Last Updated: 3 year 7 month ago

ސާފް ޗެމްޕިއަންޝިޕް: ނޭޕާލް 0 - 1 އިންޑިއާ

ބުލޮގު ޚުލާސާ

ނޭޕާލުން ވަރުގަދަ އިންޑިއާއާ ދެކޮޅަށް ނުކުތް އިރު، އެޓީމު އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ލީގު ތާވަލުގެ ދެވަނައިގައެވެ. ނޭޕާލުން ފުރަތަމަ މެޗުގައި ރާއްޖެ 1-0 އިން ބަލިކުރި އިރު ދެވަނަ މެޗް ކާމިޔާބުކުރީ ސްރީ ލަންކާ 3-2 އިން ބަލިކޮށްގެންނެވެ.

އިންޑިއާ އިން ކުޅުނު ދެ މެޗުން ލިބުނީ ދެ ޕޮއިންޓެވެ. އިންޑިއާއިން ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން އެއްވަރުވި އިރު، ދެވަނަ މެޗުގައި އެ ޓީމު ވަނީ ސްރީލަންކާއާ ކުޅެ އެއްވަރުވެފައެވެ.

ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލުން މިހާތަނަށް އިންޑިއާ އަތުން މޮޅުވީ އެންމެ ފަހަރަކު އެވެ. އެއީ 2013 ވަނަ އަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައެވެ. އެ މުބާރާތުގައި ވެސް ނޭޕާލްގެ ގޯލު ބެލެހެއްޓީ ކިރަން އެވެ.

ނޭޕާލުން މުބާރާތަށް ތައްޔާރުވާން އިންޑިއާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅުނެވެ. ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު ދެވަނަ މެޗުން ބަލިވީ 2-1 އިންނެވެ.

މިރޭގެ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބަައްދަލުވުމުގައި ނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނީ އިންޑިއާ އަކީ ނޭޕާލަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ޓީމެއް ކަމަށެވެ. އެކަމަކު ނޭޕާލުން އެ ޓީމު ދެކެ "ޖެހިލުންނުވާނެ" ކަމަށާއި ނޭޕާލުން އެ ޓީމަށް ދުލެއް ނުދޭނެ ކަމަށް މުތައިރީ ބުންޏެވެ.

22:46

މެޗުގެ ކުޅުން ނިމުނީ. އިންޑިއާ 1 - 0 ނޭޕާލް

22:44

'95:00 - މެޗުގެ ފުރިހަމަ ވަގުތު ހަަމަވެއްޖެ. އިތުރު ވަގުތުގެ ގޮތުގައި ތިން މިނަޓު ރެފްރީ ދައްކައިފި.

22:42

'85:50 - ނޭޕާލަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް. އެ ޓީމުގެ ފޯވާޑް ވަރަށް ބަލައިލާފައި ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށް.

22:39

'83:33 - އިންޑިއާ 1 - 0 ނޭޕާލް

22:38

އިންޑިއާގެ ގޯލު ކާމިޔާބުކޮށްދިނީ ސުނިލް ޗެތުރީ. އެ ޓީމުގެ ފާރުގަށް ލައްވާ ނުލައި ދިޔަ ބޯޅަ ޗެތުރީ ވައްދާލީ ހުސްކޮށް ހުރެގެން. މިއީ އޭނާ މި މުބާރާތުގައި ޖެހި ދެވަނަ ގޯލު.

22:37

'81:53 - އިންޑިއާ ގޯލު.

22:29

'79:50 - އިންޑިއާއަށް ލިބުނު ކޯނަރެއްގެ ފައިދާ ނަގައި ސުނިލް ޗެތުރީ ބޮލުން ފޮނުވާލި ހަމަލާ ގޯލު ހުރަސް ދަނޑިމަތިން ބޭރަށް.

22:27

'72:50 - ނޭޕާލްއަށް ވިދިވިދިގެން ދެ ކޯނަރު. އެހެން ނަމަވެސް އޭގެ ބޭނުން ކުރެވޭ ގޮތެއް ނުވި.

22:26

'70:00 - ނޭޕާލް 0 - 0 އިންޑިއާ

22:22

'62:00 - ނޭޕާލްގެ ޑިފެންޑަރު ސޫޖަންއަށް އަނިޔާވެގެން ދަނޑުމަތީގައި ފަރުވާދެނީ.

22:21

އިންޑިއާގެ ކީޕަރު ގުޕްރީތު ސިންގް ރެފްރީ ގާތު މާ ބޮޑަށް ޝަކުވާ ކުރުމުން ރީންދޫ ކާޑެއް ދައްކައިފި.

22:20

އިންޑިއާގެ ޓީމުން މިހާރު ކުޅެމުން ދަނީ ވަރަށް ބޮޑަށް ޓީމު ކުރިއަށް ޖައްސައިގެން. ނޭޕާލް ޓީމުގެ ކުޅުންތެރިން ކުރިއަށް ދިއުމަށް މާ ބޮޑަކަށް ނުވިސްނާ.

