަރަހައްދެއްގައި މިހާތަނަށް ހަމަނުޖެހުމެއް ހިނގާފައެއް ނުވޭ

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން