Last Updated: 1 decade 4 year ago

ރާޅުގަނޑު ކޭމްޕް ރޫޅާލުމުން އެމްޑީޕީން ހަރުގެއަށް

ބުލޮގު ޚުލާސާ
އެމްޑީޕީ މުޒާހަރާ މައިދާން، ލޮނު ޒިޔާރަތްކޮޅަށް ފުލުހުންނާއި ސިފައިން ވަދެ އެތަން ރޫޅާލުމުން އެމްޑީޕީގެ މެންބަރުން ދަރުބާރުގެ ފުރަގަސް އުސްފަސްގަނޑަށް އެއްވާން މަސައްކަތް ކުރަމުން އެބަގެންދެ އެވެ. ނަމަވެސް ފުލުހުން ވަނީ އެމްޑީޕީން އެ ސަރަހައްދަށް އެއްވުމަށް ހުރަސް އަޅާފަ އެވެ. އެ ސަރަހައްދުން އެމްޑީޕީގެ އިސް އެއްވެސް ފަރާތެއް ނުފެނެ އެވެ.
23:58

އެމްޑީޕީގެ ހަރުގެ ތެރެއިން ދަނޑިބުރިތަކާއެކީ މީހުންތައް ހަރަކާތްތެރިވަމުން އެބަދޭ. ލަފާ ކުރެވެނީ އެ ސަރަހައްދުގައި ކޮންމެވެސް ބަޔަކު ހަރަކާތްތެރިވަމުން ދާކަމަށް. ދެންމެ ވާހަކަ ދައްކަވަން ހުންނެވި އިބުރާވެސް ވަނީ ކުއްލިއަކަށް ވާހަކަ ހުއްޓަވާލައްވާފައި.
22:33

އަދިވެސް ވާހަކަދައްކަވަމުން ގެންދަވަނީ މޫސަ.
22:23

އެމްޑީޕީ ހަރުގޭގައި ޖަލްސާ ފަށައިފި. މޫސަ ގެންދަވަނީީ ވާހަކަ ދައްކަވަމުން. މޫސަގެ ގެންދަވަނީ ފުލުހުންނާއި ސިފައިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން.
22:21

އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އަންނަނީ އެމްޑީޕީ ހަރުގެއަށް ޖަމާވަމުން.
22:19 އެމްޑީޕީ ހަރުގެއިން:

މޫސަ މަނިކު ކުރިއަށް ހުންނަވައިގެން އެމްޑީޕީގެ މެންބަރުން މިހާރު ވަނީ ހަރުގެތެރެއަށް ވަދެފައި. ފުލުހުންގެ އެއްވެސް ހަރަކާތެއް ހަރުގެ ކައިރިއަކުން އަދި ނުފެނޭ. އެމްޑީޕީގެ އިސްމީހަކަށް އަދި ފެންނަނީ މޫސަ.
22:19

ދަރުބާރުގެ ފުރަގަހަށް އެއްވުމަށް ފުލުހުން ހުރަސް އެޅުމުން އެމްޑީޕީގެ ޖަލްސާ އެޕާޓީގެ ހަރުގޭގައި ބޭއްވުމަށް ނިންމައިފި.