22:15

'62 - އިންޑިއާގެ ފޯވާޑް ޔާސިރު އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަރިމަތިން ބޭރަށް.

22:14

އިންޑިއާއިން ޓީމު ކުރިއަށް ޖައްސައިގެން ކުޅެ، ގިނަ ހަމަލާތަކެއް ދަނީ އުފައްދަމުން.

22:11

'57:00 - އިންޑިއާގެ ޔާސިން ނަގައިދިން ހުރަސް މަންވީރު މުޅިން ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބޯޅަ ކިރަން ދިފާއުކޮށްފި. އިންޑިއާއަށް ކޯނަރެެއް.

22:10

'54:00 - ވަރަށް ރަނގަޅު ހިސާބަކުން އިންޑިއާއަށް ހިލޭ ޖެހުމެއް. ޖެހުން ފޮނުވާލަން ގޮސް ހުރީ ސުނިލް ޗެތުރީ

22:07

'52:20 - އިންޑިއާގެ ފޯވާޑް، ޔާސިން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ނޭޕާލްގެ ކީޕަރު ކިރަން ވެއްޓިގަނެފައި ދިފާއުކޮށްފި.

22:03

'49:00 - އިންޑިއާއަށް ކޯނަރެއް. ކޯނަރުގެ ބޭނުން ނުކުރެވި ނޭޕާލުން ބޯޅަ ހޯދައިފި.

22:02

މި ހާފުގައި ގޯލެއް ނުޖެހިއްޖެ ނަމަ އިންޑިއާއަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނި ވާނެ.

21:46

ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނޭޕާލުން.

21:45

މެޗުގެ ފުރަތަމަ ހާފު ނިމުނީ. ނޭޕާލް 0 - 0 އިންޑިއާ

21:41

'45:00 - ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި އެއް މިނަޓުގެ ކުޅުން ރެފްރީ ދައްކައިފި

21:40

'40:00 - މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވީއިރު، ނޭޕާލްގެ ޓީމުން މެޗު ވަރަށް ބޮޑަށް ލަސް ކުރުމަށް ދަނީ މަސައްކަތް ކުރަމުން.

21:34

'36:00- ސުމަން އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އިންޑިއާގެ ފޯވާޑް މަންވީރު ފައުލްކޮށްފި. ޖެހުން ނޭޕާލަށް.

21:32

'33:30 - އިންޑިއާއަށް ރަނުގެ ފުރުސަތެއް. ގޯލުގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ސުނިލް ޗެތުރީ ފޮނުވާލި ބޯޅަ އަރިމަތިން ބޭރަށް. މިއީ މި މެޗުގައި ލިބުނު އެންމެ ހުސް ފުރުސަތު.

21:30

'31:00 - ނޭޕާލަށް ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް. ނޭޕާލްގެ ޖެހުން ކުރިއަށް ފޮނުވާލަން ގޮސް ހުރީ ސޫޖަލް ޝްރެތާ.

21:23

'28:00 - މެޗުގެ ބައި ގަޑިއިރެއްހާއިރު ކުޅެވުނު ދެ ޓީމުން ކުރެން އެއްވެސް ޓީމަކަށް ގޯލެއް ނުޖެހޭ.

21:21

ނޭޕާލް ޓީމުން ކުޅެމުން ދަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން. އެ ޓީމުގެ ޑިފެންސްގައި ފަސް ކުޅުންތެރިން އަބަދުވެސް ދަނީ ހަރަކާތްތެރިވަމުން.

21:20

އިނޑިއާގެ ޓީމަށް އިތުރު ކޯނަރެއް. ފެނާންޑޭޒް ނަގައިދިން ކޯނަރު ބޮލުން ޖަހާ ފޮނުވާލީ ސުނިލް ޗެތުރީ. ޗެތުރީ ފޮނުވާލި ބޯޅަ މާ މަތިން ބޭރަށް.

21:18

'18:47 - އިންޑިއާއަށް ކޯނަރެއް. ނޭޕާލް ކުޅުންތެރިންނަށް ސާފް ނުކުރެވިގެން އުޅެނިކޮށް އިންޑިއާގެ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް.

21:17

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ޖުމުލަކޮށް ހަމަހަމަ ކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް، ނޭޕާލް ޓީމުން ލިބޭ ކައުންޓާ އެޓޭކްތަކުގައި ނުރައްކާ މާ ބޮޑު.

21:16

މެޗު ފެށިއްޖެ. އިންޑިއާގެ ޓީމުން މެޗުގައި ބޭނުން ކުރާނީ ހުދު ކުލައިގެ ޖާޒީ. ނޭޕާލް ޓީމުން މެޗުގައި ބޭނުން ކުރަނީ ރަތް ކުލައިގެ ޖާޒީ.

21:15

21:15

21:15

ނޭޕާލް - އިންޑިއާ މެޗުގެ ފުރަތަމަ އެގާރަ ---

21:14

ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އަދި ނޭޕާލް ބައްދަލު ކުރާ މެޗުގެ ލައިވް ބްލޮގަށް މަރުހަބާ!