Last Updated: 1 decade 4 year ago

އެމްޑީޕީގެ ސަޕޯޓަރުން އަތް ބަނދެގެން ހައްޔަރުވާން ނުކުމެއްޖެ

ބުލޮގު ޚުލާސާ
*** އަމިއްލައަށް ހައްޔަރުވާން ބޭނުން ކަމަށް ބުނެ އަތުގައި ކްލިޕް ބިޑި އަޅުވައިގެން ބަޔަކު މީހުން ފުލުސް އޮފީސް ކައިރިއަށް އެއްވެއްޖެ އެވެ.
23:48

އެމްޑީޕީން ލޮނު ޒިޔާރަތް ކޮޅުގައި ކުރިޔަށް ގެންދާ އެއްވުމުގައި މާލޭގެ މޭޔަރު ޓްރޭޑާސް ހޮޓެލް ކައިރީގައި އެމްޑީޕީގެ ސަޕޯޓަރުްނަށް ފުލުހުން ހަމަލާ ދެމުންދާ ކަމަށާއި އެ ސަރަހައްދުގައި ހުރި ފުލުހުންގެ ކޮމާންޑަރު އަނބުރާ ގެންދިއުމަށް ފުލުސް ކޮމިޝަނަރަށް ވަނީ ގޮވާލާފައި. ނަމަވެސް ފުލުހުން ބުނެފައި ވަނީ އެއީ ދޮގެއް ކަމަށާއި އެ ސަރަހައްދުގައި މިވަގުތު އެއްވެސް ހަރަކާތެއް ނުހިނގާ ކަމަށް.
21:53

ރައްޔިތުންގެ މަޖިލިހާއި ޓްރޭޑާސް ހޮޓެލް ސަރަހައްދުގައި ތިބި މީހުން ވެސް މިހާރު ވަނީ ފައްސާލާފައި. އެ ސަރަހައްދުން ވަނީ ޕެޕާ ސުޕްރޭވެސް ޖަހާފައި، އަދި މީހަކު ހައްޔަރުކޮށްފައިވެސް ވޭ
21:46

އެއްވެފައިވާ މީހުން މިހާރު ވަނީ ޓްރޭޑާސް ހޮޓަލާ ހަމައަށް ފަހަތަށް ޖައްސާފައި.
21:38

ވެލާނާގޭ ސަރަހައްދާ ގާތުގައި އަދިވެސް ބައެއް މީހުން އެބަތިބި ބައެއް ކުދިކުދި ހަމަނުޖެހުންތައް ވެސް އިރުއިރުކޮޅާ ހިނގަމުން އެބަދޭ.
21:19

މުލިއާގެއާ ވެލަނާގެއާ ދިމާއިން އެއްވެފައިވާ މީހުން ފަހަގައިގަނެ ދުރަށް ފޮނުވާލައިފި. ރޫޅައިލުމުގެ ތެރޭގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްގެން ގެންގޮސްފައި.
21:18 ޕޮލިސް މީޑިއާ:

ޕޮލިސް މީޑިއާ: ރައީސް އޮފީސް ކައިރިއަށް އެއްވި މީހުންގެ ތެރެއިން ފުލުހުން ފަހަތަށް ޖެއްސި މީހުންގެ ތެރެއިން ބަޔަކު ވެލާނާގޭ ކައިރިއަށް އެއްވެ ކަރާސީނު އަޅައިގެން ހަދާފައިވާ ބޮމަކުން ފުލުހުންނަށް ހަމަލާދީފި. ނަމަވެސް ރޯވެފައެއް ނުވޭ. ހަމަ އެ ސަރަހައްދުން ފުލުހުންނަށް ވަނީ ގާބުރުއަކުން ވެސް ހަމަލާދީފައި
21:14

ވެލާނޭގޭ ކައިރީގައި ތިބި މީހުން ހަމަނުޖެހުމެއް ނުހިނގާ މަޑުކޮށްލައިގެން ތިބީ. ބައެއް މީހުން ބުނާ ގޮތުން ފުލުހުންނާ ދިމާއަށް ކަޜާސީނު އަޅާފައިވާ ފުޅިއެއް ވަނީ އެއްލާފައި. ކުރިން ހައްޔަރު ކުރި ބައެއް މީހުން ވަނީ ދޫކޮށްލައިފައި.
21:08
21:07
20:15 ޕޮލިސް މީޑިއާ:

ޕޮލިސް މީޑިއާ: އަމިއްލައަށް ހައްޔަރުވާން ބޭނުން ކަމަށް ބުނެ އެއްވި އެމްޑީޕީގެ ސަޕޯޓަރުން ބޭންކްފް މޯލްޑިވްސް އާ ހަމައިން ފުލުހުންގެ ލައިން ފަޅާލައި އޭގެ ތެރެއިން ބައެއް މީހުން ރައީސް އޮފީސް ކައިރިއަށް ޖަމާވުމުން އެމީހުން ވަނީ ފަހަތަށް ޖައްސާ ފޮނުވާލާފައި. އަދި އެ ސަރަހައްދުން ދިއުމަށް ފުލުހުން އަންގާ އިންޒާރު ކުރުމުން ވެސް ކިޔަމަން ނުވި ބައެއް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި.
20:10 ވެލާނާގޭ ކައިރިން

ވެލާނާގޭ ކަންމަތީގައި ތިބި މީހުން ފުލުހުންނާ ކުރިމަތިލައި ބައެއް އެއްޗެހި ފުލުހުންނާ ދިމާއަށް އުކަމުން އެބަދޭ. ޝީލްޑު ތަކުގައި ފައިން ޖަހަމުން އެބަދޭ. އެދިމާއަށް އިތުރު މީހުން ދަނީ ޖަމާވަމުން.
20:09

ރައީސް އޮފީސް ކައިރީ ތިބި އެންމެން ކަހަލަ ގޮތަކަށް ހައްޔަރުކޮށް ވެހިކަލަށް އަރުވައިގެން ގެންގޮސްފި.
20:05 ރައީސް އޮފީސް ކައިރިން

ރައީސް އޮފީސް ކައިރީގައި އަތް ބަނދެގެން ތިބި މީހުން ވެސް ފުލުހުންގެ ވެހިކަލަށް ނަގައިފި.
20:03 ރައީސް އޮފީސް ކައިރިން

ކްލިޕް ބިޑިން އަތް ބަނދެގެން ތިބި މީހުންގެ ތެރެއިން ހައެއްކަ މީހުން ދެންމެ ވަނީ ބޮޑުތަކުރުފާނު މަގުން ހައްޔަރުކޮށްފައި. މިހާތަނަށް ވަނީ 37 މީހަކު ހައްޔަރުކޮށްފައި.
20:02
20:00

ބައެއް ދިމަ ދިމާއިން ފުލުހުން ވަނީ ޕެޕާ ސުޕްރޭ ވެސް ޖަހާފައި. އަދި ބައެއް މީހުން އުފުލާލައިގެން ވެސް ދުރަށް އެބަގެންދޭ.
19:58
19:55 ބޭންކް އޮފް މޯލްޑިވްސްނ ކައިރިން

ގިނަ ބަޔަކު ވަނީ ބޭންކް އޮފް ސިލޯނާ ހަމައައަށް ވަނީ ފަހަތަށް ޖައްސާފައި. އެއްވެފައިވާ މީހުންގެ ތެރެއިން ސިފައިންނާއި ފުލުހުންނާ ދިމާއަށް ދަނޑިބުރިއެއްޗެހި އުކަމުން ވެސް އެބަދޭ.
19:53

ރައީސް އޮފީސް ކައިރިން ފެން ޖެހުމަށްފަހު އެއްވެފައިވާ މީހުން ކޯސްޓްގާޑު ބިލްޑިންގާ ހަމައަށް ޖައްސާފައި. ނަމަވެސް އަދިވެސް ދެއަތް ބަނދެގެން ތިބި ބައެއް މީހުން އެމީހުން ހައްޔަރު ކުރުމަށް ގޮވަމުން އިށީންދެގެން އެބަތިބި. އެމީހުން ވެސް ތިބީ ތެމިގެން.
19:50 ރައީސް އޮފީސް ކައިރިން

ސިފައިން އައިސް އެއްވެފައިވާ މީހުންނަށް އަމާޒުކޮށް ފެންޖަހަން ފަށައިފި. ފެން ޖަހަމުންދަނީ ރައީސް އޮފީސް ކައިރީ ބޮޑުތަކުރުފާނު މަގުން. އަދިވެސް މީހުން އެބަތިބި
19:46 ރައީސް އޮފީސް ކައިރިން

އެއްވެފައި ވަނީ ގަވައިދާ ހިލާފަށް ކަމަށާއި އެއްވެފައިވާ މީހުން ފޮނުވާލުމަށް ބޭނުން ކުރާ އެއްވެސް ބާރެއްގެ ސަބަބުން ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށާއި އެސަރަހައްދު ދޫކޮށް ދިއުމަށް ފަހުގެ އިންޒާރު ދީފި
19:44 ރައީސް އޮފީސް ކައިރިން

މީހުން އެއްވެފައިވާއިރު ރައީސް އޮފީސް ސަރަހައްދުގައި ފެން ޕަންޕެއް ފުލުހުން ގެނެސްފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނޭ. ފެން ޖެހުމަށްޓަކައި ހޮޅި މިހާރު އޮތީ ތައްޔާރުކޮށްފައި.
19:34 ރައީސް އޮފީސް ކުރިމަތިން:

ރައީސް އޮފީސް ކުރިމަތިން ދެ އަންހެނަކު ހައްޔަރުކޮށްފި. އެ ސަރަހައްދު ދޫކޮށް ދާން ފުލުހުން މިހާރުވެސް އަންނަނީ އިންޒާރުދެމުން.
19:20

އެއްވެފައިވާ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އިންޒާރު ދޭން ފަށައިފި. ފުލުހުން އިންޒާރު ކުރަމުން ދަނީ އެއީ އެއްވުން މަނާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދު ދޫކޮށް ދިއުމަށް. އަދި ނުގޮސް މަޑުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް.
19:14

އެއްވެފައިވާ މީހުންގެ ތެރެއިން ފުލުހުންގެ އަމުރަށް ކިޔަމަން ނުވެ ސަފުތައް ފޫއަޅުވާލަން މަސައްކަތް ކުރަމުންދާ ބައެއް މީހުން ހައްޔަރުކޮށްފި
19:12

ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ އެއްވި މީހުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ކަމަށް. އެމީހުން އަމިއްލައަށް ހައްޔަރުވާން ބޭނުންވާ ކަމަށް ބުނެ ފުލުސް އޮފީސް ކައިރިއަށާއި ރައީސް އޮފީސް ހިމެނޭ ސަރަހައްދަށް އެއްވެފައިވާ ކަމަށް. އެމީހުން ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗާވީ ދިމާއިން ފުލުހުންގެ ސަފުތައް ރޫޅާލައިފައިވާ ކަމަށާއި އެމީހުނަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި. އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ.